ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާ

  • ސަރުކާރު ބަލިކަށިވެގެންދާކަމުގެ ހެކިތައް އެބަ ފެނޭ: ޑރ. މައުސޫމް
  • ކޮމިޝަނަރ އޮފް ޕޮލިސް އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
  • މުޖުތަމައަށް ރައްކާތެރިކަމަށްޓަކައި ޤާސިމް ހައްޔަރު ކޮށްފައިވާއިރު އެންމެ ގިނަ ބަޔަކަށް ރައްކާތެރިކަމެއްދޭ އެއްބޭފުޅަކީ ޤާސިމް: ފައިސަލް
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސަރުކާރު ބަލިކަށިވެގެންދާކަމުގެ ހެކިތައް އެބަ ފެނޭ: ޑރ. މައުސޫމް

ސަރުކާރު ބަލިކަށިވެގެންދާ ކަމުގެ ހެކިތަކެއް އެބަހުރޭ. މިސާލަކަށް ބުނާކަމުގައިވާނަމަ ސެކިއުރިޓީ ބޮޑުކުރުން ހިމެނޭ. މާ ސެކެިއުރިޓީ ވަރުގަދަކުރާކަމުގައިވާނަމަ އޭގެ މާނައަކީ ވެރިކަން ބަލކަށިވެފައިވަނީއޭ. އެގޮތުން ކައިވެނި ޕާޓީއަކަށްދާއިރުވެސް ވަށަައިގެން ސެކިއުރިޓީ ގެންގުޅޭކަމުގައިވާނަމަ އެއީ އެކަމުގެ ހެކި.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްތިއުފާ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްތިއުފާ.

 

ތިންވަނަ ކަމަކަށް "މަ ރަނގަޅު" ފަދަ ބޯޑުތައް ތަންތަނުން ފެންނަކަމުގައިވާނަމަ އެއީ ސަރުކާރު ބަލިކަށިވެގެންދާކަމުގެ ހެއްކެއް. އެފަދަކަމެއް ރާއްޖެއިން ފެންނަ ކަމުގައިވާނަމަ ސަރުކަރު ބަލިކަށިވެގެންދަނީ. މި ސަރުކާރު ވެއްޓޭކަމުގެ ނިޝާންތައް ފެންނަމުންގެންދަނީ.

 

ފަސްވަނަ ކަމެއްގެ ގޮތުން ސިޔާސީ ލީޑަރުން ވަގަށް ނެގުމަކީ ސަރުކަރު ބަލިކަށިވެގެންދާކަމުގެ ހެއްކެއް. އެ މަންޒަރުވެސް ރާއްޖެއިން އެބަފެނޭ. ހެންކަމުން އެއީ ސަރުކާރު ބަލިކަށިވެގެންދާކަމުގެ ހެއްކެއް.

11 އޭޕްރިލް 2017 | އަންގާރަ 03:49
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮމިޝަނަރ އޮފް ޕޮލިސް އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

އަޅުގަނޑުމެންނަށް މި ފެންނަނީ ރައްޔިތުންގެ މުދަލުން ވައްކަން ކުރަމުންގެންދާ މަންޒަރު. އަޅުގަނޑުމެންނަށް މި ފެންނަނީ 100 ރުފިޔާއަށް ކުރެވެން އޮންނަ ކަންތައްތައް ފަސްހާސް ރުފިޔާއިން ކުރަމުން އަންނަ މަންޒަރު.

 

އަޅުގަނޑުމެންނާއި ދިމާލަށް މީހުން ފޮނުވާނެ. ތަޅާ ކުދިންވެސް ފޮނުވާނެ. ނަމަވެސް އަޅުގަނޑުމެންނަށް ކޮންމެ ގޮތަކުން ބިރުދެއްކިކަމުގައިވިނަމަވެސް އަޅުގަނޑުމެން ދާނީ މި މަސައްކަތުގައި ސާބިތުކަމާއެކުގައި ކުރިޔަށް. އަޅުގަނޑުމެން މި މަސައްކަތް ނިންމާނީ ކާމިޔާބުކޮށްފައި. 42 ނޫން ކޮންމެ އަދަދަކުންވެސް އަޅުގަނޑުމެން ކާމިޔާބު ކުރާނަން. މިއަދުގެ ވޯޓާއެކުގައިވެސް ރައީސްގެ އިރުޝާދުގެ މެސެޖުތައް ފެނިގެންދިޔަ.

 

ޕޮލިސް ކޮމިޝަނަރ މިހާރު މިހާރަށް އިސްތިއުފާދީފައި ވަޑައިގަންނަވަންޖެހޭނެ. ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައިއެހުރީ ޤާނޫނާއި ހިލާފު ބަންދެއްގައި. ކޮންމެ އިރަކު ކޮންމެ ކޯޓަކަށް ގެންދިޔަ ކަމުގައިވިނަމަވެސް އަޅުގަނޑު ހެކި ދައްކާނަން. އެ ހުރީ ޤާނޫނާއި ހިލާފު ބަންދެއްގައިަކން.

 

ނިންމާލަމުން އަޅުގަނޑު ދަންނަވާނީ މި ހުރިހާ ކަމަކަށް ނިމުންއަންނާނެއޭ. އެ ހެކިތައްވެސް ފަޅައަރާނެއޭ. މި ނުން ދުވަހެއްވެސްވޭ. އެ ދުވަހުން ކަންކަން އޮޅުވައެއް ނުލެވޭނެ. ކީރިތި ގުރުއާރުގައި އެކަން ބަޔާންކޮށްފައިވޭ.

11 އޭޕްރިލް 2017 | އަންގާރަ 03:41
Writer Profile Picture
އަހުމަދު މުހުސިނު
މުޖުތަމައަށް ރައްކާތެރިކަމަށްޓަކައި ޤާސިމް ހައްޔަރު ކޮށްފައިވާއިރު އެންމެ ގިނަ ބަޔަކަށް ރައްކާތެރިކަމެއްދޭ އެއްބޭފުޅަކީ ޤާސިމް: ފައިސަލް

މުޖުތަމައަށް ރައްކާތެރިކަމަށްޓަކައި ޤާސިމް ހައްޔަރު ކޮށްފައިވާއިރު އެންމެ ގިނަ ބަޔަކަށް ރައްކާތެރިކަމެއްދޭ އެއްބޭފުޅަކީ ޤާސިމް. ބާރު އޮތީތީ ކުޑަ ހިނދުކޮޅަކަށް ޖަރީމާ ހިންގިދާނެ. އެކަމަކު އަޅުގަނޑުމެންނަކަށް އަދި ޤާސިމްގެ އަޒުމަކަށް ބަދަލެއް ނާންނާނެ. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ މަގުދައްކަން މިތިބަ ހަތަރު ލީޑަރުންގެ ފަހަތުގައި.

 

އެންމެ ކުޑަކުއްޖާއަށްވެސް ޤާނޫނާ ޚިލާފަށް ކަންކުރާކަން އެނގޭއިރު ފުލުހުންނަށް އެވަރު ނޭނގޭތީ ހައިރާންވޭ. ހަނދާން ކުރަންވާނެ އަބަދު ބާރުގައި ނޯވެވޭނެކަން. ޤާނޫން އަރާ ހަމަ ކުރާނެ.

 

ރައްޔިތުންގެ ލޯތްބަކީ ބިރުދައްކައިގެން ހޯދޭނެ އެއްޗެއް ނޫން. މަޖިލިސްތެރެއިން މަގުމަތިން އެހެނިހެންވެސް ތަންތަނުން އޮންނަނީ ބިރުދެއްކުން. ބަޔަކު އަދި ޤާނޫނާ ޚިލާފަށް އަމުރެއް ކުރިއަކަސް ނުޖެހޭ ތަބާވާކަށް.

 

މަޖިލިސް މިހާރު ހިނގަނީ އަމިއްލަ ކަންމަތީ ފިހާރައެއް ހިންގާ އުސޫލުން. އަދި ޤާނޫނާ ޚިލާފަށް އެކަންކަން ބާރު އޮތީމާ ކޮށްފައި އަތްވެސް ޖަހަނީއޭ. ބޮޑެތި ޖަރީމާތައް ހިންގާ މީހުންގެ ވާހަކަ ދުވަހުން ދުވަހުން އަޑުއިވޭއިރު އެމީހުންނާމެދު ކަމެއް ނުކުރެވޭ. އެކަމަކު ސިޔާސީ މީހުންގެ މައްސަލަތައް ހަމަ ދާދި އަވަހަށް ނިމޭ.

 

މިއަދު ބަޔަކަށް ފައިދާތަކެއް ވާތީ މަޑުމަޑުން ހުރެވިދާނެ. އެކަމަކު އަޅުގަނޑުމެން އައިސް މިވާހަކަ މިދައްކަނީ ޖުމްލަ ގޮތެއްގައި އެންމެނަށް ފައިދާހުރި ގޮތަކަށް ކަންކުރެވޭނެ ގޮތެއް ނެތިގެން ހަމަ ކެތް ނުވެގެން. މިއުޅެނީކީ ވަކި މީހަކަށް ފައިދާއެއް ހޯދާކަށް ނޫން.

 

ލޯމަތިން ފެނިގެން މިދަނީ ޤާނޫނާ ޚިލާފަށް ހަމަ ބޭނުން ކަމެއް ކޮށްލަމުންދާތީ.

 

11 އޭޕްރިލް 2017 | އަންގާރަ 03:15
Writer Profile Picture
އަހުމަދު މުހުސިނު
އެމްއެމްޕީއާރުސީގެ މައްސަލަ ހަމައެކަނި އަދީބާ ހަމައަކުން ނުނިމޭނެ: އަފީފް

އެމްއެމްޕީއާރުސީގެ މައްސަލަ ހަމައެކަނި އަދީބާ ހަމައަކުން ނުނިމޭނެ. ނިކަން ގަތް ހުރިއްޔާ އެމައްސަލަ ރަނގަޅަށް ބައްލަވާ. ކީއްވެތޯ ނުބައްލަވަނީ. ދެން ފެނަކައިން ޑޮލަރު ގަންނަންދިން 17 މިލިއަން ޑޮލަރަށް ވީގޮތް ހޯދަން ޖެހޭ.

 

އަޅުގަނޑުމެން މަސައްކަތް ކާމިޔާބު ނުކޮށްފިނަމަ އަޅުގަނޑުމެންގެ ދަރިންގެ ދަރިންވެސް އުޅެން ޖެހޭނީ މިހާލުގައި. އެހެންކަމުން މިއީ ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެއް. ހުޅުލެއާ މާލެއާ އަޅާ ބްރިޖްގެ ވާހަކަ ދައްކާއިރު އެމްޑީޕީން ވާނީ އެބްރިޖް އަޅަން އަގުވެސް ބަލާފައި. އޭރު އެންމެ ބޮޑުކޮށްވެސް އަރަނީ 70 މިލިއަނަށް. އިންފްލޭޝަނާހެދި 100 މިލިއަން ކަމަށް ބެލިއަސް މިއަދު 200 މިލިއަން ޑޮލަރަށް އެޅީމާ ޤަބޫލެއް ނުކުރެވޭނެ.

 

އެއަރޕޯޓް ޖީއެމްއާރުން 300 މިލިއަން ޑޮލަރަށް އަޅަން ހަވާލުވިއިރު މިއަދު އެތަނަށް އެބަ އަރާ 1 ބިލިއަން ޑޮލަރު. މިއީ ސަރުކާރުން ހިންގާ ބިޔަ ޕްރޮޖެކްޓް. ކޮރަޕްޝަނާ ފަސާދައިގެ ޕްރޮޖެކްޓެއް ނޫނީ ނުހިންގާ. ޕީޕީއެމް މެންބަރުންވެސް ޖެހޭ ވިސްނަން.

11 އޭޕްރިލް 2017 | އަންގާރަ 03:02
Writer Profile Picture
އަހުމަދު މުހުސިނު
ފަލަސުރުހީ - ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާ

ހަސަން އަފީފް:

ޢަބްދުﷲ ޔާމީނަކީ ތާޢިދެއް އޮންނަ ބޭފުޅެއް ނޫން. މިހާރު އެގެންދަވަނީ އަމިއްލަ ކަށްވަޅު ކޮންނަމުން. މިހާރު އެވަނީ ވެއްޓޭހާ ބަލިކަށިވެފައި. މިއީ ކޮރަޕްޝަނާއި ފަސާދައިން ފުރިފައިވާ ސަރުކާރެއް.

 

 

11 އޭޕްރިލް 2017 | އަންގާރަ 02:52