Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ ބާޒާރު ތަރައްޤީކުރުން

އައްޑޫ "ސިޓީ ބާޒާރު"ގެ ދެވަނަ ފިޔަވަހި ނިންމާލެވޭނީ މެއި މަހަށް

25 މާރިޗު 2021 | ބުރާސްފަތި 02:27

ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން ތިންވަނަ ފިޔަވަހި ފެށުމަށް ވަނީ ނިންމާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 25 މާރިޗު 2021 | ބުރާސްފަތި 02:27
އައްޑޫ ސިޓީ ބާޒާރު ތަރައްޤީކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

އައްޑޫ ސިޓީ ބާޒާރު ތަރައްޤީކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

އައްޑޫ "ސިޓީ ބާޒާރު"ގެ ދެވަނަ ފިޔަވަހި ނިންމާލެވޭނީ މެއި މަހުކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ސިޓީ ބާޒާރުގެ އެންމެ ފަހުގެ މަޢުލޫމާތާ ގުޅޭގޮތުން ސިޓީ ބާޒާރު ކޮމިޓީން މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގެ ތަފްސީލު އައްޑޫ ސިޓީ ކައުންސިލުން ވަނީ ޓުވިޓަރ މެދުވެރިކޮށް ހިއްސާކޮށްފައެވެ. އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އޮތް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގެ މެނޭޖަރ، އިދުހާމް ފަހުމީ ވިދާޅުވީ މިހާރު ކުރިއަށްދަނީ ސިޓީ ބާޒާރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކަމަށާއި، މިގޮތުން ކޮންސްޓްރަކްޝަންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މުޅިން ނިމޭނެ ކަމަށް ލަފާކުރެއްވޭ ކަމުގައިވެސް އިދުހާމް ފަހުމީ ވިދާޅުވިއެވެ. މީގެ އިތުރުން އިދުހާމް ފަހުމީ ވިދާޅުވީ، ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން ތިންވަނަ ފިޔަވަހި ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތުން ތިންވަނަ ފިޔަވަހީގެ ދަށުން ޕާކުކުރާ ސަރަޙައްދަކާއި، މިހާރު ހުރި ފުރަތަމަ ފިޔަވަހީގެ ހަތް ފިހާރައެއް ބޮޑުކުރުމުގެ މަސައްކަތް ކުރެވޭނެ ކަމުގައި އިދުހާމް ފަހުމީ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދުހާމް ވަނީ އެ ޔުނިވަރސިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި ކައުންސިލުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކައި ކައުންސިލަށް ޝުކުރު ދަންނަވައިފައެވެ.

Advertisement - newsAdvertisement

ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ، ސިޓީ ބާޒާރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ތިންވަނަ ފިޔަވަހީގެ ދަށުން ރާއްވަވާފައިވާ ކަންތައްތަކަކީވެސް ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ. މި ބައްދަލުވުމުގައި، ސިޓީ ބުސްތާން ތަރައްޤީ ކުރުމާ ގުޅޭގޮތުންނާއި، ސިޓީ ބާޒާރުގައި ހުރި ފިހާރަތަކުގެ ތެރެއިން ޤަވާއިދުން ނުހިންގާ ފިހާރަތަކާމެދު ޢަމަލުކުރާނެ ގޮތަކާ ގުޅޭގޮތުންވެސް ބައްދަލުވުމުގެ ބައިވެރިން މަޝްވަރާކޮށްފައެވެ. އަދި މީގެ އިތުރުން ސިޓީ ބާޒާރުގައި މިހާރު ހުރި މައްސަލަތައް ހައްލުކޮށް ނިމެންވާއިރަށް، ދޫނުކޮށް ހުރި ފިހާރަތަކަށް އަލުން އިޢުލާންކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ.

ސިޓީ ބާޒާރަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު)ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އައްޑޫ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
16 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު
15 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
26 ސެޕްޓެމްބަރު 2025

ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ

26 ސެޕްޓެމްބަރު 2025
ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ
02 ފެބުރުއަރީ 2025

"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"

02 ފެބުރުއަރީ 2025
"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"
21 ސެޕްޓެމްބަރު 2024

އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު

21 ސެޕްޓެމްބަރު 2024
އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް