Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް

ދިޔަމިގިލި އަތުން ވިލުފުއްޓަށް ބޮޑު މޮޅެއް

ކުޅުނު ދެ މެޗުންވެސް ވިލިފުށި ވަނީ މޮޅުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 މާރިޗު 2021 | އާދީއްތަ 16:13
ދިޔަމިގިއްޔާއި ވިލުފުށި ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވިލުފުށި މޮޅުވީ 8-3 ން

ދިޔަމިގިއްޔާއި ވިލުފުށި ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވިލުފުށި މޮޅުވީ 8-3 ން

ތ. ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް 2021" ގައި އާދީއްތަ ދުވަހު ކުޅުނު މެޗުން ދިޔަމިގިލި އަތުން ވިލުފުށި މޮޅުވެއްޖެއެވެ.

މި މުބާރާތަކީ ތ. އަތޮޅުގެ 21 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ބޮޑު ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ވިލުފުށި މޮޅުވީ ދިޔަމިގިލި އަތުން 8-3 ގެ ނަތީޖާއަކުންނެވެ.

ވިލުފިށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އެ ރަށުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން އަށްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަދުހާން އަޙްމަދެވެ. އަދި މެޗުގެ 16 ވަނަ މިނެޓުގައި އަބްދުﷲ ނައިޝަމް އުސްމާން ވަނީ ވިލުފުއްޓަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ 38 ވަނަ މިނެޓުގައި މައިޝަމް މުޙައްމަދު ދިޔަމިގިއްޔަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިން އަޙްމަދު ވަނީ ވިލުފުއްޓަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ވިލުފުށީގެ ނައިޝަމް އިތުރު ލަނޑެއް ޖެހިއިރު، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ނައިޝަމް ވަނީ ވިލުފުށީގެ ފަސްވަނަ ލަނޑު ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ.

މި މެޗުގައި ވިލުފުށިން ކާމިޔާބުކުރި ހަވަނަ ލަނޑަކީ މެޗުގެ 54 ވަނަ މިނެޓުގައި ދިޔަމިގިލީގެ ހުސެއިން އަޒުމީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މައިޝަމް ވަނީ ދިޔަމިގިލިން ކާމިޔާބުކުރި ދެވަނަ ލަނޑު ޖަހާފައެވެ. ނަމަވެސް އޭގެ ފަހުން ސަލްމާން ސަދީފް ވިލުފުއްޓަށް އިތުރު ދެ ލަނޑު ޖަހައިދިންއިރު، މެޗުގައި ދިޔަމިގިލިން ކާމިޔާބުކުރި ތިންވަނަ ލަނޑު 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖައިލަމް މުޙައްމަދެވެ.

އާދީއްތަ ދުވަހު ކުޅުނު މި މެޗުން ވިލުފުށި މޮޅުވިއިރު، މުބާރާތުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން ވިލުފުށިން ވަނީ 2-0 ގެ ނަތީޖާއަކުން ގުރައިދޫ ބަލިކޮށްފައެވެ.

ތ. އަތޮޅުގެ ހަތަރު ރަށެއް ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅެ، ލީގު ބުރުގެ އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީ ސްޕޯޓްސްއެވެ. އަދި މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކަށް އިންކްޑް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް ޖާޒީ ޕާޓްނަރަކީ ދަ ޑަބްލިއު ސްޕޯޓްސްއެވެ. މީގެ އިތުރުން ލައިވް ކަވަރޭޖް ޕާޓްނަރަކަށް ޗޮކޮލެޓް ކެފޭ އެންޑް ބިސްޓްރޯ ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ.އެމްވީއެވެ.

އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިނަލް މެޗަށް ގުރައިދޫ ހާޒިރުނުވުމުން ޗެމްޕިއަންކަން ހިރިލަންދުއަށް

ފައިނަލް މެޗަށް ގުރައިދޫ ހާޒިރުނުވުމުން ޗެމްޕިއަންކަން ހިރިލަންދުއަށް

13 މާރިޗު 2021
ވިލުފުށި ބަލިކޮށް ގުރައިދޫ ފައިނަލަށް

ވިލުފުށި ބަލިކޮށް ގުރައިދޫ ފައިނަލަށް

11 މާރިޗު 2021
ވިލުފުށި ބަލިކޮށް ހިރިލަންދޫ ފައިނަލަށް

ވިލުފުށި ބަލިކޮށް ހިރިލަންދޫ ފައިނަލަށް

10 މާރިޗު 2021
ދިޔަމިގިލި ބަލިކޮށް ގުރައިދޫ ސެމީއަށް

ދިޔަމިގިލި ބަލިކޮށް ގުރައިދޫ ސެމީއަށް

09 މާރިޗު 2021
ގުރައިދޫ އަތުން ހިރިލަންދޫއަށް ފަސޭހަ މޮޅެއް

ގުރައިދޫ އަތުން ހިރިލަންދޫއަށް ފަސޭހަ މޮޅެއް

08 މާރިޗު 2021

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު