Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަނދިރީގައި

މަސްތުވާތަކެތީގެ ބަލިމަޑުކަމުގައި ޖެހިފައިވާ މީހުންގެ ވާހަކަތަކާއިއެކު 'އަނދިރީގައި' މިރޭ!

މި ޕްރޮގްރާމްގެ ހަތަރު އެޕިސޯޑެއް ގެނެސްދިނުމަށްވަނީ ނިންމާފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 18 އެޕްރީލު 2021 | އާދީއްތަ 14:44
އަނދިރީގައި - މި ޕްރޮގްރާމް އާދީއްތަ ދުވަހުގެ 23:00 ގައި ދައްކާނެ

އަނދިރީގައި - މި ޕްރޮގްރާމް އާދީއްތަ ދުވަހުގެ 23:00 ގައި ދައްކާނެ

މަސްތުވާތަކެތީގެ ބަލިމަޑުކަމުގައި ޖެހިފައިވާ މީހުންގެ ހަގީގީ ވާހަކަތަކަކާއިއެކު 'އަނދިރީގައި' ޕްރޮގްރާމް އާދީއްތަ ދުވަހުގެރޭ 23:00 ގައި ރާއްޖެ ޓީވީން ދައްކާނެއެވެ.

މި ޕްރޮގްރާމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައާ ގުޅުވައިގެން ތައްޔާރު ކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ހަތަރު އެޕިސޯޑެއް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ އެޕިސޯޑެއްގައި ގެނެސްދޭނީ އައު ހާދިސާތަކެކެވެ. އަދި މި ޕްރޮގްރާމުގެ ޒަރިއްޔާއިން މި މައްސަލަތައް ހައްލުކޮށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވިގެންދާނެއެވެ.

Advertisement - newsAdvertisement

މިކަންކަމުގެ މައުލޫމާތު ބެލުންތެރިންނަށް ގެނެސްދޭނީ، މިދާއިރާއިން ބައިނަލްއަގުވާމީ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތެއް ކަމަށްވާ އަލީ އަދީބުއެވެ. އަދީބަކީ އިންޓަނޭޝަނަލީ ސެޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް ޑްރަގް ރިޑަކްޝަން ޓްރެއިނަރެކެވެ.

މި ޕްރޮގްރާމްގެ ޕްރޮޑިއުސަރ، ރާއްޖެޓީވީގެ އެސިސްޓަންޓް ކްރިއޭޓިވް ޑިރެކްޓަރ، އަޙްމަދު ސިރާޖް ބުނީ މި ޕްރޮގްރާމަކީ މި ރަމަޟާންމަހު ރާއްޖެޓީވީން ގެނެސްދޭ އެންމެ ތަފާތު އެއް ޕްރޮގްރާމަށްވާނެ ކަމަށާއި، މި ޕްރޮގްރާމަކީ، މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅުވައިގެން އުފައްދާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ޓިކްޓޮކް ސްޓާރުންގެ ހުނަރު ފެނިގެންދާނެ ކަމަށެވެ. ސިރާޖް ބުނީ މި ޕްރޮގްރާމުގެ ޒަރިއްޔާއިން މި ފަންނާނުންނަށް ހާއްސަ ޕްލެޓްފޯމެއް ގާއިމުކޮށްދީ، އެ ފަންނާނުންގެ ހުނަރު ބެލުންތެރިންނަށް ދައްކައިދިނުން އެއީ އަމާޒެއް ކަމަށެވެ. އަދި ޕްރޮގްރާމުގެ ކޮންމެ އެޕިސޯޑަކުންވެސް ކުޅަދާނަ، ހުނަރުވެރި ފަންނާނުން ފެނިގެންދާނެ ކަމަށްވެސް ސިރާޖް ބުންޏެވެ.

މީގެ އިތުރުން ސިރާޖް ވަނީ މި ޕްރޮގްރާމް އުފެއްދުމުގެ މަސައްކަތުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

މި ޕްރޮގްރާމްގެ ކޯ ޕްރޮޑިއުސަރ، ރާއްޖެޓީވީގެ ގްރެފިކް ޑިޒައިނަރ އިބްރާހީމް ވިޝާލް ބުނީ ޕްރޮގްރާމް އުފެއްދުމުގެ ހިޔާލު އައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، އޮފީސް ލޮކްޑައުންކުރި ދުވަސްވަރުކަމަށާއި، ޕްރޮގްރާމް އުފެއްދުމުގެ މަސައްކަތް ރާވަން ފަށާފައި ވަނީ ލޮކްޑައުންގެ ތެރޭގައި ކަމަށެވެ. އަދި ޕްރޮގްރާމްގެ ހުރިހާ މަސައްކަތެއް ނިންމާލެވުނީ ގާތްގަނޑަކަށް ހަ މަސް ދުވަހުންކަމަށް ވިޝާލް ބުންޏެވެ.

މި އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށް ރާއްޖެޓީވީން ދަނީ ތަފާތު ޕްރޮގްރާމުތައް އުފައްދާ ބެލުންތެރިންނާ ހަމައަށް ގެނެސްދެމުންނެވެ. އޭގެ ތެރޭގައި އިޖުތިމާއީ ކަންކަމާ ގުޅޭ ޕްރޮގްރާމާއި، މުނިފޫހިފިލުވުމުގެ ތަފާތު ޕްރޮގްރާމުތަކުގެ އިތުރުން ދީނީ ޕްރޮގްރާމުތައްވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު