Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޯވަރޑްރާފްޓްގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ

އޯޑީ މައްސަލަ ދިރާސާކޮށް މިރޭގެ ނިޔަލަށް ނިންމާލަނީ

21 އެޕްރީލު 2021 | ބުދަ 09:33

އޯޑީ މައްސަލަ ދިރާސާކުރުމަށް 9 މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ވަނީ އެކުލަވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އެޕްރީލު 2021 | ބުދަ 09:33
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި ވާ މުއްދަތަށް ދީފައިވާ އިސްތިސްނާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓަރ އެދިވަޑައިގެންނެވި އެދިވަޑައިގެންނެވުން ދިރާސާކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީގެ މަސައްކަތް މިރޭގެ ނިޔަލަށް ނިންމާލުމަށް އެކޮމިޓީން ސުންގަނޑި ކަނޑައަޅައިފިއެވެ.

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދަ އިތުރުކޮށްދިނުމުގެ މައްސަލަ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް އަންގާރަ ދުވަހުގެ ޖަލްސާގައި މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބު ވެފައެއްނުވެއެވެ. އެއާއެކު ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ އަނެއްކާވެސް މިމައްސަލަ ހުށަހަޅައިގެން ކުރިޔަށް ގެންދަވާފައެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަންގާރަ ދުވަހު ހުއްދައިގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމިފައިނުވާތީ، އެއަށް ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސްގެ މޭޒުން އެ މައްސަލަ އަލުން ހުށަހަޅުއްވާ ކަމަށެވެ. މިއާއެކު ބުދަ ދުވަހުގެ ޖަލްސާގައި ވަނީ މައްސަލަ ދިރާސާކުރުމަށް 9 މެމްބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލާފައެވެ.

ކޮމިޓީގެ މަސައްކަތް ފަށާފައިވާއިރު ކޮމިޓީން ނިންމާފައިވަނީ މަސައްކަތް މިރޭގެ ނިޔަލަށް ނިންމުމަށެވެ.

އަދި މިކަން ދިރާސާކުރުމަށްޓަކައި ފިނޭންސް މިނިސްޓަރާއި އެމްއެމްއޭގެ ގަވަރުނަރު އަދި އޮޑިޓަރ ޖެނެރަލާއި ބައްދަލުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. މީގެއިތުރުން ފިނޭންސް މިނިސްޓްރީން ބޭނުންވާ މައުލޫމާތުތައް ލިޔުމުން ހޯދުމަށްވެސް ވަނީ ކޮމިޓީން ނިންމާފައެވެ.

ފިނޭންސް މިނިސްޓަރާއި އެމްއެމްއޭގެ ގަވަރުނަރު އަދި އޮޑިޓަރ ޖެނެރަލާއި ބުދަ ދުވަހު ކޮމިޓީން ބައްދަލުކުރުމަށްފަހު ބުދަ ދުވަހުގެ ރޭ ބައްދަލުވުމެއް ބާއްވައި ވަކިގޮތެއް ނިންމުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުން އިސްތިސްނާ ހާލަތެއް ގެނައުމުގެ ހުއްދަ މަޖިލީހުން ދީ އެލިމިޓް 4.4 ބިލިއަން ރުފިޔާއަށް އިތުރުކޮށްދިނުމަށް އެދިފައެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށް ވަނީ އެދިފައެވެ. އެހުއްދަ މިމަހުގެ 26 ވަނަ ދުވަހު ހަމަވާއިރު ފިނޭންސް މިނިސްޓްރީން އަނެއްކާވެސް ވަނީ މުއްދަތު އިތުރުކޮށްދިނުމަށް ހުށަހަޅާފައެވެ.

ގާނޫނުގައި ބުނާ ގޮތުން، މަޖިލީހަށް އެ އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސާދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް