Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮޑެގާޑުގެ އެއްބަސްވުން ދާއިމީކުރުން

އާސެނަލުން އޮޑެގާޑުގެ އެއްބަސްވުން ދާއިމީކުރަނީ

23 މާރިޗު 2021 | އަންގާރަ 19:51

އާސެނަލުގައި އޮޑެގާޑް މަޑުކުރުވަން އާޓެޓާ ބޭނުންވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 މާރިޗު 2021 | އަންގާރަ 19:51
އާސެނަލަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑް

އާސެނަލަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑް

ނޯވޭގެ ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑުގެ އެއްބަސްވުން ދާއިމީކުރުމަށް އާސެނަލުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި އުމުރުން 22 އަހަރުގެ އޮޑެގާޑް އާސެނަލަށް ބަދަލުވީ ރެއާލް މެޑްރިޑުގެ ލޯނު އެއްބަސްވުމެއްގެ ދަށުން، މި ސީޒަނުގެ ނިޔަލަށެވެ. އެއަށްފަހު އޮޑެގާޑް އަންނަނީ އާސެނަލުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެހެންކަމުން އޮޑެގާޑުގެ އެއްބަސްވުން ދާއިމީކުރުމަށް އާސެނަލުން މަސައްކަތްކުރަމުން އަންނައިރު، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާގައި އެކަމަށް އާސެނަލުން ރެއާލާއެކު މަޝްވަރާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާސެނަލުގެ ކޯޗު މިކޭލް އާޓެޓާ ބުނީ އޮޑެގާޑަކީ އެ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިއެއް ކަމަށާއި، އެކަން ދަނޑުމަތީގައި އޭނާ ސާބިތުކޮށްދެމުން އަންނަ ކަމަށެވެ. އެހެންކަމުން އެފަދަ ކުޅުންތެރިއަކު އާސެނަލުގައި މަޑުކުރުވުމަށް އޭނާވެސް ބޭނުންވާ ކަމަށާއި، އަދި އުންމީދަކީ އަންނަ ސީޒަނުގައިވެސް އާސެނަލުގެ ޖާޒީގައި އޮޑެގާޑް ފެނިގެންދިޔުން ކަމަށްވެސް ވަނީ ބުނެފައެވެ.

މި އަހަރުގެ ޖެނުއަރީ މަހު އޮޑެގާޑް އާސެނަލާ ގުޅުނުއިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 12 މެޗުގައި ދެ ލަނޑު ޖަހާފައެވެ. އެގޮތުން އޮޑެގާޑް އާސެނަލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑަކީ ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި އޮލިމްޕިއާކޯސްއާ ދެކޮޅަށް ޖެހި ލަނޑެވެ. އަދި މި މަހުގެ 14 ވަނަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާ އަތުން 2-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވި މެޗުގައި، އޭނާ ވަނީ އާސެނަލާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.

މާޓިން އޮޑެގާޑްއާސެނަލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
02 ނޮވެމްބަރު 2025

ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

02 ނޮވެމްބަރު 2025
ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
30 އޮކްޓޯބަރު 2025

ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް

30 އޮކްޓޯބަރު 2025
ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް
29 އޮކްޓޯބަރު 2025

ސަކާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އާސެނަލް އަށް އެބަ އޮތް

29 އޮކްޓޯބަރު 2025
ސަކާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އާސެނަލް އަށް އެބަ އޮތް
28 އޮކްޓޯބަރު 2025

ޕެލަސް އަތުން ލިބުނީ ސީޒަންގެ މިހާތަނަށް އެންމެ މުހިންމު މޮޅު: އާޓެޓާ

28 އޮކްޓޯބަރު 2025
ޕެލަސް އަތުން ލިބުނީ ސީޒަންގެ މިހާތަނަށް އެންމެ މުހިންމު މޮޅު: އާޓެޓާ
19 އޮކްޓޯބަރު 2025

ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި

19 އޮކްޓޯބަރު 2025
ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް