Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާސް އިންސްޕެކްޝަން

އިންސްޕެކްޝަންގައި އުސޫލުތަކާ ތަކުރާރުކޮށް ޚިލާފުވުމުން އެތަނެއް 24 ގަޑިއިރަށް ބަންދުކުރަނީ!

1 މާރިޗު 2021 | ހޯމަ 06:47

ފުރަތަމަ ފަހަރުނަމަ ވައިޓް ނޯޓިސްއެއް ދެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 1 މާރިޗު 2021 | ހޯމަ 06:47
ހާބަރު ފުޑް ކޯޓްތައް، ޚިދުމަތް ދެމުންދަނީ ގައިޑްލައިންއާ އެއްގޮތަށްތޯ ބަލާނެ

ހާބަރު ފުޑް ކޯޓްތައް، ޚިދުމަތް ދެމުންދަނީ ގައިޑްލައިންއާ އެއްގޮތަށްތޯ ބަލާނެ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި އަމަލުކުރަން ޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ތަންތަން ހުރިތޯ ބެލުމަށް ކުރިއަށް ގެންދާ ޚާއްސަ އިންސްޕެކްޝަންގައި 3 ވަނަ މަރުހަލާގައި ޖޫރިމާނާކުރުމުގެ ބަދަލުގައި އެތަނެއް 24 ގަޑިއިރަށް ބަންދުކުރަން ނިންމައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން އާއްމުން އެއްވާ ތަންތަނުގައި ހުންނަންޖެހޭނެކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންވަރަށް އެ ތަންތަނުގެ ޙާލަތު ހުރިތޯ ބެލުމަށް 5 އިންސްޕެކްޝަންއެއް މިހާތަނަށް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި އެޗްޕީއޭގެ މިންގަނޑަށް ޢަމަލުކުރާ މިންވަރު ބެލުމަށްޓަކައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ އިންސްޕެކްޝަންއެއް ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފިހާރަތަކާއި، ،ފިޓްނަސް ސެންޓަރުތަކާއި، ސެލޫންތައް އަދި މާރުކޭޓުތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް މީގެ ކުރިން 4 ފަހަރުމަތިން ވަނީ ކޮށްފައެވެ.

Advertisement - newsAdvertisement

އިންސްޕެކްޝަންގެ އައު ބުރެއް މިދިޔަ ހަފްތާ ތެރޭގައި ފަށާފައިވާތީ އާދިއްތަ ދުވަހުގެ ރޭ ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ އެޗްޕީއޭއިން ކުރިއަށް ގެންދާ މި އިންސްޕެކްޝަންގައި އިކޮނޮމިކް މިނިސްޓްރީ އަދި ޕޮލިހުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފިހާރަތަކާއި، ސެލޫންތައް އަދި ޖިމްތަކާއި މަރުކޭޓްތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމަލުކުރަމުންދާ އުސޫލަށް އަލިއަޅުއްވާލައްވާ ނާސިރު ވިދާޅުވީ ގައިޑްލައިންއާ ފުރަތަމަ ފަހަރަށް ހިލާފުވުމުން ދެވޭނީ ވައިޓް ނޯޓިސް ކަމަށެވެ. އެއީ ނަސޭހަތްތެރިވުމުގެ ގޮތުން ނޯޓިސްއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދެވަނައަށް ދެވޭ ރެޑް ނޯޓިސްއަކީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން ދެވޭ ނޯޓިސްއެއް ކަމަށް ނާސިރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދެވަނަ ފަހަރު ދެވޭ އިންޒާރުއާއެކު ކުށް ތަކުރާރު ކޮށްފިނަމަ ޖޫރިމަނާ ކުރާ ގޮތަށް އޮތް ނަމަވެސް މިހާރު އެއުސޫލު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ތިން ވަނަ މަރުހަލާގައި އެތަނެއް 24 ގަޑިއިރަށް ބަންދުކުރެވޭނެ ކަމަށް ނާސިރު ވިދާޅުވިއެވެ.

އިންސްޕެކްޝަންގައި ފާހަގަކުރެވުނު ކަންތައްތަކާ ބެހޭ ގޮތުން ނާސިރު ވިދާޅުވީ އާއްމު ޚިދުމަތްދޭ ތަންތަނުގައި އާއްމު މީހުންގެ އިތުރުން އެތަންތަނުގެ މުވައްޒަފުން ވެސް މާސްކް ނާޅާ އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މާސްކް ނާޅާ އުޅޭކަމަށްވާނަމަ ވަކިވަކި މީހުން ޖޫރިމަނާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ޖޫރިމަނާކުރާ އުސޫލުގައި ވާގޮތުން ފުރަތަމަ ފަހަރަށް ނަމަ ޖޫރިމަނާކުރަނީ 5000 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރު ނަމަ 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، އެންގުމާ ޚިލާފުވެ ކަންކަން ރަނގަޅު ނުކުރާނަމަ، ތިންވަނަ ފަހަރަށް 50،000 ރުފިޔާއިން ޖޫރިމަނާކުރާނެއެެވެ. ހަތަރުވަނަ ފަހަރުގެ ޖޫރިމަނާއަކީ 75،000 ރުފިޔާއެވެ. ފަސްވަނަ ފަހަރު ޖޫރިމަނާ ކުރާނީ އެއްލައްކަ ރުފިޔާއިންނެވެ. 

މި އިންސްޕެކްޝަންގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފިހާރަތަކާއި، ،ފިޓްނަސް ސެންޓަރުތަކާއި، ސެލޫންތައް އަދި މާރުކޭޓުތައް ފަދަ ޢާއްމު ޚިދުމަތްދޭ ހުރިހާ ތަނެއް ބެލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ޓެކްސީ، ލޮރީ، ޕިކަޕް އަދި ޕްރައިވެޓް ހަޔަރ ފަދަ އުޅަނދުތައް ވެސް އިންސްޕެކްޓް ކުރެވޭނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2018

ސީދާ ނޫސްވެރިންނަށް އަމާޒުކޮށްގެން ރައީސް ޔާމީންގެ ސަރުކާރުން ހަމަލާދިނުމަކީ ތަކުރާރުކޮށް ފެންނަ ސިފައެއް: ޖޭޕީ

16 ފެބުރުއަރީ 2018
ސީދާ ނޫސްވެރިންނަށް އަމާޒުކޮށްގެން ރައީސް ޔާމީންގެ ސަރުކާރުން ހަމަލާދިނުމަކީ ތަކުރާރުކޮށް ފެންނަ ސިފައެއް: ޖޭޕީ
04 ޖެނުއަރީ 2018

އުސޫލުތަކާ ޚިލާފަށް ސަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގައި ހާނިމުއާއި އާޒިމުގެ މައްޗަށް ދައުވާކޮށްފި

04 ޖެނުއަރީ 2018
އުސޫލުތަކާ ޚިލާފަށް ސަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގައި ހާނިމުއާއި އާޒިމުގެ މައްޗަށް ދައުވާކޮށްފި
27 ނޮވެމްބަރު 2017

ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ބްރޯޑްކޮމްއާ ދެކޮޅަށް ދައުވާ ކޮށްފި

27 ނޮވެމްބަރު 2017
ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ބްރޯޑްކޮމްއާ ދެކޮޅަށް ދައުވާ ކޮށްފި
16 ނޮވެމްބަރު 2017

އުސޫލުތަކާ ހިލާފަށް ކުޅުދުއްފުށި އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނާ މައްސަލަ އެއްބަސްވުމަކަށް ނާދެވުމުން ޝަރީއަތަށް ފޮނުވައިފި

16 ނޮވެމްބަރު 2017
އުސޫލުތަކާ ހިލާފަށް ކުޅުދުއްފުށި އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނާ މައްސަލަ އެއްބަސްވުމަކަށް ނާދެވުމުން ޝަރީއަތަށް ފޮނުވައިފި
13 ނޮވެމްބަރު 2017

އުސޫލުތަކާ ހިލާފަށް ކުޅުދުއްފުށި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނެ މައްސަލަ ކޯޓަށް ހުށަހަޅައިފި

13 ނޮވެމްބަރު 2017
އުސޫލުތަކާ ހިލާފަށް ކުޅުދުއްފުށި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނެ މައްސަލަ ކޯޓަށް ހުށަހަޅައިފި
06 ނޮވެމްބަރު 2017

އިގްތިސާދީ ކުރިއެރުންތައް ހޯދަމުންދާ އިރު ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓަން ޖެހޭ: ޒިޔަތު

06 ނޮވެމްބަރު 2017
އިގްތިސާދީ ކުރިއެރުންތައް ހޯދަމުންދާ އިރު ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓަން ޖެހޭ: ޒިޔަތު
30 އޯގަސްޓު 2017

ފާރިސްގެ ބަންދުގެ މައްސަލަ ބައްލަވާ ބެންޗަށް ބަދަލުގެނައީ އުސޫލުތަކާ ހިލާފަށް : ވަކީލުން

30 އޯގަސްޓު 2017
ފާރިސްގެ ބަންދުގެ މައްސަލަ ބައްލަވާ ބެންޗަށް ބަދަލުގެނައީ އުސޫލުތަކާ ހިލާފަށް : ވަކީލުން
10 ޖުލައި 2017

ޕާޓީގެ އުސޫލުތަކާއި ގަވާއިދުތަކާއި ހިލާފުވުމުންވެސް ވަކި ނުކުރުމުން މުސްތަފާ އަމިއްލައަށް ޕީޕީއެމްއިން ވަކިވެއްޖެ

10 ޖުލައި 2017
ޕާޓީގެ އުސޫލުތަކާއި ގަވާއިދުތަކާއި ހިލާފުވުމުންވެސް ވަކި ނުކުރުމުން މުސްތަފާ އަމިއްލައަށް ޕީޕީއެމްއިން ވަކިވެއްޖެ
01 މެއި 2017

ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް

01 މެއި 2017
ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް