Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިވަންކަމުގެ ހާލަތު

ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ މި ސަރުކާރު ހައްދުން ނެއްޓުން: ރޮޒައިނާ

ނޫސްވެރިކަން ހަގީގީ މިނިވަންކަމުގެ ތެރެއަށް ސަރުކާރުން ވައްދާ ނިމުނުއިރު، ނޫސްވެރިން ގެއްލެނީ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 4 މެއި 2017 | ބުރާސްފަތި 04:56
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒއިނާ އާދަމް، ވިލިނގިލި ޖަލްސާގައި ވާހަކަދައްކަވަނީ

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒއިނާ އާދަމް، ވިލިނގިލި ޖަލްސާގައި ވާހަކަދައްކަވަނީ

ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ މި ސަރުކާރު ހައްދުން ނެއްޓުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ކޯލިޝަނުން ގއ. ވިލިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން މި ސަރުކާރުގެ ތަރުޖަމާނު، ނޫސްވެރިކަމަށް މިއަދު އޮތް އެންމެބޮޑު ގޮންޖެހުމަކީ ނޫސްވެރިން ހައްދުން ނެއްޓުންކަަމަށް ވިދާޅުވިއިރު، ދިވެހި ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ސަރުކާރު ހައްދުން ނައްޓާފައިވުންކަމަށެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރޮޒެއިނާ ވިދާޅުވީ، ރައީސް ޔާމީނަށް ޝުކުރު އަދާކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށެވެ.

މިނިވަން ނޫސްވެރިކަމަށް މަރުހަބާ ކިޔާކަމަށް ސަރުކާރުން ބުނާއިރު ރިލުވާނުގެ ގާތިލުން ކޮބާތޯ ރޮޒެއިނާ ސުވާލުކުރެއްވިއެވެ. ގާތިލުން ކޮބާތޯ އަހަންޖެހުނީ، 3 އަހަރު ވީއިރު އޭނާއަށް ވީ ނުވީއެއް ނޭގިފައިވާތީކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ރިލުވާނުގެ އެކުވެރިޔާ ޔާމީން ރަޝީދުގެ ގާތިލުން ކޮބައިތޯއާއި ރާއްޖެޓީވީގައި ހުޅުޖެހި މީހުން ކޮބައިތޯއާއި ރާއްޖެޓީވީގެ ނޫސްވެރިންނަށް އެކި ވަރުވަރުން ދައުވާ އުފުލަނީ ކީއްވެތޯ ރޮޒެއިނާ ވަނީ ސަރުކާރަށް ސުވާލުކުރައްވާފައެވެ. ރޮޒެއިނާ ވިދާޅުވީ، މިހުރިހާ ކަމެއް މިހެން ފެންނަންހުރިއިރު، ނޫސްވެރިކަމަށް ވަރަށް ބޮޑަށް މިނިވަންކަން އޮތްވަރު ދޭހަވާކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ، ނޫސްވެރިކަން "ހަގީގީ މިނިވަންކަމުގެ ތެރެއަށް" ވައްދާ ނިމުނުއިރު، ނޫސްވެރިންތައް ގެއްލި، އަނެއްބައި ނޫސްވެރިންތައް މަރަން ފަށާފައިވާކަމަށެވެ.

މީގެއިތުރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ހަގީގީ މިނިވަންކަމުގެ ތެރެއަށް ވައްދާ ނިމުނުއިރު، އަނގައިން ބުނާ ކޮންމެ މީހަކު ޖެހެނީ ދައުލަތް ހިންގަން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ދައްކަން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ހަމަ އެގޮތަށް އެއްވެއުޅުމުގެ މިނިވަންކަން ހަގިގީ މިނިވަންކަމަށް ވައްދާ ނިމުނުއިރު، މުޒާހަރާއެކޭ ބުނެ ގޭގެދޮރުން ބޯވެސް ދިއްކޮށްލެވެން ނެތްކަމަށް ރޮޒޭ ވިދާޅުވިއެވެ. ރޮޒެއިނާ ވިދާޅުވީ ދެން މިހާހިސާބުން ޝުކުރިއްޔާ ޔާމީނޭ ބުނެވޭވަރުވެއެވެ.

ސިޔާސީ ޕާޓީތަކަށް ވަދެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައި އޮތްއިރު، ހަގީގީ މިންގަނޑަށް މިކަންވެއްދުމުން ސަރުކާރު ނުުރުހޭ ސިޔާސީ ޕާޓީއެއްގެ ޖަލްސާއަކަށް ދިޔަޔަސް ފެންނަނީ ވަޒީފާއިން ވަކިކުރާތަންކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"ފޮޓޯ ނަގަނީ، ސްޓިކާވެސް ޖަހަނީ. ބަކަރިކޮށި ހަދައިގެން އެތަނަށްވެސް ލަނީ.އެއީ ހަގީގީ މިނިވަންކަން ލިބުނީމައިވާގޮތް" ރޮޒެއިނާ ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތައް ހަގިގީ މިނިވަންކަމުގެ މިންގަނޑުގެ އޮނިގަނޑަށް ފައްތާ ނިމުނު އިރު، އިލެކްޝަންސް ކޮމިޝަނަށް ގާނޫނު ތަކުގައި އޮންނަ ދުވަހަށް އިންތިޚާބު ބޭއްވޭނޭ ގޮތެއް ނެތްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އޮޑިޓާ ޖެނެރަލް ހަގީގީ މިނިވަންކަމުގެ މިންގަނޑަށް ފައްތާ ނިމުނުއިރު ހުރީ ފްރީޒްވެފައިކަމަށާއި، އެއަށްފަހު ދެން އޮޑިޓް ރިޕޯޓްތައް ނެރޭތަންވެސް ނުފެެންނަކަަމަށް ރޮޒެއިނާ ވިދާޅުވިއެވެ.1.3 ބިލިއަން ރުފިޔާ ދައުލަތުން ގެއްލިގެން ދިޔައިރު، އޭސީސީ މިނިވަން ވީވީނުން އަރައިގެން ގޮސް ވީ ހިސާބެއް ނޭނގޭކަމަށާއި، އެޗްއާރުސީއެމް އޮތީ ޚަބަރު ހުސްވެކޯމާއެއްގައި އައިސީޔޫގައި އޮތްކަމަށް ރޮޒެއިނާ ވިދާޅުވިއެެވެ.

ފުލުހުންގެ މުއައްސަސާއަށް ފާޑުވިދާޅުވަމުން ރޮޒެއިނާ ވިދާޅުވީ، ފުލުހުން މިނިވަންވީވަރުންގޮސް ރައްޔިތަކު ހުށައަޅާ ސިޓީވެސް ބަލައި ނުގަނެވޭވަރަށް އެ މުއައްސަސާ އޮތީ މިނިވަންވެފައެވެ. ރައްޔިތުންގެ މަޖިލީހަށް މިނިވަންކަން ލިބެމުންދާވަރަކުން ރައީސް ޔާމީނާއި ދެކޮޅު މެންބަރުން ގެންގޮސް ޖަލަށް އަޅަމުންދާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. މިސާލު ދައްކަވަމުން ރޮޒެއިނާ ވިދަޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް އެ އިންނެވީ އެފަދަ މިނިވަންކަމެއްގައި ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި ފުލުހުން ކުރި ސުވާލަކީ 42 ހަމަކުރަން އުޅޭތޯކަމަށެެވެ. މިސުވާލަށް ރޮޒެއިާ ވިދާޅުވީ، ހަމަކުރަން އުޅެނީ 42 އަކަށް ވުރެ މާ މަތިން 85 ކަމަށެވެ.

ރޮޒެއިނާ ވިދާޅުވިގޮތުގައި ދިވެހި ރައްޔިތަކަށްވީީ، ލިބެންޖެހޭ ހައްގުތައް ކަށަވަރުކުރުމަށް ސިޓީ އަޅައި ސަލާން ނުޖެހިޔަސް ސަރުކާރަށް ޖެހޭނީ އެ ހައްގުތައް ކަށާވަރުކޮށްދޭށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު