Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ތަރައްޤީކުރުމުގެ މަސައްކަތް

މައުސޫމް އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

20 މާރިޗު 2021 | ހޮނިހިރު 16:59

ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ ދެ ރިސޯޓު އަލުން ހުޅުވާނެކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 20 މާރިޗު 2021 | ހޮނިހިރު 16:59
އައްޑޫގައި ލޯކަލް ޓުއަރިޒަމް ފުޅާކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

އައްޑޫގައި ލޯކަލް ޓުއަރިޒަމް ފުޅާކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުއްދަކަވަމުން އައްޑޫ ސިޓީ މޭޔަރ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ ދެ ރިސޯޓު އަލުން ހުޅުވުމަށާއި، އައްޑޫ އަށް ބައިނަލްއަޤުވާމީ ފްލައިޓުތައް ގެންނެވުމަށް މިނިސްޓަރ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައިފައެވެ. މިގޮތުން އައްޑޫ ސިޓީން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާ ބިންތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އައްޑޫ ސިޓީ އަށް ވަޑައިގެން ދެއްވި ކަމަކީ، އެމަނިކުފާނު އައްޑޫގެ ފަތުރުވެރިކަމަށް އަހައްމިއްޔަތުކަން ދެއްވަވާ މިންވަރު ދޭހަވާ ކަމެއްކަން ފާހަގަކުރައްވައި މޭޔަރ ވަނީ މިކަމަށްޓަކައި މިނިސްޓަރަށް ޝުކުރު ދަންނަވައިފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްދު ޞާލިޙް ބޭނުންފުޅުވަނީ ވީހާވެސް އަވަހަށް އައްޑޫގެ ފަތުރުވެރިކަން ފެއްޓެވުމަށް ކަމަށެވެ. މިގޮތުން މިހާރު ބަންދުކުރެވިފައިވާ އައްޑޫގެ ދެ ރިސޯޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ބޭނުންފުޅުވަނީ ވީހާވެސް އަވަހަށް ރިސޯޓުތައް އަލުން ހުޅުވުމަށް ކަމަށާއި، ނަމަވެސް ރިސޯޓުތައް ގިނަ ދުވަސް ވަންދެން ބަންދުކޮށްފައިވުމުގެ ސަބަބުން ހުޅުވުމުގެ ކުރިން ކުރަންޖެހޭ ބައެއް މަރާމާތުތަކާއި އާބާތުރަ ފިލުވުންފަދަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދެ ރިސޯޓުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވޭނީ ކެނަރީފް އައިލެންޑް ރިސޯޓު ކަމަށް ލަފާފުޅުކުރައްވާ ކަމަށެވެ.

އަދި އައްޑޫ ސިޓީ ހިމެނޭހެން ދެކުނުގެ ހަތަރު އަތޮޅު 'ސަދަން ޒޯން'ގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ސަރުކާރާއި، ރިސޯޓުތަކާއި، އެއާލައިންތަކުންވެސް މިކަމަށް ވަރަށް ބޮޑަށް ޝަޢުޤުވެރިކަން ހުންނެވި ކަމަށެވެ. މިގޮތުން 'ސަދަން ޒޯން'ގެ މައި މަންޒިލަކަށް ވާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގެ ކައުންސިލަރުން ވަނީ މިއަދުގެ ރަސްމިއްޔާތަށް މިނިސްޓަރ ވަޑައިގެންނެވުމަކީ އެމަނިކުފާނު އައްޑޫގެ ފަތުރުވެރިކަމަށް ދެއްވާ އިސްކަން އެނގިގެންދާ ކަމެއް ކަމުގައި ވިދާޅުވެ، މިނިސްޓަރ އާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޓީމަށް ޝުކުރު ދަންނަވައިފައެވެ. މި ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޤަޢުމީ ޙަރަކާތްތައް މިއަހަރު އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމެވުމާ ގުޅިގެން، އެކަންތައްތައް ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި، ފޭދޫ ކައިރީގައި އޮންނަ 'ސަވާހިލި' ނަމަކަށް ކިޔާ ފަޅު ރަށް، ގެސްޓްހައުސްތަކުންނާއި ޓޫރިސްޓް ހޮޓާތަކުން ނުލިބޭފަދަ ޚިދުމަތްތައް ދިނުމަށް ތަރައްޤީ ކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މޭޔަރގެ އަރިހުގައި އައްޑޫ ސިޓީގެ ކައުންސިލަރުން ބައިވެރިވެލެއްވިއިރު، މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމްގެ އަރިހުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ބައެއް އޮފިޝަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އިބްރާހިމް ނާޒިލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
16 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު
15 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
26 ސެޕްޓެމްބަރު 2025

ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ

26 ސެޕްޓެމްބަރު 2025
ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ
02 ފެބުރުއަރީ 2025

"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"

02 ފެބުރުއަރީ 2025
"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"
21 ސެޕްޓެމްބަރު 2024

އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު

21 ސެޕްޓެމްބަރު 2024
އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް