Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިހާބް

އައްޑޫ ސިޓީ މަރަދޫ އެމްޑީޕީ ކެނޑިޑޭޓަށް ތާއިދު ހޯދުމަށް ކަންމަތީ ބައްދަލުވުމެއް ބާއްވަނީ

އައްޑޫ ސިޓީ ކައުންސިލަށް ޖުމްލަ 19 ކެނޑިޑޭޓުން ވަނީ ކުރިމަތިލާފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 4 މެއި 2017 | ބުރާސްފަތި 14:18
އަންޑޫ ސިޓީ ހިތަދޫ ހަރުގޭގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން

އަންޑޫ ސިޓީ ހިތަދޫ ހަރުގޭގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލްގެ މަރަދޫ ދާއިރާގެ ކައުންސިލްގެ ގޮނޑިއަށް ކުރިމަތިލާފާއިވާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއިދު ހޯދުމަށް މިރޭ ކަންމަތީ ބައްދަލުވުމެއް ބާއްވާން ނިންމާފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މަރަދޫ ދާއިރާގެ ގޮނޑިއަށް ޖުމްލަ ކުރިމަތިލާފައި ވަނީ ތިން ކެނޑިޑޭޓެކެވެ. އެމްޑީޕީ ޓިކެޓުގައި މަރަދޫ / ދިލްކަޝްގެ ފައިސަލް އިބްރާހީމް ވާދަކުރާއިރު ، ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަނީ މަރަދޫ / ސްޓްރޯބަރީގެ ހުސެއިން ޒިޔާޒުއެވެ. އަމިއްލަ ގޮތުން ވާދަކުރަނީ އެރަށު ސީސައިޑް އަބްދުﷲ އަފީފްއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެމެން އެމްޑީޕީގެ ކެނޑީޑޭޓްގެ ފައިސަލްގެ ކެމްޕޭން މެނޭޖަރު، އަލީ އިއްޒުއްދީން ބުނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއިދު ހޯދުމަށް މިރޭ 9:00 ގައި މަރަދޫ ޖެނަވަރީ ގޭގެ ކުރިމަތީގައި ކަންމަތީ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މަރަދޫގައި ވޯޓް ލުމުގެ ހައްގު 2,000 އަށްވުރެ ގިނަ މީހުން ލިބިފައިވާ އިރު އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ބޮޑު ތަފާތަކުން އެމްޑީޕީ ކެނޑިޑޭޓް ފައިސަލް ކާމިޔާބް ކުރާނެ ކަމަށް އެނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލަށް ޖުމްލަ 19 ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު، އިންތިހާބު ވަނީ 7 ކެނޑިޑޭޓުންނެވެ. އެމްޑީޕީ އަދި ޕީޕީއެމުން ކޮންމެ ޕާޓީއަކުން ހަތް ކެނޑިޑޭޓުން ވާދަ ކުރިއިރު އަމިއްލަ ގޮތުން ވަނީ ފަސް ކެނޑިޑޭޓުން ވާދަކޮށްފައެވެ.

އިލެކްޝަނުން އާއްމުކޮށްފައިވާ އިއުލާނުގައި އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓްފޮށީގެ ނަން ވަނީ އަންމުކޮށްފައެވެ. ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގައި ޖުމްލަ 31 ތަނެންގައި ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާއި، ހިތަދޫ މެދު ދާއިރާއި، ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުން ވޯޓްލުމަށް 15 ވޯޓު ފޮށްޓެއް ބަހައްޓާއިރު، ފޭދޫގައި ފަސް ވޯޓް ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ހުޅުދޫ އާއި މީދޫގައި ޖުމްލަ ހަ ވޯޓް ފޮށި ބަހައްޓާއިރު މަރަދޫގައި ވެސް ތިން ވޯޓް ފޮށި ބެހެއްޓުމަށް ވަނި ނިންމާފައެވެ. އަދި މަރަދޫފޭދޫގައި ދެ ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު