Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގއ ވިލިނގިލި

ވިލިނގިލީ ރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވާގަނެފައި!

ކަރަންޓުގެ ކެނޑޭ މައްސަލަ ދިމާވެގެން އުޅޭތާ 8 މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2018 | ހުކުރު 18:10
ގއ. ވިލިނގިލި - ކަރަންޓުގެ ކެނޑޭ މައްސަލަ ދިމާވެގެން އުޅޭތާ 8 މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައި

ގއ. ވިލިނގިލި - ކަރަންޓުގެ ކެނޑޭ މައްސަލަ ދިމާވެގެން އުޅޭތާ 8 މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައި

އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު ދަތި ކަމަކީ އަސާސީ ޚިދުމަތްތައް ނުލިބުމުގެ މައްސަލަ އެވެ. އެއީ އެންމެ އަސާސީ ޚިދުމަތްކަމުގައިވާ ކަރަންޓާއި، ފެނާ ނަރުދަމާގެ ޚިދުމަތްތަކެވެ. އަތޮޅުތެރޭގެ ރަށްރަށުގެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނަނީ މިޚިދުމަތްތައް ނުލިބި ގިނަ ތަކުލީފު ތަކާއެކުއެވެ. އެގޮތުން ގއ. ވިލިނގިލި އަކީ ވެސް މިފަދަ ރަށެކެވެ. އެރަށަކީ ވެސް މިސަރުކާރުން ޔަގީން ކަމާއެކު ދީފައިވާ ޚިދުމަތަކުން މަހުރޫމްވެ ވަރަށް ދަތީގައި ދިރިއުޅެމުން އަންނަ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިވެރިކަމުގައި ކަރަންޓަކީ ދިވެހި ހުރިހާ ރައްޔިތުންނަށް 24 ގަޑީރަށް ޔަގީން ޚިދުމަތެއް ކަމަށް ދަނީ ވަކާލާތުކުރަމުންނެވެ. ނަމަވެސް ވިލީނގިލީ ރައްޔިތުން މިރޭ ވެސް ތިބީ ކަނު އަދިރީގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިލިނގިލީގެ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު ވިދާޅުވީ އެރަށުގައި ކަރަންޓުގެ ކެނޑޭ މައްސަލަ ދިމާވެގެން އުޅޭތާ 8 މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ފާއިތުވެގެންދިޔަ 8 މަސްދުވަހުން ކޮންމެ ދުވަހަކީ ވެސް އެތަކެއް ފަހަރެއްގެ މަތިން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ ދުވަހެއް ކަމަށާއި، މިއީ ރައްޔިތުން އެންމެ ބޮޑު ޝަކުވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު އެރައްޔިތުން ތިބީ 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތަށް ފެންބޮވައިގެނަފައެވެ.

މުސްތަފާ ވިދާޅުވީ ކަރަންޓު ކެނޑޭ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް މިމައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭނަ ވިދާޅުވިއެވެ.

ވިލިނގިލީގެ އިންޖީނުގޭގައި ބޭނުންކުރާ ޖަނަރޭޓަރު -- ފޮޓޯ: ރާއްޖެ.އެމްވީ

މުސްތަފާ ވިދާޅުވީ ކަރަންޓަށް މައްސަލަ ދިމާވެ މިހާރު އެރަށުގެ އިންޖީނު ގޭގައި ބޭނުންކުރާ އެންމެ ބޮޑު 888 ކިލޯވޯޓުގެ ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށެވެ. އެހެންކަމުން މުޅި ރަށަށް ކަރަންޓު ދެވޭނެ ކެޕޭސިޓީ ނެތިގެން ގިނަ މަގުތަކުންނާއި، ގިނަ ގޭގައިން ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ.

"ފެނަކައިގެ ހެޑް އޮފީހަށް ގުޅިން. އިސްވެރިންނާއި ބައްދަލުކުރިން. އެކަމަކު މިއަދާ ހަމައަށް އައިރު ވެސް ހައްލެއް ނުވޭ. އެބޭފުޅުންގެ ފަރުވާ ކުޑަކަމުން މިއިންޖީނު މިހަލާކުވެގެން ދިޔައީ." މުސްތަފާ ވިދާޅުވިއެވެ.

ރަށުގެ މަގުތަކުން ކަރަންޓު ކަނޑާލާފައިވާތީ ކަންބޮޑުވުންފާޅު ކުރައްވާ މުސްތަފާ ވިދާޅުވީ މުޅި ރަށްއޮތީ ކަނު އަދިރީގައި ކަމަށާއި، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމުގެ ބިރު ވެސް އެބައޮތް ކަމަށެވެ.

މީގެ އިތުރުން މުސްތަފާ ވިދާޅުވީ އިރުއިރުކޮޅާ ކަރަންޓު ކެނޑޭތީ އާންމުންގެ މުދަލަށް ވަރަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށާއި، ޓީވީ، ކޮންޕިޔުޓަރު ފަދަ ތަކެތި ހަލާކުވެފައިވާ ކަމަށެވެ. އަދި އާންމުންނަށް ލިބުނު ގެއްލުން އަންދާޒާ ކުރަން ނޭނގޭނެ ކަމަށް އޭނަ ވިދާޅުވިއެވެ.

"އިރުއިރުކޮޅާ ކަރަންޓު ކެނޑޭތާ މިހާރު 8 މަހަށްވުރެ ގިނަ ދުވަސްވެދާނެ. ދެން މިހާރު އެއުޅެނީ އެންމެ ބޮޑު ޖަނަރޭޓަރު ހަލާލުވެގެން. ދެން މިހާރު މިޖަނަރޭޓަރު ހެދުމަށް ބޭނުންވާ ސްޕްޔާރތައް ރަށަށް އައުމުގެ މަގުމަތީގަ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ" މުސްތަފާ ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތަށް އަލިއަޅުއްވާލައްވާ މުސްތަފާ ވިދާޅުވީ މިޚިދުމަތުން ވެސް އެރަށުގެ ރައްޔިތުން މަހުރޫމްވެފައިވާ ކަމަށާއި، މިހާރު ބޭނުން ކުރަމުންދާ ވަޅުފެނަކީ ވެސް ބޭނުން ކުރަން އެކަށީގެންވާ ފެން ނޫން ކަމަށެވެ. މިފެނުގެ ވަސް ނުބައި ކުލަ ބަދަލުވެފައިވާ ކަމަށް އޭނަ ވިދާޅުވިއެވެ.

ވިލިނގިލީގައި އާބާދީގައި 4000 ރައްޔިތުން ދިރިއުޅެމުންދާއިރު، އެރައްޔިތުން ވެސް މިއަދު ތިބީ އަސާސީ މިޚިދުމަތްތަކަށް ފެންބޮވާގަނެފައެވެ. ދާދި އަވަހަށް މިކަމަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. ރަށުގެ ތަރައްގީއަށްޓަކައި މިޚިދުމަތްތައް ރަނގަޅު ފެންވަރަކަށް ފޯރުކޮށްދެވިއްޖެ ނަމަ ރަށުގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު