މިހާރު އަޅުގަނޑުމެން ރައީސް ނަޝީދު މިނިވަންކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން އެހެން ކަންކަން ވެސް އަންނަނީ ކުރަމުން. ގުޅިފައިވާ ހަތަރު ޕާޓީއަކީ ވަރަށް ތަފާތު ވިސްނުންތަކެއް އޮތް ޕާޓީތައް. އެހެން ނަމަވެސް މިހާެރު ފަށާފައިވަނީ ހުރިހާ ލީޑަރުން ގުޅިގެން ރައީސް ޔާމީން ބަލިކުރުން.
ރައްތިރުން ހިތްވަރާ އެކު މަސައްކަތް ކޮށްފިއްޔާ، މާ ފާގަތި ރީތި ދިރިއުޅުމެއް ލިބޭނެ.
އެއް ސަބަބަކީ އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކުރެވޭނެކަން ސަރުކާރަށް އެނގޭތީ.
އަނެއް ސަބަބަކީ އެމްޑީޕީގެ ކެންޑިޑޭޓުންގެ އިސްތަށިފުޅުގައި ޖިނާއީ ތުހުމަތުތަށް އަޅުވާފައި،އެ ކެންޑީޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށްލުން. އަދި އެމްޑީޕީއަށް ލިބެން އޮތް ތާއީދު ނެތި ކޮށްލުން.
ސަރުކަރުން މަޝްވަރާ ކުރުމުގެ ވާހަކަދައްކަވަނީ އެބޭފުޅުންނަށް އަންނަ ފިއްތުންތައް މަތި އެޅުމަށް ދައްކާ ވާހަކަ އެއް ޕާޓީތަކާ އެކު މަޝްވަރާކުރުމުގެ ވާހަކަ. މިކަން މިކުރަނީ ބޭރުން އަންނަ ޕްރެޝަރާ ގުޅިގެން.
އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، އެމްޑީޕީން އެކަަމަށް ޝައުގުވެރިކަމެއް ނެތް. މަޝްވަރާގެ ވާހަކަ ދެއްކެވިއަސް ސިޔާސީ ޕާޓީތަކުން އެކަމަށް އިޖާބައެއް ނުދެވޭނެ.
ބޭރުގެ ފަރާތްތަކަށް ވަރަށް ރަގަޅަށް އެގިލައްވާ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް.
ޑރ ޝައިނީ އެވިދާޅުވީ، ރައީސް މައުމޫން ރައީސް ޔާމީން ފަހަތްޕުޅުގައި ހުރީމައޭ، ލިބުނު ވޯޓު މަދުވީ. މިއީ ކިހިނެތް ގަބޫލު ކުރެވޭނެ ކަމެއްތޯ. މިހާލަތަށް ދިއައިމަ އަޅުގަނޑުވެސް ބޭނުންވޭ ޝައިނީ މިނިވަންކުރަންވެސް.
ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް މިއަދު ކުރެވޭކަށް ނެތް.
ޕީޕީއެމް ބޭނުންވުމުން، ރައީސް ޔާމީން ބޭނުންވުމުން، ކަންކަން ތަހުގީގު ކުރަން އޮންނަ އިދާރާއަކަށް ފުލުހުންގެ އިދާރާ ވަނީ ވެފަ.
ސިފައިންނަށް ވޯޓު ލުމުގެ ހައްގު ނިގުޅައިގަންނަން އުޅޭ މަންޒަރު. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނެތި ކޮށްލުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުން. މީހުން ހިތަށްއަރާ ކަންކަމާ ގުޅިގެން އަންނަީ ފިޔަވަޅު އަޅަމުން. މި މިންވަރަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަނީ ހަނިކުރެވިފަ
އަޅުގަނޑުމެންނަށް ވަރަށް ބާރު ސްޕީޑުގައި ކާމިޔާބީ ލިބޭނެ. އިދިކޮޅު ފަރާތްތަކަށް މަޖީލީހުގެ މެޖޯރިޓީ ވަރަށް އަވަހަށް ލިބޭނެ.
ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެމެރިކާއިން ވަނީ ބަޔާންނެރެފައި.
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު އަނެއްވާވެސް ހުށަހެޅޭނެ. އެކަންތައް ދެން ކުރެވިގެންދާނީ ކާމިޔާބު ކުރެވޭނެ ގޮތަށް. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މިހާރުވެސް އިދިކޮޅު ފަރާތްތަކަށް މާ ބޮޑަށް ބަރުވެފަ އޮތީ. ރޯލް ކޯލް އަކަށް ނުދިޔަ ނަމަ އެދުވަހު 100 ޕަސެންޓް ކާމިޔާބު ވާނެކަން އެނގޭ. އަދި އެކަން އެނގިގެން ދިޔައީ އެދުވަހު ވޯޓު ނެގުމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން އުޅުއްވި ގޮތުން.
ހަތަރު ލީޑަރުން އެއްގަލަށް އަރައިގެން މަސައްކަތް ކުރަން ފަށާނީ ހަމަގައިމުވެސް ގޯސްތަކެއް ހުރެގެން. ރައީސް ޔާމީނަކީ ދުނިޔޭގައި ހުރި އެންމެ ގަދަ ލީޑަރެެއް ނޫން. އެގޮތަށް ގަބޫލު ކޮށްގެންވެސް ނުވާނެ. ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އެއްކޮށް މަސައްކަތް ކުރަން ފެށުމުން ރައީސް ޔާމީނަށް ގިނިކަންޔާ ހުންނަވާ މަސައްކަތް ކުރާކަށް ފަސޭހަ ނުވާނެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގައިވެސް ހުރި ހިންހަމަނުޖެހުންތައް އަންނަނީ ފެންނަމުން.
މުޅި ރާއްޖެ އިއްތިފާގުވާ ކަމެއް މިހާރު ސަރުކާރު ކަމުނުދާކަން. ރައްޔިތުންނަށް ހިތްވަރު ލިބިއްޖެ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި ހިނގާދިޔަ ކަންކަމުން. ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދާ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދޭ.
ގާސިމް އިބްރާހިމަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވި ނަމަވެސް އެމަނިކުފާނުވެސް ހުރީ ވަރަށް ސާބިތު ކަމާ އެކު.