Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސައްކަތްތެރިންގެ ދުވަސް

ފާއިތުވި ދެ އަހަރު މީހުން ބިނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު: މަބްރޫކް

އެންމެ ގިނަ މީހުންނަށް ލޯނު ދޫކޮށްފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ދާއިރާއިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 މެއި 2021 | ހޮނިހިރު 08:47
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޕޯކްސްޕަރސަން މުހައްމަދު މަބްރޫކް އަޒީޒު

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޕޯކްސްޕަރސަން މުހައްމަދު މަބްރޫކް އަޒީޒު

ރާއްޖޭގެ އެކި ރަށްރަށުގައި ވިޔަފާރި ހިންގައި ކުރިއަރުވައި މަސައްކަތްތެރިން ބިނާ ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ މަސައްކަތްތެރިން ބިނާ ކުރުމަށްޓަކައި ވަޒީފާތައް އުފެއްދުމަށް ސަރުކާރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އެކަނިވެސް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު 9000 ވަޒީފާ އުފެއްދޭނެ ކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަބްރޫކް ވިދާޅުވީ މިހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 721 ފަރާތަކަށް 906 މިލިއަން ރުފިޔާގެ ލޯނުގެ އެހީ އެޕްރޫވް ކުރެވިފައިވާ ކަމަށެވެ.

ލޯނުގެ ތަފްސީލުތަކަށް ބަލާއިރު އެންމެ ގިނަ މީހުންނަށް ލޯނު ދޫކޮށްފައިވަނީ ހޯލްސޭލް އަދި ރީޓެއިލް ދާއިރާއިންނެވެ. އެ ދާއިރާއިން 1266 ލޯނު ދޫކޮށްފައިވާއިރު މަސްވެރިކަމުގެ ދާއިރާއިން ވަޒީފާތައް އުފެއްދޭނެ ގޮތަށް 107 މީހަކަށް ލޯނު ދޫކޮށްފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން 144 މީހަކަށް ލޯނު ދޫކޮށްފައިވާއިރު ދަނޑުވެރިކަމާއި ކޮންސްޓްރަކްޝަން ދާއިރާއިން ކޮންމެ ދާއިރާއަކުންވެސް 35 މީހަކަށް ލޯނު ދޫކޮށްފައިވެއެވެ. މިއީ ހައްތާވެސް ރަށްރަށުގައި ވިޔަފާރި ހިންގައި ކުރިއަރުވައި މީހުން ބިނާ ކުރެވޭގޮތަށް ދޫކޮށްފައިވާ ލޯނު ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ކަމެއްކަން ފާހަގަ ކުރައްވަމުން މަބްރޫކު ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއްވެސް ލޯނު އެހީގައި ހިމެނިފައިވާނެ ކަމަށެވެ. ހުރިހާ އަތޮޅަކުން 143 ރަށެއްގައި ވިޔަފާރި ހިންގައި ކުރިއެރުވުމަށް ލޯނު ދޫކޮށްފައިވާއިރު އެކަމުގެ ސަބަބުން ފާއިތުވި 2 އަހަރުގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް 4300ށް ވުރެ ގިނަ ވަޒީފާ އުފެދިފައިވާކަމަށް މަބްރޫކު ވިދާޅުވިއެވެ.

މީހުން ބިނާ ކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން "ސްކިލްސް ފޯރ އަ ރެސިލިއަންޓް ވާރކްފޯސް" އަށް އަލިއަޅުވާލައްވަމުން މަބްރޫކު ވިދާޅުވީ، މިއީ ސަރުކާރުން މިދިޔަ އަހަރު އިއުލާނުކޮށް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުންވެސް 1200 ޒުވާނުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާއި އައިސީޓީ އަދި ޓޫރިޒަމާ ގުޅުންހުރި އިމާރަތް ކުރުމުގެ ދާއިރާވެސް ހިމެނިފައިވެއެވެ.

މަބްރޫކު ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން ނިމިދިޔަ ހަފުތާގެ ތެރޭގައިވެސް 100 ދަރިވަރަކު ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުމަށް ތައްޔާރު ކުރެވިގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު