Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭވަށް ބަނދަރު ތަރައްގީކުރުން

ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއްގެ މަސައްކަތް ނިންމާލައިފި

80 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 25 މާރިޗު 2021 | ބުރާސްފަތި 06:39
ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން،

ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން،

މ. ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއްގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި މިހާރު 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމެންޓް 22 މާރޗް 2021 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ.

މި މަޝްރޫޢުގެ ދަށުން 60,839 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ އިތުރުންް 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށް ހަމަޖެހިފައިވެއެވެ. 35 މީޓަރުގެ ސަރަހަައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 380 މީޓަރުގެ ސަރަހަައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 1880 އަކަ މީޓަރުގެ ސަރަހަައްދެއްގައި ޕޭވްމަންޓް ހަދައި 2 ނެރު ބައްތި ޖެހުމުގެ އިތުރުން 19 ބަނދަރު ބައްތި ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީއިންް އަމަލީގޮތުން ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓް 27 ގައެވެ.

ބަނދަރުގެ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށްވާއިރު، މި މަޝްރޫޢުއަކީ 500 ދުވަހުގެ ތެރޭގައި އަޕްގްރޭޑް ކުރުމަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. އަދި މަޝްރޫއަަށް 48,863,172.98 (ސާޅީސްއަށް މިލިއަން އަށްލައްކަ ފަސްދޮޅަސްތިންހާސް އެއްސަތޭކަ ހަތްދިހަ ދެރުފިޔާ ނުވަދިހަ އަށްލާރި) ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމުމަށްޓަކައި ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާއިރު ރަށުގެ ރައްޔިތުންގެ އުއްމީދަކީ ވީހާ ވެސް އަވަހަށް މި މަޝްރޫއު ނިމުން ކަމަށް ކައުންސިލުން ވެސް ވަނީ ބުނެފައެވެ.

ވޭވަށް

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ކުރިން އެވޯޑްކޮށްފައި ހުރި މަޝްރޫއުތައް ހުއްޓި ވާނުވާގައި އޮތުމުން މ. ވޭވަށު ރައްޔިތުން ޝަކުވާކޮށްފި

22 ސެޕްޓެމްބަރު 2025
ކުރިން އެވޯޑްކޮށްފައި ހުރި މަޝްރޫއުތައް ހުއްޓި ވާނުވާގައި އޮތުމުން މ. ވޭވަށު ރައްޔިތުން ޝަކުވާކޮށްފި
15 ޖެނުއަރީ 2024

އުއްތަމަފަނޑިޔާރު، މ ވޭވަށު މެޖިސްޓްރޭޓު ކޯޓުގެ އައު އިމާރަތް ހުޅުވައިދެއްވައިފި

15 ޖެނުއަރީ 2024
އުއްތަމަފަނޑިޔާރު، މ ވޭވަށު މެޖިސްޓްރޭޓު ކޯޓުގެ އައު އިމާރަތް ހުޅުވައިދެއްވައިފި
22 ޖެނުއަރީ 2022

ނައިފަރު އިޚްތިސާސްގެ ތެރޭގައި ވޭވަށް ހިމަނައިދިނުމަށް އެދިއްޖެ

22 ޖެނުއަރީ 2022
ނައިފަރު އިޚްތިސާސްގެ ތެރޭގައި ވޭވަށް ހިމަނައިދިނުމަށް އެދިއްޖެ
23 ސެޕްޓެމްބަރު 2021

ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް، ވޭވަށު ބަނދަރުގެ މަސައްކަތް ނިމިއްޖެ

23 ސެޕްޓެމްބަރު 2021
ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް، ވޭވަށު ބަނދަރުގެ މަސައްކަތް ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު