Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަބަހާނީ އާއި އީގަލްސްގެ މެޗު

ކޮލިފައިން މެޗު ކުޅުމަށް އަބަހާނީއަށް އިތުރު ގޮންޖެހުމެއް

13 އެޕްރީލު 2021 | އަންގާރަ 11:09

މި މެޗު ވަނީ މި މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 އެޕްރީލު 2021 | އަންގާރަ 11:09
ޑާކާ އަބަހާނީގެ ކުޅުންތެރިން

ޑާކާ އަބަހާނީގެ ކުޅުންތެރިން

އޭއެފްސީ ކަޕުގެ ކޮލިފައިންގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި ރާއްޖޭގެ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅެން ބަންގްލަދޭޝްގެ ޑާކާ އަބަހާނީއަށް އިތުރު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އަބަހާނީ އާއި އީގަލްސްގެ މީގެ ކުރިން ބަންގްލަދޭޝްގައި ކުޅެން މަސައްކަތްކުރި ނަމަވެސް، ކޮވިޑް-19 ގެ ކޭސްތައް އެ ޤައުމުގެ އިތުރުވެ، އެ ޤައުމު ލޮކްޑައުން ކޮށްފައި އޮތުމުން މި މެޗު ބަންގްލަދޭޝްގައި ކުޅެވޭނެ ގޮތް ވަނީ ނުވެފައެވެ. އަދި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިންވެސް މި މެޗު ބަންގްލަދޭޝްގައި ބޭއްވުމަށް އެއްބާރުލުން ދީފައެއް ނުވެއެވެ. އެހެންކަމުން އޭއެފްސީން ވަނީ މި މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅެން ނިންމައި، ދަނޑެއް ހަމަޖެއްސުމަށް އަބަހާނީއަށް ހޮނިހިރު ދުވަހުގެރޭގެ ނިޔަލަށް މުހުލަތު ދީފައެވެ.

އެއާއެކު މި މެޗު އިންޑިއާގައި ކުޅެން އަބަހާނީން މީގެ ކުރިން މަސައްކަތްކުރި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން އަބަހާނީ އާއި އީގަލްސްގެ މެޗު ނޭޕާލުގައި ކުޅެން މިހާރު ވަނީ ހުށަހަޅާފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް އޭއެފްސީން ވަކި ގޮތެއް ނިންމާނެއެވެ.

މީގެ ކުރިން ޕްރިލިމިނަރީ ދެވަނަ ބުރުގެ މެޗު ކުޅެން އޭއެފްސީން ތާވަލުކޮށްފައި އޮތީ ބުދަ ދުވަހަށެވެ. އެކަމަކު މި މެޗު ބަންގްލަދޭޝްގައި ކުޅެވޭނެ ގޮތް ނުވުމުން، އޭއެފްސީން ފަހުން ވަނީ މި މެޗު މި މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ. އެހެން ނަމަވެސް ކޮވިޑުގެ ނުރައްކާ ބޮޑުވެ، ބަނގްލަދޭޝްއިން ވަނީ ބުދަ ދުވަހުން ފެށިގެން ހަފުތާއަކަށް ވައިގެ ދަތުރުތައް ހުއްޓާލަން ނިންމާފައެވެ. އެގޮތުން ބުދަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް އެތެރޭގެ އުދުހުންތަކާއި ބޭރުގެ އުދުހުންތަކުގެ 500 އަށްވުރެ ގިނަ ދަތުރުތައް ކެންސަލް ކޮށްފައިވާ ކަމަށް ބަނގްލަދޭޝްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފައެވެ. އެހެންކަމުން ކޮލިފައިން މެޗު ކުޅުމަށް ނޭޕާލަށް އަބަހާނީ ޓީމު ދެވޭނެ ގޮތެއްވެސް މިހާރު ނެތެވެ.

އަބަހާނީގެ މެނޭޖަރު ސަތުޔާޖިތު ދާސް ރޫޕޫ ވިދާޅުވީ އަބަހާނީ އާއި އީގަލްސްގެ މެޗު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ބޭއްވުމުގެ ފެހި ސިގްނަލް ލިބިފައިވީ ނަމަވެސް، ވައިގެ ދަތުރުތައް ހުއްޓާލުމުން އެ ޤައުމަށް ދެވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ. އެހެންކަމުން އޭއެފްސީއަށްވެސް އެކަން އަންގާފައިވާނެ ކަމަށް ދާސް ރޫޕޫ ވިދާޅުވިއެވެ.

މި ފަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި އީގަލްސް ވާދަކުރާއިރު، ޕްރިލިމިނަރީ ދެވަނަ ބުރަށް އެ ޓީމު ދަތުރުކުރީ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީ 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ޕްރިލިމިނަރީ ދެވަނަ ބުރުގައި އަބަހާނީ އާއި އީގަލްސް ބައްދަލުކުރާއިރު، މި ބުރުން އީގަލްސް މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އެ ޓީމު ކުޅެން ޖެހުމުގެ އެންމެ ފުރުޞަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

އޭއެފްސީ ކަޕްއަބަހާނީ ލިމިޓެޑް ޑާކާކުލަބު އީގަލްސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
28 އޮކްޓޯބަރު 2025

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި
02 އޮކްޓޯބަރު 2025

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ
29 ސެޕްޓެމްބަރު 2025

މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި

29 ސެޕްޓެމްބަރު 2025
މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި
25 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބުރުން އީގަލްސްއާ އެއްވަރު ކޮށްފި

25 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބުރުން އީގަލްސްއާ އެއްވަރު ކޮށްފި
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
01 ފެބުރުއަރީ 2024

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް