Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 އޮމަދޫގެ ހާލަތު

ކޮވިޑް-19 ގެ ކޭހެއް ފެނި ތ. އޮމަދޫ ވެސް މޮނިޓަރިންއަށް

14 އެޕްރީލު 2021 | ބުދަ 07:12

މިހާތަނަށް އެ ރަށުން 70 މީހުންގެ ސާމްޕަލް ނަގާފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 އެޕްރީލު 2021 | ބުދަ 07:12
ތ. އޮމަދޫ

ތ. އޮމަދޫ

ކޮވިޑް-19 ގެ ކޭހެއް ފެނި ތ. އޮމަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނީ އެ ރަށުގައި ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށާއި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެ އޭޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި އޭޖެންސީގެ ހުއްދަ ނެތި ރަށަށް އެރުން މަނާވާނެ ކަމަށެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭ މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާ ކުރައްވަމުން އެރަށު ކައުންސިލްގެ ރައީސް ހާރޫން މުހައްމަދު ވިދާޅުވީ ތ. ވޭމަންޑުއަށް ގޮސް ރަށަށް އައިސްފައިވާ އެކަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށާއި މިހާތަނަށް އެ ރަށުން 70 މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި ޖުމުލަ 50 ގެ ކަރަންޓީނު ކުރެވިފައިވާ ކަމަށް ވެސް ހާރޫން ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށާއި ނަމަވެސް ރަމަޟާން މަހަށް ވުމާއެކު ޒަރޫރީ ބޭނުން ތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމުގައި ރައްޔިތުންނަށް ބައެއް ކަހަލަ ދަތިތައް ދިމާވަމުން ދާ ކަމަށެވެ. ސަބަބަކީ ގިނަ ފިހާރަތައް ހިންގާ ވެރިންނާއި ސޭޓުން ކަރަންޓީންކުރުން ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރަށު ކައުންސިލުގައި މަސައްކަތް ކުރާ މީހުންނާއި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މީހުން ވެސް ކަރަންޓީނުގައި މަޑުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އޮމަދޫ ރައްޔިތުންނަކީ އެކި ބޭނުންތަކަށް ވޭމަންޑުއަށް ދާ ބައެއް ކަމަށާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ އަދަދެއްގެ މީހުން އެރަށަށް ދިޔަ ކަމަށް ހާރޫން ފާހަގަ ކުރެއްވިއެވެ. ތ. ވޭމަންޑޫން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާއިރު ވޭމަންޑޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން، 15 މާރޗް 2021 ގެ ފަހުން އެރަށުގައި އުޅުމަށްފަހު އެހެން ރަށަކަށް  ގޮސްފައިވާ މީހެއްނަމަ، އެކަން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަށް އެންގުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި އެ ދުވަހުގެ ފަހުން ވޭމަންޑޫން އައި މީހުން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން އަންގާފައިވެއެވެ.

ހަމައެއާއެކު ވޭމަންޑޫން އައިފަހުން 10 ދުވަސް ފާއިތުވެފައިވީ ނަމަވެސް ކޮވިޑަށް ޓެސްޓުކުރުމަށް އެޗްޕީއޭއިން އެދެއެވެ. ސާމްޕަލް ނެގުމުގެ ކަންކަން އެރަށެއްގައި ހުންނަ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން ހަމަޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ތ. އޮމަދޫ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

21 މެއި 2023

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އޮމަދޫ ސްކޫލް ބެލެނިވެރިންނަށް މައުލޫމާތުދީފި

21 މެއި 2023
އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އޮމަދޫ ސްކޫލް ބެލެނިވެރިންނަށް މައުލޫމާތުދީފި
18 އޯގަސްޓު 2021

ރައީސްގެ ތ. އަތޮޅު ދަތުރުފުޅު: އޮމަދޫގައި މަތީ ސާނަވީ ތަޢުލީމު ހާސިލްކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށް އެރަށުގެ ޑަބްލިއުޑީސީން ރައީސަށް ދަންނަވައިފި

18 އޯގަސްޓު 2021
ރައީސްގެ ތ. އަތޮޅު ދަތުރުފުޅު: އޮމަދޫގައި މަތީ ސާނަވީ ތަޢުލީމު ހާސިލްކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށް އެރަށުގެ ޑަބްލިއުޑީސީން ރައީސަށް ދަންނަވައިފި
18 އޯގަސްޓު 2021

ކޮވިޑާ ގުޅިގެން ހަދާފައިވާ އުސޫލުތަކަށް އަމަލުކުރުމަށް ޓުއަރ އޮޕަރޭޓަރުންނަށް ރައީސް ގޮވާލައްވައިފި

18 އޯގަސްޓު 2021
ކޮވިޑާ ގުޅިގެން ހަދާފައިވާ އުސޫލުތަކަށް އަމަލުކުރުމަށް ޓުއަރ އޮޕަރޭޓަރުންނަށް ރައީސް ގޮވާލައްވައިފި
18 އޯގަސްޓު 2021

ރައީސް ތ. އަތޮޅު ދަތުރުފުޅު: އޮމަދޫއަށް ވަޑައިގެން ބަނދަރުގެ ނިމުން އިފްތިތާހުކޮށްދެއްވައިފި

18 އޯގަސްޓު 2021
ރައީސް ތ. އަތޮޅު ދަތުރުފުޅު: އޮމަދޫއަށް ވަޑައިގެން ބަނދަރުގެ ނިމުން އިފްތިތާހުކޮށްދެއްވައިފި
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް