Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު

ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފެ ބެހެއްޓޭ ގަޑި ކުޑަވެ އިންޑަސްޓްރީ އެއްކޮށް ނޭވާ ހޮޅިއަށް!

ފެބްރުއަރީ 27ގެ ރޭގަނޑު 08:00ން ފެށިގެން ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓްތަކުން ޑައިން އިން ނުކުރެވޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 27 ފެބުރުއަރީ 2021 | ހޮނިހިރު 15:08
ކެފޭ އައިޑްސް

ކެފޭ އައިޑްސް

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ އަޅާފައިވާ ފިޔަވަޅުތައް ވަރަގަދަކޮށް ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓްތައް ހުޅުވައިގެން ޑައިން އިންގެ ހިދުމަތްތައް ދެވޭ ވަގުތަށް އަނެއްކާވެސް މިވަނީ ބަދަލުގެނަސްފައެވެ. ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑު 08:00ން ފެށިގެން ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓްތަކުން ޑައިން އިން ނުކުރެވޭ އިރު، މިއީ މިގޮތަށް ކެފޭ ރެސްޓޯރެންޓްތަކުން ހިދުމަތްދެވޭ ވަގުތުތަކަށް ބަދަލުގެނައި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ގަޑިތަކަށް ބަދަލު ގެނަސް، ހިދުމަތްދެވޭ ގޮތަށް ވެސް ވަނީ ބަދަލުގެނަސްފައެވެ.

އެންމެ ފަހުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއި އެކު މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8:00ން ފެށިގެން މަނާވާނެއެވެ. އަދި ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތްތައް ވެސް ރޭގަނޑު 10:30ގެ ފަހުން ނުދެވޭނެއެވެ.

ރާއްޖޭގެ ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ހޮޓާތަކަށް އެންމެ ވިޔަފާރިވާ ވަގުތަކީ ރޭގަނޑުގެ ވަގުތުކަމަށްވާ އިރު، މިބަދަލާއި އެކު މިތަންތަނުން ދުވާލެއްގެ މައްޗަށް ކުރެވޭ ވިޔަފާރީގެ 85 އިންސައްތަ ގެއްލިގެންދާނެއެވެ. ރާއްޖޭގެ އިގްތިސާދުގެ ބޮޑުބައެއް ކެފޭ ރެސްޓޯރެންޓްގެ ވިޔަފާރިތައް ހިއްސާކުރާއިރު، 15،000ށް ވުރެ ގިނަ މުވައްޒަފުންދަނީ މިހާރުވެސް މި ސިނާއަތުގައި މަސައްކަތްކުރަމުންނެވެ. މިފަދަ ވިޔަފާރިތަކަކީ ބިން ކުއްޔަށް ނަގައިގެން ހިންގަމުންދާ ވިޔަފާރިތައް ކަމުން، މިގޮތަށް ވިޔަފާރިކުރެވޭ ގަޑިތަކަށް ކުއްލިކުއްލި އަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ގިނަ ގެއްލުންތަކަކާ މިވިޔަފާރިތައް ކުރިމަތިލާން ޖެހެއެވެ.

މިގޮތަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން އެތައް ވިޔަފާރިއެއް ބިލކަވެ، މުވައްޒަފުން ނުގެންގުޅެވޭވަރުވުމުން އެތައް އާއިލާއަކަށް ގެއްލުންލިބެއެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، (ރެމް) ގެ ރައީސް ހާމިދު އަފީފް ވިދާޅުވީ މިސިނާއަތް މިހާރު މިއޮތީ ވެންޓިލޭޓަރަށް ލާންވެފައިކަމަށެވެ. ކޮވިޑް-19 އާއި އެކު މިސިނާއަތް އައިސީޔޫގައި އޮންނަތާ އެތައް ދުވަހެއް ވެފައިވާކަމަށާއި މިއެޅިގެންދާ ފިޔަވަޅުތަކުގެ ސަބަބުން މުޅި ސިނާއަތް މިވަނީ ނޭވާހޮޅިއަށް އަރާފައި ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މިގޮތަށް ފިޔަވަޅުތައް އަޅައި، ވިޔަފާރިތައް ހުއްޓުވުމުގެ ބަދަލުގައި ދެފަރާތުން ވާހަކަދެއްކުމަށްފަހު، ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަކަށް ފިޔަވަޅުތައް އެޅުމަށް އެދޭކަމަށެވެ. އެގޮތުން މިހާތަނަށްވެސް ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތަކުން މިއަންނަނީ އެކުލަވާލާފައިވާ ހާއްސަ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުން ކަމަށާއި، ހުރިހާ ވިޔަފާރިތަކެއް ހުއްޓުވުމުގެ ބަދަލުގައި އުސޫލުތަކާއި ހިލާފުވާ ތަންތަނާއި މެދު ވަކިވަކިން ފިޔަވަޅުއެޅުމަށް ހަމީދު އެދުނެވެ. އަދި ރެމްގައި ހިމެނޭ ހުރިހާ ވިޔަފާރިތަކެއް ވެސް އުސޫލާއި އެއްގޮތަށް އަމަލުކުރަމުންދާއިރު، ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހިދުމަތްހޯދަން އަންނަ ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަކިވަކި ރެސްޓޯރެންޓްތަކާއި ހޮޓާ އަދި ކެފޭ ތަކުން ހާއްސަ ފިޔަވަޅުތައް އަޅާފައިވާކަން ހަމީދު ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ރެމް 700ށް ވުރެ ގިނަ މުވައްޒަފުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ރެމް އިން އިލްތިމާސްކުރެއެވެ.

ރާއްޖޭގެ ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިތަކަކީ މިގޮތަށް އަޅަން މަޖުބޫރުވި ފިޔަވަޅުތަކުގެ ސަބަބުން ގެއްލުން ލިބުނު އެއް ސިނާއަތެވެ. ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، މިކަމުގެ ސަބަބުން ސިއްހީ ކާރިސާއެއްގެ އިތުުރުން އިޖްތިމާއީ އިގްތިސާދީ އެތައް ކަމަކާއި ރާއްޖެ ކުރިމަތިލާން ޖެހިދާނެއެވެ. ދެވަނަ ފަހަރަކަށް ލޮކްޑައުންކޮށްފި ނަމަ އަމިއްލަ އެތައް ވިޔަފާރިއަށް ބަނގުރޫޓުވާނެއެވެ. އާންމުއެތައް ރައްޔިތެއްގެ އާމްދަނީ ހޯދާނެ މަގު ބަންދުވެ އެތައް އާއިލާއެއް މަގުމަތިވާނެއެވެ. ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ހަމަޖެހުން ބޭނުންނަމަ ކޮވިޑް-19ގެ ކޭސްތައް މަދުކުރުން މުހިންމެވެ.

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2020

އައު ޕީޖީ އައްޔަނު ކުރުމަށް "ޖެހި ސަކަރާތުގައި" ރޮލެކްސް ގަޑި ދިނުމަށް އަދީބު ގާތު އެދުނީވެސް ނިހާނު!

30 ޑިސެމްބަރު 2020
އައު ޕީޖީ އައްޔަނު ކުރުމަށް "ޖެހި ސަކަރާތުގައި" ރޮލެކްސް ގަޑި ދިނުމަށް އަދީބު ގާތު އެދުނީވެސް ނިހާނު!
04 ޖުލައި 2020

ޚަޝޯގީ ކޮންސުލޭޓަށް ވަދެ ގަޑިއިރެއް ނުވަނީސް އަވަން ހޫނުކޮށްފައި ބެހެއްޓުމަށް އޯޑަރެެއް!

04 ޖުލައި 2020
ޚަޝޯގީ ކޮންސުލޭޓަށް ވަދެ ގަޑިއިރެއް ނުވަނީސް އަވަން ހޫނުކޮށްފައި ބެހެއްޓުމަށް އޯޑަރެެއް!
21 ސެޕްޓެމްބަރު 2019

ބޮޑު ހުޅުގަނޑު ތެރޭގައި ކުރީގެ މެމްބަރު ޤާރީ އެއް ގަޑިއިރާއި 10 މިނެޓް!

21 ސެޕްޓެމްބަރު 2019
ބޮޑު ހުޅުގަނޑު ތެރޭގައި ކުރީގެ މެމްބަރު ޤާރީ އެއް ގަޑިއިރާއި 10 މިނެޓް!
12 ސެޕްޓެމްބަރު 2019

ޓެކްސީ ޑްރައިވަރާއިއެކު 8 ގަޑި އިރު: އަގު ކުޑަ ނުކުރާނަން، ފަސޭހަ ހިދުމަތުގެ އަގު ބޮޑުވާނެ

12 ސެޕްޓެމްބަރު 2019
ޓެކްސީ ޑްރައިވަރާއިއެކު 8 ގަޑި އިރު: އަގު ކުޑަ ނުކުރާނަން، ފަސޭހަ ހިދުމަތުގެ އަގު ބޮޑުވާނެ
13 އެޕްރީލު 2019

ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!

13 އެޕްރީލު 2019
ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!
12 އެޕްރީލު 2019

ވައުދެއް ފުއްދުމަށް 24 ގަޑިއިރަށް މީހަކު ފަތަަން ފަށައިފި

12 އެޕްރީލު 2019
ވައުދެއް ފުއްދުމަށް 24 ގަޑިއިރަށް މީހަކު ފަތަަން ފަށައިފި
19 ނޮވެމްބަރު 2018

24 ގަޑިއިރަށް ކެފޭ އަދި ފިހާރަތައް ހުޅުވާނެ ވަގުތަކަށް ރައްޔިތުން އިންތިޒާރުގައި!

19 ނޮވެމްބަރު 2018
24 ގަޑިއިރަށް ކެފޭ އަދި ފިހާރަތައް ހުޅުވާނެ ވަގުތަކަށް ރައްޔިތުން އިންތިޒާރުގައި!
12 އޮކްޓޯބަރު 2018

ވިލިނގިލީ ރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވާގަނެފައި!

12 އޮކްޓޯބަރު 2018
ވިލިނގިލީ ރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވާގަނެފައި!
27 މެއި 2018

ދިޔާނާގެ ނުރަސްމީ ގަޑި މިރޭ!

27 މެއި 2018
ދިޔާނާގެ ނުރަސްމީ ގަޑި މިރޭ!
07 ނޮވެމްބަރު 2017

ކަރަންޓާއި ނުލައި އުކުޅަހު ރައްޔިތުން ހޭދަކުރި ހަތް ގަޑިއިރަށް ކަޅިއެއް

07 ނޮވެމްބަރު 2017
ކަރަންޓާއި ނުލައި އުކުޅަހު ރައްޔިތުން ހޭދަކުރި ހަތް ގަޑިއިރަށް ކަޅިއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު