Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިނުގެ ދެވަނަ ޑޯޒް

ވެކްސިނުގެ ދެވަނަ ޑޯޒް ނުޖަހާ 20،000 މީހުން އެބަތިބި

ވެކްސިން ޖެހޭ އާބާދީގެ ތެރެއިން ފުރަތަމަ ޑޯޒް 67 އިންސައްތަ މީހުން ޖަހައިފި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އެޕްރީލު 2021 | ބުރާސްފަތި 10:28
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ރާއްޖޭގައި ދެވަނަ ޑޯޒް ޖަހަން ޖެހޭ އެކަމަކު ނުޖަހާ ތިބި 20،000 މީހުން އެބަތިބި ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ ރާއްޖޭގައި ދެވަނަ ޑޯޒް ޖަހަން ފަށައި ވަކި މުއްދަތެއްގެ ތެރޭގައި ޑޯޒްތައް ފުރިހަމަ ކުރުމަށް އެދިފައިވީ ނަމަވެސް ދެވަނަ ޑޯޒް ފުރިހަމަ ނުކުރާ 20،000 މީހުން އެބަތިބި ކަމަށެވެ. އެ އެންމެން ޑޯޒުތައް ފުރިހަމަ ކުރުމަށް ޑރ ޝާހު ވަނީ އެދިވަޑައިގެންފައެވެ.

ޑރ. ޝާހު ވިދާޅުވީ ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް ވެކްސިނޭޝަންގެ ކަންކަން ދަނީ ރަނގަޅަށް ކަމަށެވެ. އަދި ވެކްސިން ޖެހޭ އާބާދީގެ ތެރެއިން ފުރަތަމަ ޑޯޒް 67 އިންސައްތަ މީހުން ޖަހާފައިވާ ކަމަށެވެ. ޖުމްލަ އާބާދީއަށް ބަލާނަމަ އާބާދީގެ 52 އިންސައްތައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. ޑރ. ޝާހު ވިދާޅުވީ ވެކްސިން ޖެހި މީހުންގެ ތެރެއިން ދެވަނަ ޑޯޒް ގާތްގަނޑަކަށް 30 އިންސައްތަ މީހުންނަށް ދެވިފައިވާ ކަމަށެވެ.

ބައްޔަށް ލިބެން އޮތް ފަރުވާގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމާއި ވެކްސިނޭޝަން ޕްރޮގްރާމްގެ ކަންކަން ވެސް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަން ސްޓޭޓް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މީގެއިތުރު.ން ދުނިޔޭގެ ނިސްބަތުން ބަލާނަމަ ވެކްސިނޭޝަން ޕްރޮގްރާމުގައި ރާއްޖެ އުޅެނީ ވަރަށް ކުރީގައި ކަމަށާއި އެންމެ ފަހުގެ ޑާޓާއަށް ބަލާލާއިރު ފުރަތަމަ ޑޯޒް ލިބުނު މީހުންގެ ނިސްބަތުން ރާއްޖެ އޮތީ ދުނިގޭ 7 ވަނައިގައި ކަމުންް އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު

20 މެއި 2017
ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު
18 އެޕްރީލު 2017

ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

18 އެޕްރީލު 2017
ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި
15 އެޕްރީލު 2017

ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ނާޒިމް

15 އެޕްރީލު 2017
ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ނާޒިމް
26 މާރިޗު 2017

ސޯނަމް އަށް ފަހު އެންމެ ގިނަ ބްރޭންޑް އެންޑޯޒް ކުރި ތަރިއަކަށް ދިޕިކާ

26 މާރިޗު 2017
ސޯނަމް އަށް ފަހު އެންމެ ގިނަ ބްރޭންޑް އެންޑޯޒް ކުރި ތަރިއަކަށް ދިޕިކާ
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު