Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުދޫގައި ޒަމާނީ މިސްކިތެއް ޤާއިމުކުރުން

އައްޑޫ ސިޓީ ހުޅުދޫގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޤާއިމުކުރުމަށް ބިން ދޫކުރުމަށް ނިންމައިފި

31 މާރިޗު 2021 | ބުދަ 18:02

މި ނިންމުން ނިންމީ ތިންވަނަ ދައުރުގެ 166 ވަނަ ރަސްމީ ޖަލްސާގައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 31 މާރިޗު 2021 | ބުދަ 18:02
އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުން

އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުން

އައްޑޫ ސިޓީ ހުޅުދޫގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޤާއިމުކުރުމަށް ބިން ދޫކުރުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީ ހުޅުދޫގައި ޒަމާނީ ފެންވަރުގެ އެކަށީގެންވާ ބޮޑު މިސްކިތެއް ޢިމާރާތްކުރުމަށް ޝަޢުޤުވެރިކަން ފާޅުކުރައްވާފައިވާ ހުޅުދޫގެ އަމިއްލަ ފަރާތެއް ކަމަށްވާ ހުޅުދޫ، ޕާމްގްރޯވ، ޑރ. ޢަލީ މުޒްނީ އަށް އެކަމަށްޓަކައި ބިމެއް ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ބުދަ ދުވަހު ބޭއްވެވި އައްޑޫ ސިޓީ ކައުންސިލްގެ 3 ވަނަ ދައުރުގެ 166 ވަނަ ރަސްމީ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ ކައުންސިލަރ، އިބްރާހިމް ޝުކުރީ ވިދާޅުވީ ހުޅުދޫގައި މިފަދަ މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތުން ހުށަހެޅުއްވި ކަމީ ހުޅުދޫގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ނިޢުމަތެއް ކަމުގައެވެ. އަދި ހުޅުދޫގައި ޢިމާރާތް ކުރުމަށް ހުށަހަޅާފައިވާ މިސްކިތަކީ ދެ ފަންގިފިލާގެ މިސްކިތެއް ކަމަށާއި، މިސްކިތުގައި ކުލާސްރޫމުތަކާއި ލައިބްރަރީއެއްގެ އިތުރުން އަންހެން ބޭކަނބަލުން ނަމާދުކުރުމަށް ޚާއްޞަ ސަރަޙައްދެއް ހިމެނޭނެ މިސްކިތެއް ކަމުގައިވެސް ކައުންސިލަރ އިބްރާހިމް ޝުކުރީ ވިދާޅުވިއެވެ. އަދި ކައުންސިލަރ އިބްރާހިމް ޝުކުރީ ވަނީ މިފަދަ ކަމެއް ހުށަހެޅުއްވި ކަމަށްޓަކައި ހުޅުދޫގެ އެންމެހައި ރައްޔިތުންގެ ނަމުގައި ޑރ. ޢަލީ މުޒްނީ އަށް ޝުކުރު ދަންނަވައިފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލަކީ އަބަދުވެސް ދީނީ ކަންކަމަށް ވަރަށް ބޮޑަށް އަހައްމިޔަތުކަން ދޭ ކައުންސިލެއްކަން ފާހަގަކުރައްވައި ކައުންސިލަރ ޝުކުރީ ވަނީ މި މަސައްކަތަށް ކައުންސިލްގެ އެންމެހައި މެންބަރުންވެސް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް އެދިވަޑައިގެންފައެވެ. ކައުންސިލަރ އިބްރާހިމް ޝުކުރީގެ މި ހުށަހެޅުއްވުމަށް ތާޢީދު ކުރެއްވީ މަރަދޫ ދާއިރާގެ ކައުންސިލަރ، ފައިސަލް އިބްރާހިމް އަދި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ، ޖަމްޝީދާ މުޙައްމަދެވެ. އައްޑޫ ސިޓީ ހުޅުދޫގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް ޤާއިމުކުރުމަށް ދޫކުރުމަށް ނިންމަވާފައިވަނީ ހުޅުދޫ މާފިށި ސަރަޙައްދުގައި މިސްކިތެއް ޢިމާރާތް ކުރުމަށް ކަނޑައަޅާފައިވާ 10،000 އަކަފޫޓުގެ ބިމެވެ.

އައްޑޫ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
16 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު
15 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
26 ސެޕްޓެމްބަރު 2025

ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ

26 ސެޕްޓެމްބަރު 2025
ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ
02 ފެބުރުއަރީ 2025

"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"

02 ފެބުރުއަރީ 2025
"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"
21 ސެޕްޓެމްބަރު 2024

އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު

21 ސެޕްޓެމްބަރު 2024
އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް