Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ

އިތުބާރު ނެތްކަމުގެ މައްސަލަ ރައްދުވަނީ އަޅުގަނޑަށްތޯ ޝައްކު އުފެދޭ، ހުށަހަޅާފައިވަނީ އަސާސެއްނެތް މައްސަލައެއް: މަލީހު

1 މާރިޗު 2021 | ހޯމަ 08:00

މިކަމަކީ މީގެކުރީގެ ތިން މިނިސްޓަރެއް ކުރައްވަންޖެހޭ ކަމެއްކަމަށް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މާރިޗު 2021 | ހޯމަ 08:00
މިނިސްޓަރ އޮފް ކޮމިޔުނިކޭޝަންސް ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ހޯމަ ދުވަހުގެ ޖަލްސާގައި

މިނިސްޓަރ އޮފް ކޮމިޔުނިކޭޝަންސް ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ހޯމަ ދުވަހުގެ ޖަލްސާގައި

މިނިސްޓަރ އޮފް ކޮމިޔުނިކޭޝަންސް, ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހުގެ ޖަމާލުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ ބަހުސްކުރަމުންދާއިރު އެ މައްސަލައަށް ޖަވާބު ދެއްވުމަށް ލިބިވަޑައިގެންނެވި ފުރަތަމަ ފުރުސަތުގައި އެމައްސަލަ ރައްދުވަނީ ޚުދު އެމަނިކުފާނަށް ކަމާމެދު ޝައްކުއުފެދޭކަމަށް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލައަށް ބަހުސްކުރުމަށް ދެ ގަޑިއިރު ކަނޑައަޅާފައިވާއިރު މިނިސްޓަރަށް 30 މިނެޓް ވަނީ ލިބިވަޑައިގަންނަވާފައެވެ. މި 30 މިނެޓް ބަހާލާފައިވަނީ ތިން ފަހަރެއްގެ މަތިން 10 މިނެޓް ވާހަކަދެއްކެވުމުގެ ފުރުސަތު ދޭ ގޮތަށެވެ. އެގޮތުން އެންމެ ފުރަތަމަ އިތުބާރު ނެތްކަމުގެ މައްސަލަ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް ނަސީމް ހުށަހެޅުއްވުމުން އެކަމަށް ޖަވާބު ދެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މިނިސްޓަރ އެންމެ ފުރަތަމަވެސް ވިދާޅުވީ ހުށަހަޅާފައިވާ މައްސަލަ ސާފުކޮށްދެއްވުމަށެވެ. އެއާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅާފައިވާ މައްސަލައަކީ މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަކަމަށް ވިދާޅުވިއެވެ. އެއާއެކު ދެން މިނިސްޓަރ ފާހަގަކުރައްވަން ފެއްޓެވީ މަޖިލީހުން ހުށަހަޅާފައިވާ ކަރުދާހުގައި ހުރި މައްސަލަތަކެވެ.

Advertisement - newsAdvertisement

މިނިސްޓަރ މިމޭރުމުން ވާހަކަދެއްކެވުމުން އަނެއްކާވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވަނީ މިނިސްޓަރަށް ކިޔަނީ ކޮން ނަމެއްތޯ އައްސަވާފައެވެ.

ތިން ފަހަރަށް އެގޮތަށް އެއްސެވުމުން މިނިސްޓަރުގެ ނަން ވަނީ ވިދާޅުވެފައެވެ. އެއާއެކު ރައީސް ނަޝީދު ވަނީ މިނިސްޓަރ މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބު ދެއްވަނީ ކޮމިޔުނިކޭޝަންސް މިނިސްޓަރުކަން ސާފުވާތީކަމަށާއި އެކަމަށް ޖަވާބުދާރީ ވުމަށްޓަކައި މިނިސްޓަރ ވަޑައިގެން ޖަވާބު ދެއްވަމުންދާކަމަށެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަދެއްކެވުމުން މިނިސްޓަރ މަލީހު ވަނީ އިތުބާރުނެތްކަމުގެ މައްސަލާގައި ހުރި ކަންތައްތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

އެގޮތުން މައްސަލާގައި ފާހަގަކުރާ ގަވާއިދުތަކަކީ ކޮމިޔުނކޭޝަން އޮތޯރިޓީ ގެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ތެރެއިން އެކަށީގެންވާ ބަޖެޓް ނުލިބޭ ހާލުގައިވެސް ރައީސް ޞާލިހުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެމަނިކުފާނުގެ ލަފާގެ މަތިން ހަދާފައިވާ ގަވާއިދެއްކަމަށް ވިދާޅުވިއެވެ. އަދި މިކަމަކީ މީގެކުރީގެ ތިން މިނިސްޓަރެއް ކުރައްވަންޖެހޭ ކަމެއްކަމަށް ވިދާޅުވެ މަލީހު ވިދާޅުވީ އަދަބު ދެއްވަނީ އެތިން މިނިސްޓަރުން ކުރައްވަންޖެހޭ ކަމެއް ނުކުރެއްވީމަތޯ ސުވާލު އުފައްދަވާފައެވެ.

މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ހުށަހެޅިގެން އުޅެނީ އަސާސެއްނެތް މައްސަލައެއް ކަމަށެވެ. އަދި ގަވާއިދުތައް ހަދަން އުޅުމުން މިނިސްޓަރ ހުރަސްއެޅުއްވިކަމަށް ދައްކާ ވާހަކަތަކަކީ ވެސް އަސާސެއްނެތް ވާހަކަތަކެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހުށަހެޅިފައިވާ މައްސަލައަކީ 13 ނޮވެމްބަރ 2020 ގައި ވީޓީީގެ ގޮނޑިކޮޅު ޕްރޮގްރާމްގައި ދެއްކި ވާހަކައަކަށް ބިނާކޮށް މަޖިލީހުގެ މަދު މެމްބަރުންތަކެއް ހުށަހަޅައިގެން އުޅޭ މައްސަލައެއްކަން ވަރަށް ސާފުކަމަށެވެ. މިއީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބާރު ކަނޑުވާލުމަށް މަޖިލީހުގެ މަދު މެމްބަރުންތަކެއް ކުރާ ދަށު ދަރަޖައިގެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމަށް އޮތް ބިރެއްކަމަށް މިނިސްޓަރ ތުހުމަތުކުރެއްވިއެވެ.

މިނިސްޓަރ ވަނީ ތަކުރާރުކޮށް މިކަމުގައި މަޖިލީހުން އަމަލުކުރަމުންދަނީ ހުދުމުޚުތާރު ކޮށްކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް