Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހޯރަފުށީ އެއަރޕޯޓް

ހޯރަފުށީ އެއަރޕޯޓު، ސަރަހައްދީ އިގްތިސާދުގެ ޖަވާހިރަކަށް

މިއަހަރު ނިމުމުގެ ކުރިން މިއަދަދު މިލިޔަނަކަށް އަރާނެ

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 8 މާރިޗު 2021 | ހޯމަ 11:09
ރައީސް ސާލިހާއި ހޯރަފުށީ ދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު ސަލީމް ހޯރަފުށީ އެއަރޕޯޓުގައި: އެއަރޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދިނީ ރައީސް ސާލިހުގެ ސަރުކާރުން.

ރައީސް ސާލިހާއި ހޯރަފުށީ ދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު ސަލީމް ހޯރަފުށީ އެއަރޕޯޓުގައި: އެއަރޕޯޓް މަޝްރޫއު ހަގީގަތަކަށް ހަދައިދިނީ ރައީސް ސާލިހުގެ ސަރުކާރުން.

ދިވެހި ސަރުކާރުގެ ގެޒެޓުގެ ސަފުހާތަކަށް އިއްޔެ ކަޅި އުކަމުން ދަނިކޮށް ވަރަށް ގިނަ ވަޒީފާތަކަށް ދިވެހިން ބޭނުންވެގެން ކޮށްފައިވާ އިއުލާނެއް ފެނުނެވެ. ވަރަށް ޝައުގުވެރިކަން ދީގެން ބެލިއިރު މުޅިންވެސް ހޯރަފުށީ އެއަރޕޯޓުގެ ވަޒީފާތަކެވެ. ފަޔަރ އޮފިސަރުންނާއި ސަބް އޮފިސަރުންނެވެ. އެކި ގިންތީގެ ފަޔަރ ފައިޓަރުންނާއި ޓްރޭނީންނެވެ. އެކި ގިންތީގެ މަސައްކަތު މީހުންނާއި ސީނިއަރ އެއަރޕޯޓް އޮފިސަރުންނެވެ. މެނޭޖަރުންނާއި އޮޕަރޭޝަންސް އޮފިސަރުންނެވެ. އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި ސްޓޯރ ކީޕަރުންނެވެ. ގާޑެނަރުންނާއި ފޮޅައި ސާފުކުރާ މީހުންނެވެ. ސުޕަރވައިޒަރުންނާއި ސިކިއުރިޓީ އެޖެންޓުންނެވެ. މެއިންޓަނެންސް އޮފިސަރުންނާއި އެޖެންޓުންނާއި އައިޓީ ޓެންނީޝަނުންނެވެ. އަދި އެއަރފީލްޑް ޓެކްނީޝަނުންނެވެ. ގާތްގަޑަކަށް ސާޅީސްފަސް ވަޒީފާއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގައި މިނިމަމް ވޭޖެއް މިތިބީ ކަނޑައަޅައިގެންނެވެ. މާލޭގައި ވަކި މުސާރައެއް އަތޮޅުތެރޭގައި ވަކި މުސާރައެއް ދެވޭ އުސޫލު މިތިބީ ދޫކޮށްލައިގެންނެވެ. މިހާރު ދެނީ ވަޒީފާތައް ގިންތިކޮށްގެން އެވަޒީފާޔަކާ ގުޅޭ މުސާރައެކެވެ. މި އުސޫލުގެ ދަށުން ހޯރަފުށީ އެއަރޕޯޓުގެ ގާޑެނަރުގެ އެހީތެރިޔާގެ ވަޒީފާގައި އުޅޭ މީހާ ވެސް ކޮންމެ މަހަކު އެގާރަ ހާސް ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ގެޔަށް ގެންދާނެއެވެ. ގާޑެނަރުގެ އެހީތެރިޔާގެ އިތުރަށް ދެން ހުރި ވަޒީފާތަކަށް ހޮވޭ މީހުން ވެސް މާލޭގައި ހަމަ މިވަޒީފާތައް އަދާކުރާ މީހުންނަށް ލިބޭ މުސާރަ ގެންދާނެއެވެ. މިއީ ހައްތާވެސް ހޯރަފުށީ ޒުވާނުންނާއި އެސަރަހައްދުގެ ޒުވާނުންނަށް ހުޅުވިފައިވާ ފުރުސަތުތަކެކެވެ. މި ވަޒީފާތަކުން އެކަނިވެސް މިވަގުތު މަހަކު ބައިމިލިޔަން ރުފިޔާއަށްވުރެ ކުޑަނޫން އަދަދެއް އެހިސާބުގެ އިގްތިސާދުގެ ތެރެއަށް ވަދެގެން ދާނެއެވެ. 

ހިތުގައި ޖެހުނެވެ. އެއަރޕޯޓެއްގެ ފޮނިމީރުކަން ހޯރަފުށީގެ ތިން ހާހަށްވުރެ ގިނަ ރައްޔިތުންނަށް ލިބެނީތާއެވެ. ރަށެއްގައި އެއަރޕޯޓެއް އޮތުމަކީ ހަމައެކަނި ދަތުރުފަތުރު އަވަސްވާ ކަމެއް ނޫނެވެ. އެރަށެއްގެ ނުވަތަ ސަރަހައްދެއްގެ އިގްތިސާދުގެ ނާރެހަކަށް ވާނީވެސް އެއަރޕޯޓެވެ. އިގްތިސާދުގެ ފުޅާކަމުގެ ތެރެއަށް ހުޅުވިގެންދާ ދޮރަކީ ވެސް އެއަރޕޯޓެވެ. އައު ވަޒީފާތައް އުފެދިގެން ދާނެއެވެ. ވިޔަފާރީގެ ތަފާތު ފުރުސަތުތައް ހުޅުވިގެން ދާނެއެވެ. މިހެންގޮސް ތަފާތު އެތައް ކަމެކެވެ. މި އެއަރޕޯޓުގެ ބޭނުން ހިފާނީ ހޯރަފުށީ ރައްޔިތުން އެކަންޏެއް ނޫނެވެ. ހޯރަފުށީގައި އޮތަކަސް މިއީ މުޅި އިހަވަންދިއްޕޮޅުގެ އެއަރޕޯޓެވެ. އިހަވަންދޫއާއި މުޅަދޫއާއި އުލިގަމާއި ތުރާކުނުގެ ވެސް އެއަރޕޯޓެވެ. އިހަވަންދިއްޕޮޅާއި ގާތުގައިވާ ރަށްރަށުގެ ތެރެއިން ތަކަންދޫ، ދިއްދޫ އަދި އުތީމުގެ ވެސް އެއަރޕޯޓެވެ.  

ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރިވުކީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ އަމިއްލަޔަށް ހެލިފެލިވުމުގެ ބާރު ލިބުމެވެ. ހަގީގީ ލާމަރުކަޒުވުމަކީ އަމިއްލަ ކަންކަން އަމިއްލަޔަށް ނިންމައި ތަންފީޒު ކުރުމުގެ ފުރުސަތު ލިބުމެވެ. އިގްތިސާދީ ދުޅަހެޔޮކަން ވެސް ލިބުމެވެ. ހޯރަފުށީގައި ހުޅުވުނު އެއަރޕޯޓުގެ ސަބަބުން ހޯރަފުށްޓާއި އެ ސަރަހައްދަށް މި ފުރުސަތު ފަހިވެގެން ހިގައްޖެއެވެ. އަމިއްލަ ރަށުގައި ތިބެގެން އަބުރުވެރި ވަޒީފާތައް އަދާކޮށްގެން އަމިއްލަ މިނިވަންކަންމަތީގައި އަނބިދަރީންނާއި ގާތްތިމާގެ މީހުންގެ ކައިރީގައި ދިރިއުޅުމުގެ ފުރުސަތު ފަހިވުމަށްވުރެ ވަކި އަބުރުވެރި ދިރިއުޅުމެއް ބަޔަކަށް ލިބޭނެ ބާވައެވެ. ނުލިބޭނެއެވެ.

ތަފާތު ދާއިރާތަކުން ކިޔަވައިގެން ތިބި ހޯރަފުށީގެ ޒުވާނުންނަށް މިއޮތީ އަމިއްލަ ފަސްގަޑުގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވިފައެވެ. ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށަށް ހަގީގީ އާމްދަނީ ވަންނަނީ މިހެންނެވެ. ދެމެހެއްޓެނިވި ތަރައްގީގެ ބިންގަލަކީވެސް މިއީއެވެ. ސަލާން ޖަހަން ރާއްޖޭގެ އެކިކަންކޮޅުތަކަށް ދުވަން ނުޖެހި އަމިއްލަ ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ މަގު ހުޅުވިފައި އޮތުމަށްވުރެ ބޮޑު ނަސީބެއް އެއްވެސް ރަށެއްގެ ރައްޔިތުންނަކަށް ނުލިބޭނެއެވެ. އެ މަގު ހުޅުވައިދޭ ސަރުކާރަކީ ރައްޔިތުންނާމެދު ވިސްނާ ރައްޔިތުންނަށް އޯގާތެރި ސަރުކާރެކެވެ.

ހޯރަފުށީގެ އެއަރޕޯޓު އޮތްތަނުގައި ކުރިން އޮތީ މޫދެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް އެއީ މޫދެވެ. އޭގެފަހުން ވެލިގަޑެކެވެ. މިހާރު އެއޮތީ ޒަމާނީ އެއަރޕޯޓަކަށް ބަދަލުވެފައެވެ. ހޯރަފުއްޓަށް މަހަކު ބައިމިލިޔަން ރުފިޔާ ވައްދާ އަގުބޮޑު ޖަވާހިރަކަށް އެއޮތީ ބަދަލުވެފައެވެ. ހުރިހާވެސް ޝުކުރެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށެވެ. ހޯރަފުށީގެ ރައްޔިތުން ދެކެމުން އަންނަތާ ޒަމާންތަކެއް ފާއިތުވެފައިވާ މި ހުވަފެން އެންމެ ދެ ދޮޅު އަހަރުގެ ތެރޭގައި މި ސަރުކާރުން ވަނީ ހަގީގަތަކަށް ހަދައިދީފައެވެ. ހޯރަފުއްޓާއި މުޅި އިހަވަންދިއްޕޮޅަށް މި އެއަރޕޯޓާއެކު ދިރުމާއި ތާޒާކަން ވަނީ ގެނެސްދީފައެވެ.  

މިއީ ނިމުމެއް ނޫނެވެ. މިއީ އަދި ފެށުމެކެވެ. ކުރިއަށްމިދާ ދެހާސް އެކާވީސް ވަނަ އަހަރު ނިމުމުގެ ކުރިން ހޯރަފުށީ އެއަރޕޯޓުގައި އިތުރު ވަޒީފާތައް ވެސް އުފެދޭނެއެވެ. ގެޒެޓުގައި މިވަގުތު ސާޅީސްފަސް ވަޒީފާއަށް މީހުން ބޭނުންވެގެން އިއުލާން ކުރިއަސް މިއަހަރު ނިމުމުގެ ކުރިން މިއަދަދު ޑަބަލް ވާނެއެވެ. އެހިސާބަށް ދިޔައިމާ ހަމައެކަނި މުސާރައިގެ ގޮތުގައި ވެސް މަހަކު މަދުވެގެން އެއްމިލިޔަން ރުފިޔާ ވަންނާނެއެވެ. އެއަރޕޯޓުގެ ސަބަބުން އިހަވަންދިއްޕޮޅުގެ ދަތުރުފަތުރުގެ ހަބަކަށް ހޯރަފުށި ބަދަލުވެގެން ދިޔައީމާ ވިޔަފާރީގެ އިތުރު ފުރުސަތުތައް ވެސް ދާނީ ހުޅުވެމުން ފުޅާވަމުންނެވެ. އެ ފުރުސަތުތަކާއި މަންފާ މިވަގުތު ހިސާބު އަކުރުން ލިޔެ ބަޔާން ކުރަން ފަސޭހައެއް ނޫނެވެ.   

މިވާހަކަ މިހެން ލިޔުނީމާ ބައެއް މީހުން ބުނުން އެކަށީގެންވެއެވެ. ބަލަގަ ތިޔައީ މިސަރުކާރުގެ ކަމެއް ނޫނެވެ. ތިޔައީ ކުރީގެ ރައީސް ޔާމީނުގެ ތަސައްވުރެކެވެ. އިސްނެގުމެކެވެ. އެހެން ބުނެފިއްޔާ އެއީ މުޅިން ހޮޅި ވިސްނުމެކެވެ. މުޅިންވެސް ހޮޅި ވާހަކައެކެވެ. މިއީ ރައީސް ޔާމީނާ ބެހޭ ކަމެއްވެސް ނޫނެވެ. ޔާމީންގެ ސަރުކާރުން ހޯރަފުށީ ރައްޔިތުންނަށް ދެއްކީ ހުވަފެނެކެވެ. މާފިނޮޅުގައި އެއަރޕޯޓު އަޅައިދޭނަމޭ ބުނެ އެތަކެއް ފަހަރު ވައުދުވިއެވެ. އެކަމަކު ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު ވެސް އަމަލީ މަސައްކަތެއް ނުފެށުނެވެ

.ޔާމީނުގެ ވެރިކަން ނިމުނުފަހުން މި ސަރުކާރުން ހޯރަފުށީގައި އެއަރޕޯޓެއް އަޅަން ސީރިއަސްގޮތެއްގައި މަސައްކަތް ފަށައިގެން މާފިނޮޅުގެ ބަދަލުގައި ހޯރަފުށީގެ ކައިރިން ފަޅު ހިއްކައިގެން އެއަރޕޯޓުގެ މަޝްރޫއު ވަރަށް އަވަސް ސްޕީޑުގައި ހަގީގަތަކަށް ހަދައިދިނެވެ. އެކަން ކޮށްފައިވަނީ ރަށެއް ހަލާކުކޮށްނުލައެވެ. ހއ. އަތޮޅުގެ އެކި ދިމަދިމާލުގައި އަޅަން ޔާމީނުގެ ސަރުކާރުން ބުނި އެއަރޕޯޓް އެންމެފަހުން ހޯރަފުށީގައި ގާއިމްކޮށްދިނީ ރައީސް ސާލިހުގެ ސަރުކާރުންނެވެ. މި ސަރުކާރު ނުގެނެވުނުނަމަ އެއަރޕޯޓުގެ މަސައްކަތް ދެންވެސް އޮތީހީ ނުފެށިފައެވެ.

ހޯރަފުށީގައި އެއަރޕޯޓް އަޅަން މި ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. އެއަރޕޯޓުގައި ހަދާފައިވަނީ 1200 މީޓަރު ދިގު 35 މީޓަރު ފުޅާ ރަންވޭއެކެވެ.

ހޯރަފުށީ އެއަރޕޯޓްއިހަވަންދިއްޕޮޅުގެ އިގްތިސާދުއައު ވަޒީފާތައް އުފެދުންރައީސް ސޯލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި

ހޯރަފުށި އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަން ފްލައިޓް ސްޓާޓް ނުވުމުން ޕަސިންޖަރުން ބާލުވައިފި

12 އޮކްޓޯބަރު 2024
އިހަވަންދިއްޕޮޅުގައި އެސްއީޒެޑު ތަރައްޤީކުރަން ދުބާއީގެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި އެސްއީޒެޑު ތަރައްޤީކުރަން ދުބާއީގެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

12 މެއި 2024
ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިމިއްޖެ

ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިމިއްޖެ

13 ސެޕްޓެމްބަރު 2023
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު އިގުތިޞާދު ކުރިއަރާ ވަޒީފާތައް އިތުރުވާނެ: އަބްދުﷲ ސައީދު

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު އިގުތިޞާދު ކުރިއަރާ ވަޒީފާތައް އިތުރުވާނެ: އަބްދުﷲ ސައީދު

11 އޯގަސްޓު 2023
އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް ބައިނަލްއަގުވާމީ ބަންކަރިންގގެ ޚިދުމަތް ފެށުމަށް ކުންފުންޏަކާ ހަވާލުކޮށްފި

އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް ބައިނަލްއަގުވާމީ ބަންކަރިންގގެ ޚިދުމަތް ފެށުމަށް ކުންފުންޏަކާ ހަވާލުކޮށްފި

11 އޯގަސްޓު 2023

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު