Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒަހާގެ އިތުބާރުނެތްކަމުގެ މައްސަލަ

އިތުބާރުނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މަޖިލީހުގެ އިދާރާއިން މިނިސްޓަރ ޒަހާއަށް ފޮނުވައިފި

10 މެމްބަރުންގެ ސޮޔާއެކު މިމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަރޗް މަހުގެ 10 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 މާރިޗު 2021 | ބުރާސްފަތި 07:24
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރުނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި 14 ދުވަހުގެ ނޯޓިސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެކަމަނާއަށް ފޮނުވާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

10 މެމްބަރުންގެ ސޮޔާއެކު މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަރޗް މަހުގެ 10 ވަނަ ދުވަހުއެވެ. މިމައްސަލާގައި ސޮއިކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގައި ހިމެނިވަޑައިގަންނަވާ 9 މެމްބަރުންގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރެވެ.

ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ އިތުބާރުނެތްކަމުގެ މައްސަލައާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ދޭން ޖެހޭ ނޯޓިސް ވަޒީރަށް ފޮނުވަން ޖެހޭނެއެވެ. އެއަށްފަހު އެމައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރާނެއެވެ. މިބަހުސްގައި ވަޒީރަށް ވެސް ޖަވާބު ދާރީވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. އެއަށްފަހު އިތުބާރެނެތްކަމުގެ ވޯޓަށް އަހާނެއެވެ.

މަޖިލީހަށް ވަޒީރެއްގެ އިތުބާރުނެތްކަމަށް ހުށަހެޅޭނީ މަދުވެގެން 10 މެމްބަރުންގެ ސޮއާއެކުއެވެ. އަދި ވަޒީރެއްގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ދެބައިކުޅައެއްބައި މެމްބަރުންގެ (43 މެމްބަރުންގެ) ވޯޓު ބޭނުންވާނެއެވެ.

މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ވަނީ މި މައްސަލަ ހުށަހަޅަނީ މަސްވެރިކަމާގުޅޭ ސަރުކާރުގެ ވައުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުވުމުގެ ޒިންމާ ފިޝަރީޒް މިނިސްޓަރަށް އަދާނުކުރެވޭތީއާއި ޒަހާ އެމަގާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތައް އިތުރަށް ނިކަމެތި ވެގެންދާނެ ކަމެއްކަމަށްވާތީ ކަމަށެވެ.

މީގެއިތުރުން ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވި މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދެވޭކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދީ މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތެއް ނުހަދައި ދިވެހި އިގްތިޞާދުގެ ރޫފަހެޔޮ ނުކުރެވި މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރިންނަށް ހޯދައިނުދެވޭކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ރަށްތަކާއި ދުރަށް ދުއްވައިގެން އާންމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކުގައި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ގާއިމުނުކުރުމާއި ތެލާއި އައިސް ފަދަ ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވަންޖެހޭތީ މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާކަމަށް މި މައްސަލާގައި ބުނެފައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅާކަމަށް ވަނީ ބުނެފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ބަލާއިރު މިހާތަނަށް އައިއިރު އިތުބާރުނެތްކަމަށް ފާސްކޮށްފައިވަނީ ކޮމިޔުނިކޭޝަންސް މިނިސްޓަރކަމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލުގެއެވެ. ނަމަވެސް ވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލަތަކެއް މަޖިލީހަށް މީގެކުރިން ވަނީ ވައްދާފައެވެ. ނަމަވެސް ވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ބަހުސާ ހަމައަށް ދިޔުމުގެ ކުރިން އެވަޒީރުން ވަނީ އިސްތިއުފާދެއްވާފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ މީގެކުރިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައެވެ. ނަމަވެސް އެމައްސަލަ ފާސްވެފައެއްނުވެއެވެ.

މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން ވައްދާފައިވާއިރު އެކަމާ ގުޅިގެން ޒަހާ ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރުއެމް)ން ބުނެފައިވަނީ މި މައްސަލައަކީ އެއްވެސް އަސާސެއްނެތް ސަރުކާރު ކޯލިޝަން ތެރޭގައި ފިތުނަވެރިކަން އުފެއްދުމަށް ސިޔާސީ ބޭނުމަކަށް ހުށަހަޅާފައިވާ މައްސަލައެއްކަމުގައި ދެކޭކަމަށެވެ. މިނިސްޓަރު ޒަހާ ދިފާއުކުރައްވައި ރައީސް މައުމޫނު ވިދާޅުވެފައިވަނީ ޒަހާއަށް އެމްއާރްއެމްގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އިތުރުން ގައުމަށް ކޮށްދެއްވަނީ ފާހަގަކޮށްލެވޭ ވަރުގެ ޚިދުމަތެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްމިނިސްޓަރު ޒަހާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު