Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޔަވަތި ރެނޮވޭޝަން ޕްރޮޖެކްޓް

ފިޔަވަތި މަރާމާތުކޮށް ހުޅުވައިފި

ކުޑަ ކުދިންނަށް އެ ރައްކާތެރިކަން ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 24 މާރިޗު 2021 | ބުދަ 13:31
ފިޔަވަތި ރިނޮވޭޝަން

ފިޔަވަތި ރިނޮވޭޝަން

ފިޔަވަތި މަރާމާތުކޮށް ހުޅުވައިފިއެވެ. ވާރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި، އިންޑިއަން ހައި ކޮމިޝަނަރ ސަންޖޭ ސުދީރު ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖްތިމާއީ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް އިންޑިއާއިން ފޯރުކޮށްދީފައިވާ 200 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން ހިންގި ޕްރޮޖެކްޓެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަކީ މުޖުތަމަޢުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި، މުޖުތަމަޢުގައި ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެފަދަ ހާލަތެއްގައި ތިބި ކުޑަ ކުދިންނަށް އެ ރައްކާތެރިކަން ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ފިޔަވަތި އަލުން ރިނޮވޭޓްކޮށް ރައްކާތެރި ވެއްޓެއް ޤާއިމުކޮށް ދިނުމަކީ މި މަޤްސަދަށް ވާސިލުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖްތިމާޢީ ގޮތުން މުހިންމު މިފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އިންޑިޔާ ސަރުކާރުން ވެދެއްވާ އެހީތެރިކަމަށް މިނިސްޓަރ ޝުކުރު އަދާ ކުރެއްވިއެވެ.

މި ޕްރޮޖެކްޓަށް 1.9 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.

މި މަޝްރޫއުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ފިޔަވަތީގެ ވެލްކަމިން އޭރިއާ ތަރައްގީކުރުމާއި، އިމާރާތުގެ ސެކިއުރިޓީ ތަރައްގީކުރުމާއި، ކުޑަކުދިން ކުޅޭ އޭރިއާއެއް ޤާއިމް ކުރުމާއި، ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޕްލޭ ސްޓޭޝަންތައް ގާއިމްކުރެވިފައިވާ ކޮމަން ރޫމްތައް ބިނާކުރުމާއި، ބަގީޗާ ސަރަހައްދުގައި އިތުރު ބެންޗުތައް ބެހެއްޓުމާއި، ބަގީޗާގައި ގަސް އިންދުމާއި، އިމާރާތަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދިނުމާއި، ދުވަހުން ދުވަހުގެ ހިންގުން ހަރުދަނާކުރުން ހިމެނެއެވެ.

މި މަޝްރޫއުއަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 30 މަޝްރޫއުގެ ތެރެއިން މަޝްރޫއުއެކެވެ.

މިގޮތުން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން ތިން ބައިކުޅަ އެއްބައި މަޝްރޫއު މިހާރު ވަނީ ކާމިޔާބު ކަމާއިއެކު ނިންމާލެވި، އިފްތިތާހުކުރެވިފައެވެ. އެގޮތުން މާލެ ސަރަހައްދުން ބޭރުގައި ގާއިމް ކުރެވިފައިވާ އެންމެ ބޮޑު ކޮންވެންޝަން ސެންޓަރު ކަމަށްވާ އުކުޅަސް ކޮންވެންޝަން ސެންޓަރ އާއި، ކޮޅުފުށީގައި މަގުމަތީ ލައިޓް ހަރުކުރުމުގެ މަޝްރޫއުއާއި، ވާނީ ޕޮލިސް ސެންޓަރާއި، ގޮއިދޫ-ފެހެންދޫ ސްކޫލް ފެރީއާއި، 61 ރަށެއްގައި ގާއިމް ކުރެވޭ އައުޓްޑޯރ ޖިމްތަކަށް ބޭނުންވާ އިކުއިޕްމެންޓް ހަވާލުކުރެވުމާއި، އެކި އަތޮޅުތަކުގައި ގާއިމް ކުރެވޭ ކުޑަކުދިންގެ 67 ޕާކު ހިމެނެއެވެ.

އަދި 2021 ގައި މިހާތަނަށް 3 މަޝްރޫއު ވަނީ ކާމިޔާބު ކަމާއިއެކު ނިންމާ، ރަސްމީކޮށް އިފްތިތާހުކުރެވިފައެވެ. އެއީ މާލެ އެކުވެނި ދުވާ ޓްރެކް އާއި، ހުޅުމާލެ ސެންޓްރަލް ޕާކް، އަދި ހުޅުމާލެ ޖެޓީއެވެ. ކުރިއަށް ހުރި މަޝްރޫއުތަކުގެ ތެރޭގައި ރަސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގާއި، ޅޮހި އަދި ކިނޮޅަހުގައި ކްލާސްރޫމްތައް ހެދުމާއި، ކުޅުދުއްފުށި އަދި ފުވައްމުލަކުގައި 'އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްސް' ގާއިމް ކުރުމާއި، ފަރެސްމާތޮޑާގެ 'ވެޓްލޭންޑް ޕާކް' މަޝްރޫއު އާއި، މާލެ ކަރެކްޝަނަލް ސާވިސަސްއަށް އުޅަނދުފަހަރު ޕްރޮކިއޯ ކޮށްދިނުމުގެ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ނިމި އިފްތިތާހު ކުރެވޭނެއެވެ.

ފިޔަވަތި

އިތުރަށް ކިޔާލަން

24 މެއި 2023

އައިކެއަރއިން 50،000 ރުފިޔާގެ ޒަރޫރީ ތަކެއްޗާއި، ފަރުނީޗަރު ފިޔަވައްޗަށް ހަދިޔާކޮށްފި

24 މެއި 2023
އައިކެއަރއިން 50،000 ރުފިޔާގެ ޒަރޫރީ ތަކެއްޗާއި، ފަރުނީޗަރު ފިޔަވައްޗަށް ހަދިޔާކޮށްފި
12 ޖުލައި 2022

"މުޖުތަމައުއެއް ބިނާކުރުމަށް ކޮންމެ ކުއްޖަކަށްވެސް އާއިލާގެ ލޯބި ވަރަށް މުހިންމު"

12 ޖުލައި 2022
"މުޖުތަމައުއެއް ބިނާކުރުމަށް ކޮންމެ ކުއްޖަކަށްވެސް އާއިލާގެ ލޯބި ވަރަށް މުހިންމު"
01 އޮކްޓޯބަރު 2021

ހަތްގުދު ލީ މީހާ އެއްގުދު ލީ މީހާއަށް ގުދޯގުދޯ ގޮވުން

01 އޮކްޓޯބަރު 2021
ހަތްގުދު ލީ މީހާ އެއްގުދު ލީ މީހާއަށް ގުދޯގުދޯ ގޮވުން
20 ސެޕްޓެމްބަރު 2021

ފިޔަވަތީގެ ނުފެންނަ ނިވާފަތްގަނޑު!

20 ސެޕްޓެމްބަރު 2021
ފިޔަވަތީގެ ނުފެންނަ ނިވާފަތްގަނޑު!
19 ސެޕްޓެމްބަރު 2021

ފިޔަވައްޗަށް ވަން މައްސަލައިގައި ޝުޖާއުގެ ރައްދު - އަޅުގަނޑު ތައްޔާރު، ދައްކަން ލައްކަ ވާހަކަ އެބަހުރި

19 ސެޕްޓެމްބަރު 2021
ފިޔަވައްޗަށް ވަން މައްސަލައިގައި ޝުޖާއުގެ ރައްދު - އަޅުގަނޑު ތައްޔާރު، ދައްކަން ލައްކަ ވާހަކަ އެބަހުރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު