Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު މިސްކިތް މަރާމާތު ކުރުން

އިންޑިއާގެ އެހީގެ ދަށުން ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

2 އެޕްރީލު 2021 | ހުކުރު 07:26

ހުކުރު މިސްކިތަކީ ދިވެހިރާއްޖޭގައި ހުރި އެންމެ އާސާރީ އަދި އެންމެ އެންމެ ރީތި އެއް މިސްކިތް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 2 އެޕްރީލު 2021 | ހުކުރު 07:26
މާލޭ ހުކުރު މިސްކިތް

މާލޭ ހުކުރު މިސްކިތް

އިންޑިއާގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު ހުކުރު މިސްކިތް ހިމާޔަތް ކޮށް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އިންޑިއާއިން ހުށަހެޅީ، އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ، 2019 ވަނަ އަހަރުގެ ޖޫން މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި މަސައްކަތަށް 1.5 މިލިއަން ޑޮލަރު ނުވަތަ 23 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާއިން ވަނީ ހުށަހަޅާފައެވެ.

Advertisement - newsAdvertisement

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު މި މަޝްރޫއުގެ މަސައްކަތަށް ވަނީ ބުރޫއަރާފައެވެ. އެކަމަކު ހުސްވި މާޗުމަހުގައި އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭ.އެސް.އައި) ގެ ޓީމެއް ވަނީ ރާއްޖެ އައިސްފައެވެ. އަދި މިސްކިތް ހިމާޔަތް ކުރުމަށާއި މަރާމާތުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ޑޮކިއުމެންޓޭޝަން ވަނީ ފަށާފައެވެ.

މި މަޝްރޫއަށް ބޭނުންވާ މަސައްކަތްތެރިންނާއި، ސާމާނު އަދި ލަކުޑި ހޯދުމަށް މި ހަފްތާގެ ތެރޭގައި ޓެންޑާރ އަށް ހުޅުވާލާއިރު، ޓެންޑާގައި ރާއްޖޭގެ އަދި އިންޑިއާ ކުންފުނިތަކަށް ބައިވެރި ވެވޭނެއެވެ.

ހުކުރު މިސްކިތަކީ ދިވެހިރާއްޖޭގައި ހުރި އެންމެ އާސާރީ އަދި އެންމެ އެންމެ ރީތި އެއް މިސްކިތެވެ. މި މިސްކިތް ބިނާކުރެވިފައިވަނީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގައި 1658 ވަނަ އަހަރުގައެވެ. އޭރު މިސްކިތް އިމާރާތް ކުރުމަށް ބޭނުން ކުރީ ހިރިގަލެވެ. އަދި މަސައްކަތުގެ މާހިރުން ވަނީ ސިމެންތި ނުވަތަ މޯޓާ އަދި ލައިމް ފަދަ އެއްވެސް އެއްޗެއް ބޭނުން ކުރުމެއް ނެތި، ހިރިގަލުގައި ބިންވަޅުނަގައި، އެއްގާ އަނެއްގަލާއި ގުޅުވައިގެން އިމާރާތްކޮށްފައެވެ.  މި މިސްކިތް 2008ވަނަ އަހަރު ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި، ހިމެނުނެވެ.

ހުކުރު މިސްކިތް މަރާމާތު ކުރުމުގެ ތެރޭގައި، ސްޓްރަކްޗަރަލް ކޮންސާވޭޝަން މަސައްކަތާއި، ކެމިކަލް ޕްރިޒަވޭޝަން މަސައްކަތް ހިމެނޭނެއެވެ. މީގެ ތެރޭގައި މިސްކިތުގެ ވަޑާންގަނޑާއި، ބީމްތަކާއި، ފުރާޅުތަކާއި، ޕްލާސްޓާ ވޯކް، ޑްރެއިންޖް، ސައިނެޖް މަރާމާތުކުރުމާއި، ވަޑާންގަނޑާއި ލިޔެލާޖެހިފައިވާ ސަރަހައްދުތަކުގައި ކަތުރުފަނީގެ ސަބަބުންނާއި އެހެނިހެން ކަންކަމުގެ ސަބަބުން ލިބިފައިވާ ގެއްލުން ދެނެގަނެ އެތަންތަނުގެ އާބާތުރަ ފިލުވުން ހިމެނެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ރޯދަ މަހުގެ އަޅުކަމަށް ހުރަސް ނޭޅޭނޭހެންނާއި، ވިއްސާރަ ދުވަސްވަރު އެކަށީގެންވާ މިންވަރަށް ސަމާލުވެގެންނެވެ. އަދި މަސައްކަތް ޖުމްލަ ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

އޭ.އެސް.އައި އަކީ އިންޑިއާގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާސާރީ ތަރިކަތައް ހިމާޔަތްކޮށް މަރާމާތުކުރުމުގެ އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ މުއައްސަސާއެކެވެ. އެގޮތުން ނިއު ދިއްލީ ގެ ޖަމާ މަސްޖިދް އާއި ކެމްބޯޑިއާގެ އެންގްކޯރް ވެޓް ކޮމްޕްލެކްސްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ހުކުރު މިސްކިތްއިންޑިއާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
14 އޮކްޓޯބަރު 2025

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް