Raajje.mv

ފަލަސުރުހީ - ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

11 އެޕްރީލު 2017
7007
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގެ ތެރެއިން

11 އެޕްރީލު 2017 | 22:55

ބޮޑު ފަޅި ބޮޑުވާއިރު 42 މަސީހުގެ އިތުބާރު ނެތްކަަމަށް ނިހާންވެސް ސޮއިކުރައްވާނެ: ސާތިރު

11 އެޕްރީލު 2017 | 22:34

މިއީ ޤާނޫނީ ވަކީލުންވެސް ތެދުވާވީ ވަގުތު: އަލީ ހުސެއިން

11 އެޕްރީލު 2017 | 22:33

މަސީހު ބޭރުކުރުމަށްވުރެ ބޮޑަށް އަޅުގަނޑުވެސްދެކެން ބޭނުންވަނީ ރައީސް އަބްދުﷲ ޔާމީން ގޮނދިން ފައިބާ މަންޒަރު ބެލުމަށް: އަލީ ހުސެއިން

މަސީހު ބޭރުކުރުމަށްވުރެ ބޮޑަށް އަޅުގަނޑުވެސްދެކެން ބޭނުންވަނީ ރައީސް އަބްދުﷲ ޔާމީން ގޮނދިން ފައިބާ މަންޒަރު ބެލުމަށް. ޕީޕީއެމްގެ ބައެއް މެމްބަރުންވެސް އިއްޔެ އަޅުގަނޑާ ވާހަކަދައްކަވަމުން ބުނި، ވަރަށް އަވަހަށް 42 މެމްބަރުން ހަމަވާނެއޭ. އަޅުގަނޑު ބުނާނީ 42 ހަމަކޮށްފައޭ އަޅުގަނޑުމެން ހުއްޓާނީ. 42 ހަމަކުރާނަން.

42 މެމްބަރުންގެ ސޮއި ހަމަކުރުމަށްފަހު، ޖުމްހޫރީ މައިދާން ސަރަހައްދުގައި އޮތް ދޮން ނޫމަސް ގަނދު ބާނަން ދާނަން. މި ދުވަސްވަރަކީ މާލޭގައި މަސްވެރިކަންވެސް ދަށް ދުވަސްވަރެއް. ރަނގަޅު ރެޔަކުން އެ މަސްތައް ބާނަން އަޅުގަނޑުމެން ދާނެކަމަށް މި ބުނަނީ.

11 އެޕްރީލު 2017 | 22:26

ކުނޫޒުގައި ކުރިއަށްދާ ޖަލްސާގައި ގިނަ އަދަދެއް ބަޔަކު އަންނަނީ ބައިވެރިވަމުން

11 އެޕްރީލު 2017 | 22:22

ރައީސް އަބްދުﷲ ޔާމީންގެ ހިމާޔަތުގައި ދިވެހި ރައްޔިތުންނެއް ނުތެދުވާނެ: ސިދާތާ

އަޅުގަނޑުމެން މި ތިބީ ގަދަކޮށް. އަޅުގަނޑުމެން ކުރާ މަސައްކަތް ކޮންމެ 24 ގަޑިއިރަކު މި އަންނަނި ވަރުގަދަކުރަމުން. ރައީސް ޔާމީންގެ ފަހަތުގައި ތިބީ ހަމައެކަނި ކުނޫޒު ކުރިމަތީގައި ހުރި ޕޭމެންޓު ގާތަކާއި، ބްލްޑީޒަރުތައް އެކަނިކަމަށް މި ފެންނަނީ. އެހެންވީމައި އަޅުގަނޑުމެން މޮޅުވާކަމަށް މި ބުނަނީ.

ތިމަންނާއަކީ ޤާނޫނީ ސަރުކާރެއް ހިންގޭނެފަދަ ރައީސެއް ނޫންކަންވެސް ސާބިތުކޮށްދެނީ ރައީސް ޔާމީން. ރައީސް ޔާމީންގެ އަމަލުފުޅުތަކުން އަޅުގަނޑުމެންނަށް އެކަން ސާބިތުވެގެންދަނީ.

އަޅުގަނޑުމެން ވަރަށް ކެތްކޮށްފިން. ނަމަވެސް ދެން އަޅުގަނޑުމެންނަކަށް ކެތެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ ހުރިހާ ސިޔާސީ ލީޑަރުންތައް ޖަލުގައި އެތިބީ ބޭއިންސާފުން. އެކަންކަން އިސްލާހުކުރާނަން. ޤާސިމް އިބްރާހިމް ޖަލުގައި ހުންނެވީ ޤާނޫނާއި ހިލާފަށްކަން ހުރިހާ ރައްޔިތުންނަށްވެސް އެނގޭނެ މިއދު. އެކަމަށް ހުރިހާ ދިވެހި ރައްޔިތުންވެސް ހެކިވާނެ.

ރައީސް އަބްދުﷲ ޔާމީންގެ ހިމަޔަތުގައި ދިވެހި ރައްޔިތުންނެއް ނުތެދުވާނެ. ދިވެހި ރައްޔިތުން ތެދުވާނީ ދިވެހި ޤައުމުގެ ދިފާއުގައި. ދިވެހި ޤައުމު އަނބުރާ ހޯދުމަށް.

11 އެޕްރީލު 2017 | 22:07

މިއީ ޤާސިމަށް އެހީތެރިވެދޭންވީ ވަގުތު: ތޯރިޤް

ޤާސިމް އިބްރާހިމްގެ ފަރާތުން އެހިތެރިކަން ލިބުނު ހުރިހާ ފަރާތްތަކުންވެސް ޤާސިމާއެކު ތިއްބެވުމަށް އަޅުގަނޑު ގޮވާލަން. ޤާސިމް އެތަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެއްވި ފަރާތްތައް އަނެއް ކޮޅުގައި ގެންދަވަނީ މަސައްކަތްކުރައްވަމުން. އެއީ އެންމެ ރަނގަޅުގޮތެއް ނޫން. މިއީ އެ ފަރާތްތަކުގެ އެހީތެރިކަން ޤާސިމް އިބްރާހިމް ނުހަނު ބޮޑަށް ބޭނުންވާ ވަގުތު.

އެމްޑީޕީގެ ފަރާތުން ދޭނެ ޔަޤީންކަމަކީ ޤާސިމް އިބްރާހިމާއެކު ދެމި ތިބޭނެކަމުގެ ޔަޤީންކަން. އިސްލާހީ މަސައްކަތުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންދެން. ހުރިހާ ފަރާތްތަކުން މި އިސްލާހީ ނަސައްކަތުގައި ތިބުމަށް ގޮވާލަން.

11 އެޕްރީލު 2017 | 21:56

އަދީބެެއް ވައްކަމެއް ނުކުރޭ، ވައްކަންކުރީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް: ތޯރިޤް

ޤާނޫނު އަސާސީގައި ބުނެފައިވާ އެއްޗެއް އަޅުގަނޑުމެންނަށް އެނގޭ. ކުށެއް މީހެއްގެ މައްޗަށް ސާބިތުނުވާ މީހަކީ މައުސޫމް މީހެއް. އެފަދަ މީހެއް ޖަލަކަށްލެވިދާނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ކުށެއް ނުކުރާ މީހުންނަށް ބޮޑެތި އަދަބުތައް ލިބޭ މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ.

ޤާނޫނު އަސާސީގައި ލިޔެފައިވާ އެއްޗެއް ރައީސް އަބްދުﷲ ޔާމީނަށްވުރެ ބޮޑަށް އަޅުގަނޑުމެންނަށް އެނގޭނެއޭ އަޅުގަނޑު ދަންނަވާނީ.

އަޅުގަނޑު ދަންނަވާނީ އަދީބް ވައްކަމެއް ނުކުރެއޭ. އަދީ ކޮރަޕްޓެއް ނުވެއޭ. ކޮރަޕްޓްވެ ވައްކަންކުރީ ރައީސުލްޖުހޫރިއްޔާގެ ނައިބޭ. އޭގެކުރިންވެސް އަދީބް ހުންނެވި. ނަމަވެސް އެ ބުނާ ވަރަކަށް ފައިސާތަކެއް ނުގެންގުޅޭ. ފައިސާތަކެއް ގެންގުޅުނު މަންޒަރެއްވެސް އަޅުގަނޑުމެންނަކަށް ނުފެނޭ.

11 އެޕްރީލު 2017 | 21:37

ފަލަސުރުހީ - ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކޮންމެ ރެޔަކު މ. ކުނޫޒުގައި އަންނަނީ ޖަލްސާ ބާއްވަމުންނެވެ. އެ ޖަލްސާގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވާހަކަދައްކަވަ އެވެ.