Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭވަަށު ބަނދަރުގެ މަޝްރޫއު

ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް، ވޭވަށު ބަނދަރުގެ މަސައްކަތް ނިމިއްޖެ

މިމަސައްކަތް ނިންމާލާފައިވަނީ މިމަހުގެ 10ގައި

އަމްނާ އިމާދު
އަމްނާ އިމާދު | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 14:53
މ.ވޭވަށް ބަނދަރު

މ.ވޭވަށް ބަނދަރު

މ. މޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް އެމަޝްރޫއު ނިންމާލާފައިވާ ކަމަށެވެ. މިމަޝްރޫއު ނިންމާލާފައިވަނީ 10 ސެޕްޓެމްބަރ 2021ގައެވެ.

މި މަޝްރޫއުގެ ދަށުން 60,839 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށްފައިވާއިރު، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ޖަހާފައިވެއެވެ. 35 މީޓަރުގެ ސަރަހަައްދެއްގައި ރިވެޓްމަންޓް ޖަހައި, 380 މީޓަރުގެ ސަރަހަައްދެއްގައި އެއްގަމު ތޮށިލާފައިވެއެވެ. އަދި 1880 އަކަމީޓަރުގެ ސަރަހަައްދެއްގައި ޕޭވްމަންޓް ހަދައި 2 ނެރު ބައްތި ޖެހުމުގެ އިތުރުން 19 ބަނދަރު ބައްތި ޖަހާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީއިންް އަމަލީގޮތުން ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓް 27ގައެވެ. 500 ދުވަހުގެ ތެރޭގައި އަޕްގްރޭޑް ކުރުމަށް ހަވާލުކުރި މިމަޝްރޫއަށް 48,863,172.98 (ސާޅީސްއަށް މިލިއަން އަށްލައްކަ ފަސްދޮޅަސްތިންހާސް އެއްސަތޭކަ ހަތްދިހަ ދެރުފިޔާ ނުވަދިހަ އަށްލާރި) ޚަރަދުކޮށްފައިވެއެވެ.

ވޭވަށު ކައުންސިލުން ބުނީ ހަގީގަތަކަށް ވެގެންދިޔައީ އެރަށުގެ ރައްޔިތުން ގިނަ ދުވަސްތަކަށް އިންތިޒާރު ކުރި ކަމެއް ކަމަށާއި، މިހާރު ލަފާފުރުމުގެ ދަތިކަމަށް ހައްލު ލިބިފައިވާ ކަމަށެވެ. ރަށުގެ ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި، އަތޮޅުތެރޭގެ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުން ގެންގުޅޭ އަހައްމިއްޔަތުކަން ފާހަގަކުރާ ކަމަށެވެ.

ވޭވަށް

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ކުރިން އެވޯޑްކޮށްފައި ހުރި މަޝްރޫއުތައް ހުއްޓި ވާނުވާގައި އޮތުމުން މ. ވޭވަށު ރައްޔިތުން ޝަކުވާކޮށްފި

22 ސެޕްޓެމްބަރު 2025
ކުރިން އެވޯޑްކޮށްފައި ހުރި މަޝްރޫއުތައް ހުއްޓި ވާނުވާގައި އޮތުމުން މ. ވޭވަށު ރައްޔިތުން ޝަކުވާކޮށްފި
15 ޖެނުއަރީ 2024

އުއްތަމަފަނޑިޔާރު، މ ވޭވަށު މެޖިސްޓްރޭޓު ކޯޓުގެ އައު އިމާރަތް ހުޅުވައިދެއްވައިފި

15 ޖެނުއަރީ 2024
އުއްތަމަފަނޑިޔާރު، މ ވޭވަށު މެޖިސްޓްރޭޓު ކޯޓުގެ އައު އިމާރަތް ހުޅުވައިދެއްވައިފި
22 ޖެނުއަރީ 2022

ނައިފަރު އިޚްތިސާސްގެ ތެރޭގައި ވޭވަށް ހިމަނައިދިނުމަށް އެދިއްޖެ

22 ޖެނުއަރީ 2022
ނައިފަރު އިޚްތިސާސްގެ ތެރޭގައި ވޭވަށް ހިމަނައިދިނުމަށް އެދިއްޖެ
25 މާރިޗު 2021

ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއްގެ މަސައްކަތް ނިންމާލައިފި

25 މާރިޗު 2021
ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއްގެ މަސައްކަތް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު