Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

އަޅުން ކުރާ ހެޔޮ އަމަލު، މާތް ﷲ ގަބޫލުކުރެއްވިކަމުގެ ނިޝާންތަކެއްވޭ: ޚުތުބާ

14 މެއި 2021 | ހުކުރު 07:47

ރަމަޟާން މަހުގެ ފަހުން ވެސް ހެޔޮ އަމަލު ކުރުމުގައި ދެމިހުންނަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 މެއި 2021 | ހުކުރު 07:47
އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ، ކޮވިޑް-19އާ ގުޅިގެން މިހާރު އޮތީ ޖަމާއަތުގައި ނަމާދު ކުރުން ހުއްޓުވާފައި

އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ، ކޮވިޑް-19އާ ގުޅިގެން މިހާރު އޮތީ ޖަމާއަތުގައި ނަމާދު ކުރުން ހުއްޓުވާފައި

އަޅުން ކުރާ ހެޔޮ އަމަލު، މާތް ﷲ ގަބޫލުކުރެއްވިކަމުގެ ނިޝާންތަކެއްވާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ހެޔޮ އަމަލުކުރުން މަތީ ދެމި ތިބުމުގެ މުހިންމުކަން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ބައެއް މީހުން ރަމަޟާން މަހު ނަމާދުގެ ޖަމާއަތަށް ރައްކާތެރިވެ، ގިނަގިނައިން ޤުރްއާން ކިޔަވައި، މީސްތަކުންނަށް ހެޔޮފޯރުވައި އުޅުމަށްފަހު، ރަމަޟާން މަސް ނިމުމުން ކަންކަމަށް ފަރުވާކުޑަކޮށް، ފާފަތަކަށް އަރައިގަންނަ ކަމަށެވެ. މިއީ މީހަކު އެތައް ޚަރަދަކާއި، މަސައްކަތެއް ކޮށްގެން، ރަނގަޅު ބިނާއެއް ކުރުމަށްފަހު، އެ ބިނާ ފުނޑުފުނޑުކޮށްލުން ފަދަ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ ރަމަޟާން މަހަކީ މުޅި އަހަރުތެރޭގައި ކުރެވުނު ފާފަތައް ފޮހެލުމަށް ﷲ ދެއްވާފައިވާ ރަނުގެ ފުރުސަތެއް ކަމަށާއި، ރަމަޟާން މަސް ނިމުމަށް ފަހުވެސް ހެޔޮއަމަލު ކުޅައުން މަތީ ދެމިތިބެން ޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ އަޅުން ކުރާ ހެޔޮ އަމަލު، ﷲ ގަބޫލުކުރެއްވިކަމުގެ ނިޝާންތަކެއްވާ ކަމަށެވެ. އެއީ، އެ އަމަލުތައް ކުރުން ދޫކޮށްނުލައި، ފާފަތަކަށް އަރައި ނުގަނެ ހުރުމާއި، ކުރެވުނު ހެޔޮ އަމަލުތައް ﷲގެ ޙަޟްރަތުގައި މަގްބޫލު އަމަލަކަށް ނުވެ ހިނގައިދާނެތީ ބިރުވެތިވުމާއި، އިތުރު ހެޔޮ އަމަލުތައް ކުރުންމަތީ ދެމިހުރުމުގެ ތައުފީގު ލިބުމާއި، ހެޔޮ އަމަލާ މެދު ބޮޑާވުމުގެ ބަދަލުގައި، އެ އަމަލުގެ މަދުކަން އިހްސާސް ވުމާއި އަދި ހެޔޮ އަމަލަށާއި ޞާލިހުންނަށް ލޯބިޖެހި، ފާފަތަކަށާއި ފާސިގުންނަށް ނުރުހުންތެރިކަން އުފެދުމެވެ.

ޚުތުބާގައި ބުނީ ރަމަޟާން މަސް އަލްވަދާއުކީ ކަމުގައިވިޔަސް އިސްލާމް ދީނުގައި ލައްވައިފައިވާ ހެޔޮކަމުގެ ފުރުޞަތުތައް ވަރަށް ގިނަ ކަމަށެވެ. އޭގެތެރެއިން އެންމެ މުހިއްމު އެއް ފުރުސަތަކީ ޝައްވާލުމަހުގެ ހަ ރޯދަ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ސުންނަތް ރޯދައިގެ އިތުރުން ވެސް ހެޔޮކަމުގައި މެދުނުކެނޑި ދެމިތިބުމަށް ދަމު ނަމާދުކުރުމާއި، ކޮންމެ ދުވަހަކު ވެސް ގުރްއާނުން މިންވަރެއް ކިޔެވުމާއި، ކެރި ކުޅަދާނަވީ މިންވަރަކުން ﷲ ގެ މަގުގައި ހޭދަކުރުމާއި، ގާތް ތިމާގެކަމުގެ ގުޅުން ދެމެހެއްޓުމާއި އަވަށްޓެރިންނާއި، މައިންބަފައިންގެ ހައްގުތަކާއި، އަނބި ދަރީންގެ ހައްގުތައް އަދާކުރުން ފަދަ ކަންތައްތަކަށް ރައްކާތެރިވުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

އިސްލާމް ދީނަކީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ދީންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްލާމް ދީނަކީ ސަލާމަތާއި، އަމާން ކަމުގެ ދީން ކަމަށާއި، އަނިޔާވެރިކަމާއި، ހައްދު ފަހަނަ އެޅުމާ ދެކޮޅު ދީން ކަމަށެވެ. އަދި މީސްތަކުންގެ ފުރާނަޔާއި މުދަލަށް ގެއްލުންދިނުން ފަދަ ހަރުކަށި، އަނިޔާވެރި، ޢަމަލުތަކުން އިސްލާމް ދީން ބަރީއަވެގެންވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ނިރުބަވެރި އަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެ މީހުންނަށް ހަރުކަށި އަދަބު ދެވިގެން މެނުވީ މުޖުތަމައުގެ އަމާން ކަމާއި، ހަމަޖެހުން ދެމިއެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މުޖުތަމައުގެ އަމާންކަމާއި، ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ، އެންމެންގެ ޒިންމާއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
12 ސެޕްޓެމްބަރު 2025

ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ

12 ސެޕްޓެމްބަރު 2025
ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް