ފަލަ ސުރުޚީ

  • ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
  • ނޮޅިވަރަމް ދާއިރާގެ މެމްބަރު އަރީފް
  • މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
 
Writer Profile Picture
ރިޒްނާ ޒަރީރު
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ހަތަރު ޕާޓީގެ ލީޑަރުން ނިކުމެ މިކުރަނީ ގައުމީ މަސައްކަތެއް. މިގައުމު ތިން ބަޔަށް ބެހެން ބޭނުންތައް. އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދަން އެބަޖެހޭ. ދަރަނި ބޮޑު ގައުމެއްމީ. އުސޫލުތަކަކާއި އެއްގޮތަށް ކަންތައް ކުރަންޖެހޭ. ހައްދު ފަހަނަޅައި ދިނުމުން ހައްގުބަސް ބުނަން އެބަޖެހޭ. އަނިޔާވެރިއަކާއި ދިމާލަން އަނިޔާވެރިއެކޭ ބުނަން އެބަޖެހޭ.

6 އޭޕްރިލް 2017 | ބުރާސްފަތި 04:23
Writer Profile Picture
ރިޒްނާ ޒަރީރު
ނޮޅިވަރަމް ދާއިރާގެ މެމްބަރު އަރީފް

މިގައުމުގެ ހާލަތު އެތައް ތަނަކުން ދަށަށް ގޮސްފި. މި ސަރުކާރު މިހެންދާ ކޮންމެ ދުވަހަކީ އެތައް ތަނެއް ގައުމު ސޮއްސާލާނެ ދުވަހެއް. މިރާއްޖެ ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް މިދަނީ. ރައީސް ޔާމިންއަށް ތާއީދުކުރާ ހަމަ އެކަކުވެސް ނުފެނޭ. މިކަމުން ސަލާމަތްވާން އެބަޖެހޭ. ރައްޔިތުންނަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އެބަޖެހޭ. މިގައުމުގެ ރައްޔިތުންނަށް އިމްތިހާނެއް. ރައީސް ޔާމިން ޒާތީ ގޮތުން ދެން ކާކުބާއޭ ޖައްސާނުލާނީ؟  

6 އޭޕްރިލް 2017 | ބުރާސްފަތި 04:01
Writer Profile Picture
ރިޒްނާ ޒަރީރު
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

ރައީސް ޔާމިން ވިދާޅުވާހެން އިދިކޮޅު ފަރާތްތަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބަޔަކަށްވާއިރު ސަރުކާރުން އެކަން ނުކުރެވޭ ކަމަށްވާނަމަ ސަރުކާރު ބަދަލުކުރަންޖެހޭ. އެންމެން އެކުވެގެން މިއުޅެނީ ލައްކެއް ޖަހާލާނަން. ރައީސް ޔާމިން ކޮންމެ ކަމެއްވެސް ބޭނުންވާނީ ކޯޓުން ނިންމައިގެން. ޕާޓީ ދަމައިގަތީ ކޯޓުން. މިކަން މިއީ ރައްޔިތުންނަށް އިނގޭ ކަންކަން. އެބަ ބުނަން ޖެހޭ ރައީސް ޔާމިންގެ ސަރުކާރު ބޭނުން ނޫން ކަމަށް. މަގު މައްޗަށް ނިކުމެ ބުނެދޭން އެބަޖެހޭ. މިއީ އާދަޔާ ޚިލާފަށް އިސްރާފް ބޮޑު ސަރުކާރެއް. ޓެކްސް އިތުރުވެގެންދަނީ އެހެންވެސް. ސަރުކާރުގެ މޫނުމަތި ރީތި ކުރަން ތަފާތު ގިނަ ކޮންސަލްޓަލްޓުން ގެނެސްގެން ސަރުކާރުގެ މޫނުމަތި ރީތި ކުރަން އެބަ މަސައްކަތް ކުރޭ. ކިތަންމެ ބޮޑު ބިލްބޯޓް ބެހެއްޓިޔަސް ރައްޔިތުންގެ ލޯތްބެއް ނުވާނެ. ރައްޔިތުންނަށް އަޑު އިއްވަން މިކިޔަނީ ރާއްޖެއަށް ތަރައްޤީ ގެނެސްދޭ ވާހަކަ. ބްރިޖް ނިމޭ ވާހަކަ. ހޮސްޕިޓަލް ހަދާ ވާހަކަ. ކޮބައިތޯ މައްސަލައަކީ. މައްސަލަ ވަރަށްވެސް ބޮޑު 200 މިލިއަނުން އެޅޭ ބްރިޖެއް 800 މިލިއަން ބޭނުން ކޮށްގެން އެޅުމުން އެއީ ބޮޑު މައްސަލައެއް. އެވާހަކަ ދައްކަން އެބަޖެހޭ.

6 އޭޕްރިލް 2017 | ބުރާސްފަތި 03:44
Writer Profile Picture
ރިޒްނާ ޒަރީރު
ކެންދޫ ދައިރާގެ މެމްބަރު އަލީ ހުސެއިން

ވިސްނުމާއި ހިޔާލާއި ފިކުރުގެ ގޮތުން ތަފާތު ހަތަރު ލީޑަރުން އެކުގައި މަަސއްކަތް ކުރައްވަން ފެއްޓެވީ ކީއްވެގެންތޯ؟ ރަށް ރަށުގެ މީހުން އެބަ ސުވާލުކުރޭ ރައީސް މައުމޫނާއި ރައީސް ނަޝީދާއި އެއްކޮށް މަސައްކަތް ކުރާނެހޭ. ރައްޔިތުން އެކަމާއި އެބަ ސުވާލުކުރޭ. ގައުމުގައި މިހިނގަނީ ކޮން ކަމެއްތޯ؟ ސިޔާސީ ހަތަރު ލީޑަރުން ނިކުންނެވީ ގައުމުގެ ހައްގުގައި. ސިޔާސީ ލީޑަރުންނީ ދުޝްމަނުންނެއް ނޫން. މިގައުމުން ފެނިގެން މިދަނީ އަނިޔާވެރިކަން ހައްދު ފަހަނަޅައިގެން ގޮސްފައިވާ މަންޒަރު. މިއަނިޔާވެރިކަން ސިފަ ކުރެވޭނެ ގޮތެއް ނެތް. މިސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދެއްކޭނެ ވާހަކައެއް ނެތް. ބަހުގައި ބަހެއް ނެތް. މިގައުމުގައި ހިނގާ ކޮރަޕްޝަން ބަޔާން ކުރާނެ ގޮތެއް ނެތް. އައު ބަހުރުވައެއް ހޯދަން ޖެހޭ ހިސާބަށް މިއޮތީ ގޮސްފައި. ބަހަކީ އިއްވަން ޖެހޭ އެއްޗެއް. ޤާސިމް އިބްރާހިމް އަށް ދައުވާކޮށް އަދި އިމްރާން ޖަލުގައި އޮންނެވީ ބަހެއް ބުނެގެން. ބަހަކީ ވަރަށް ބާރުގަދަ އެއްޗެއް. އަނިޔާވެރިކަން އައުމުން އިސް ނުޖަހާ ހައްގު ބަސް އެކަމާއި ދެކޮޅަށް ބުނަން އެބަޖެހޭ. މެމްބަރުން ވިދާޅުވާން ޖެހޭ ހައްގު ބަސް ބުނަން ފެށުމުން މިގައުމު މިހެން ނުދާނެ.

6 އޭޕްރިލް 2017 | ބުރާސްފަތި 03:15
Writer Profile Picture
ރިޒްނާ ޒަރީރު
ރައީސް ޔާމިން ސިފަކުރައްވަނީ ބޮޑު ކުށްވެރިއެއްގެ ގޮތުގައި

ދާއިރާ ތަރައްޤީ ކުރަންޏާ ތިމަންއާއި ގުޅޭށޭ ބުނުމަކީ ބިރުދެއްކެން. ޖަލްސާއަށް ނުގޮސްފި ނަމަ މުވައްޒަފުންނަށް ބިރުދައްކާ. ރައީސް ޔާމިން ސިފަކުރައްވަނީ ބޮޑު ކުށްވެރިއެއްގެ ގޮތުގައި. މިއަދު ރައްޔިތުންގެ މަޖިލިސް މެމްބަރުން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ. ރައްޔިތުންގެ ހައްގުގައި ވާހަކަދައްކަވާ މީހުން ޖަލުގައި. ދިވެހި ދައުލަތް ދުވަހަކު ނުދެކޭ ކޮރަޕްޝަންގެ ވާހަކަ އަމިއްލައަށް ދެއްކުވުން ލަދު ކޮބައިބާވާއޭ ހިތަށް އަރާ. ސިޔާސި ހަޔާތް ފެއްޓެވީސުރެ މަސައްކަތްކޮށްދެއްވި ހުރިހާ އެންމެންވެސް ޖަލުގައި.  

6 އޭޕްރިލް 2017 | ބުރާސްފަތި 02:53
Writer Profile Picture
ރިޒްނާ ޒަރީރު
ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ

ރައީސް ޔާމިންއާއި ޗެލެންޖްކުރަން ބޭނުން. ރައީސް ޔާމިންއަކީ ސިޔާސީ ޕާޓީ ބަދަލުކުރުމުގެ އައްޕައޭ. ޕީޕީއެމް މިއަދު އޮތީ ރައްޔިތުންނާއި އެކީ. ހިތްވަރެއް ހުރި ނަމަ ނިކުމެވަޑައިގަންނަވާ. ރައީސް ޔާމިން ކުޑަ ރަށެއްގެ ކައުންސިލްއަށް ކުރިމަތިލެއްވިއަސް ބަލިކުރައްވާނަން. ރާއްޖޭގެ ދުށް ހުރިހާ ލީޑަރުން މިތިބީ ގައުމާއި ރައްޔިތުންގެ ހައްގުގައި ނިކުމެ. ޤާސިމް އިބްރާހިމް ޕޯޑިއަމްއެއްގައި ވާހަކަދައްކަވައިގެން ގޮޅިއެއްގައި އޮންނަން ޖެހިއްޖެ ނަމަ އެގޮޅީގައި އޮންނާނަން. ރިޝްވަތު ދިނޭ ކިޔާފައި ރައީސް ޔާމިން ވާހަކަދައްކަވަމުން ހިނި އާދޭ.

6 އޭޕްރިލް 2017 | ބުރާސްފަތި 02:43
Writer Profile Picture
ރިޒްނާ ޒަރީރު
ފަލަ ސުރުޚީ

މިރޭގެ ފަލަ ސުރުޚީގައި: ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާ ވަގުތުން ގެނެސްދެވޭނެ އެވެ.

6 އޭޕްރިލް 2017 | ބުރާސްފަތި 02:21