Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

މުސްލިމުންގެ ބިމެއް ފޭރިގެންފިނަމަ އެބިން މިނިވަން ކުރުމަށް އެންމެހައި މުސްލިމުން މަސައްކަތްކުރުމަށް ޚުތުބާގައި ގޮވާލައިފި

12 މާރިޗު 2021 | ހުކުރު 08:10

މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލަ

އަމްނާ އިމާދު
އަމްނާ އިމާދު | 12 މާރިޗު 2021 | ހުކުރު 08:10
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

މުސްލިމުންގެ ބިމަކަށް ބަޔަކު އަރައި، މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަން ކުރުމަށްޓަކައި އެންމެހައި މުސްލިމުން މަސައްކަތްކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''އިސްރާއާއި މިޢުރާޖުގެ ޛިކުރާއާއި މަސްޖިދުލް އަޤްޞާގެ ދިފާޢުގައި'' މިމައުޟޫޢުގެ މައްޗަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލަކަމަށާއި އެއީ މުސްލިމުންގެ އެންމެ ޙުރްމަތްތެރި ތިން ޙަރަމްފުޅުގެ ތެރެއިން އެއް ޙަރަމްފުޅު ކަމަށެވެ. އެއީ ކީރިތި ރަސޫލާ އިސްރާ ކުރެއްވި، ބަރަކާތްތެރި ބިން ކަމަށާއި، އެއީ ދިގު ދަތުރުކޮށް، ބުރަ އުފުލައިގެން ވިޔަސް، ޒިޔާރަތް ކުރުމަށް ބާރުއެޅުއްވިގެންވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ މަސްޖިދުލް އަޤްޞާ އާއި ފަލަސްޠީނުގެ މައްސަލައަކީ، ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ހުރިހާ މުސްލިމުންގެ މައްސަލައެއް ކަމަށެވެ. މުސްލިމުންގެ ބިމަކަށް ބަޔަކު އަރައި، މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަން ކުރުމަށްޓަކައި އެންމެހައި މުސްލިމުން މަސައްކަތް ކުރަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެ ބިމުގެ އަހްލުވެރިންނާ އެއްބައިވެ އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށާއި، އެމީހުންގެ ކެކުޅުންތަކަށާއި، ގިސްލުންތަކަށާއި، ރުއިންތަކަށް އިޖާބަ ދިނުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އިސްރާ އާއި މިޢުރާޖުގެ މަތިވެރި ޙާދިޘާއަކީ މާތް ކީރިތި ރަސޫލާ އަށް ދެއްކެވި މަތިވެރި މުޢުޖިޒާތެއް ކަމަށާއި، މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިޙާނެއް ކަމަށެވެ.

މި މަތިވެރި ދަތުރުފުޅުގެ ތެރޭގައި މާތް ﷲ މިއުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިއުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބުކުރެއްވުން ކަމަށާއި، މަތިވެރިވެގެންވާ މި ޙާދިޘާގެ ތެރޭގައި ރަސޫލުގެ މައްޗަށާއި، އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ނަމާދު ފަރްޟުކުރެއްވުން ހިމެނެއެވެ. ރަސޫލާ ބަޔާންކޮށް ދެއްވާފައިވާ ފަދައިން ނަމާދަކީ ދީނުގެ ތަނބު ކަމަށާއި، އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ދާންކޮޅުގައި އޮންނަވައި އެންމެ ފަހުން ކުރެއްވި ވަޞިއްޔަތަކީ ވެސް ނަމާދަށް ރައްކާތެރިވުމެވެ. އެހެންކަމުން ނަމާދު ވަގުތުގައި އަދާކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ޚުތުބާހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
12 ސެޕްޓެމްބަރު 2025

ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ

12 ސެޕްޓެމްބަރު 2025
ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް