Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވިޔަފާރި

24 ގަޑިއިރަށް ކެފޭ އަދި ފިހާރަތައް ހުޅުވާނެ ވަގުތަކަށް ރައްޔިތުން އިންތިޒާރުގައި!

24 ގަޑިއިރަށް ފިހާރަތައް ހުޅުވުމަކީ ސަރުކާރުގެ ވައުދެއް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2018 | ހޯމަ 13:15
ފިހާރައަކުން ބަޔަކު ޚިދުމަތް ހޯދަނީ

ފިހާރައަކުން ބަޔަކު ޚިދުމަތް ހޯދަނީ

މާލެއަކީ 24 ގަޑިއިރު ކަހަލަ ގޮތަކަށް މީހުން ހޭލާ ވަޒީފާ ތަކުގަޔާއި އަދި އެހެނިހެން ކަންކަމުގައި އުޅޭ ތަނަކަށް ވާއިރު މާލޭ ސިޓީގެ ހޮޓާތަކާއި، ފިހާރަތަކާއި، ކެފޭ އަދި ވިޔަފާރި ކުރާ ތަންތަނުން 24 ގަޑިއިރު ޚިދު މަތް ދިނުމަށް ގިނަ ބަޔަކު އެދެމުން ދެއެވެ. މިއަދު މިއޮތީ އެފަދަ ރައްޔިތުންގެ އެދުންތަކަށް ނިމުމެއް އައިސްފައެވެ. އެއީ ރާއްޖޭގެ ރައީސުލްޖުންހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމާ ހަވާލުވެ ވަޑައިގެން ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ 30 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި 24 ގަޑިއިރު އާންމު ރައްޔިތުންނަށް ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅުން ހިމެނިގެން ދިއުމުންނެވެ. އަދި މިކަމަކީ ރައްޔިތުންނަށް އެކަމުން އެތައްއެތައް ފަސޭހަތަކެއް ލިބި އެތައް މަންފާތަކެއް ލިބިގެން ދާނެ ކަމަށްގިނަ ރައްޔިތުން ބުނަމުން ދެއެވެ. ބައެއް އާންމު ރައްޔިތުން ދެކޭ ގޮތުގައި މަސައްކަތުގެޑިއުޓީ ނިއްމާލުމަށްފަހު ނުވަތަ އަންހެނުން ގޮވައިގެން ފިނިބުރު ޖަހާލަން ނުކުމެ އުޅޭވަގުތުތަކުގައި ހިތްހަމަ ޖައްސާލުމަށްޓަކައި ކޮފީއެއް އެއްޗެއް ބޯލަން ބޭނުންވާ ވަގުތު މިފަދަ ޚިދުމަތް ދޭ ތަން ތަން ނެތުމުގެ ސަބަބުން ދަތިތަކާ ކުރިމަތި ލާންޖެހޭ ކަމަށް ބުނަމުން ދާއިރު ވިޔަފާރި ކުރާ ތަންތަނާއި ކާބޯ ތަކެތީގެ ޚިދުމަތް ދޭތަންތަން ގިނަ ވަގުތު ހުޅުވާފައި ބެހެއްޓުމުން އެ މީހުންނަށް އާމްދަނީގެ ގޮތުން ބޮޑު ނަފާއެއް ލިބެއެވެ.

"އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިގޮތައް ހަމަޖެއްސުމުގެ ސަބަބުން ވަރަށް އުފަވެފައި އަދި ހިތް ހަމަ ޖެހިފައި މި ހުންނަނީ ދައްތައަކީ ވެސް ރެސްތޯރެންޓެއް ހިންގާ ފަރާތެއް. ރެސްތޯރެންޓެއްގެ ވެރިފާރާތެއް،" ރެސްޓޯރެންޓެއް ހިންގާ ވިޔަފާރި ވެރިއަކު ބުންޏެވެ.

ބައެއް ރައްޔިތުންގެ ވާހަކަތައް މިގޮތަށް ހުރިއިރު މިއާ ވަރަށް ޚިޔާލު ތަފާތު ވިޔަފާރި ވެރިންނާއި އާންމު ރައްޔިތުން ވެސް ތިބިކަން ފާހަގަ ކޮށްލެވެއެވެ. 24 ގަޑިއިރު ކާބޯ ތަކެތީގެ ޚިދުމަތް ދޭތަންތަން ހުޅުވާފައި ބެހެއްޓުމަކީ މުޖުތަމައުގައި ހަމަނުޖެހުން އުފެދޭނެ ކަމެއްގެ ގޮތުގައި ދެކެއެވެ. ވިޔަފާރިވެރިންނާއި ބައެއް އާންމު ރައްޔިތުންނަށް މިހާރު މި އޮންނަ ގަޑި ރަނަގަޅުކަމަށް ވެސް ބުނެއެވެ. އަދި ބޮޑަތި ފިހާރަތަކާއި ސައިހޮޓާފަދަ ތަންތަން 24 ގަޑިއިރު ޙުޅުވާފައި ބެހެއްޓުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ރައްޔިތުންވެސް މަދެކޭ ނުބުނެވޭނެއެވެ.

"24 ގަޑިއިރު ފިހާރަ އަދި ކެފޭ ފަދަ ތަންތަން ޙުޅުވާފައި ބެހެއްޓުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑެއް ނުދެކެން އޭގެ ބަދަލުގައި ބޮޑަތި ފިހާރަތައް ހުޅުވާފައި ބަހައްޓަން ފެނޭ" އާންމު ރައްޔިތަކު ބުނެފައި ވެއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެސް ވަނީ އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި، ސައި ހޮޓަލާއި، ރެސްޓޯރެންޓް ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފަ އެވެ. ނަމަވެސް އެ ހުއްދަ ބާތިލު ކުރެއްވީ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެ މަނިކުފާނުގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ.

މީގެ އިތުރުން ވެސް ވިޔަފާރިތަކަށް ފަހި ގޮތްތަކެއް ހަމަޖެއްސުމަށް ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނަކާއި އެންޓިޓްރަސްޓް ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓްގެ މައްސަލައިގައި ޖަވާބެއްގެ އިންތިޒާރުގައި އަނެއްކާވެސް އޭސީސީއަށް - 7 ގަޑިއިރަށްފަހު ނެރެލީ ފުލުހުން ގެނެސްގެން

ފްލެޓްގެ މައްސަލައިގައި ޖަވާބެއްގެ އިންތިޒާރުގައި އަނެއްކާވެސް އޭސީސީއަށް - 7 ގަޑިއިރަށްފަހު ނެރެލީ ފުލުހުން ގެނެސްގެން

18 ޖެނުއަރީ 2024
ދަރަނީގެ ކަންބޮޑުވުމާއެކު ބިސްމިން ފެށީ 1 ގަޑިއިރަށް 22 މިލިއަން ހަރަދުކުރައްވައިގެން

ދަރަނީގެ ކަންބޮޑުވުމާއެކު ބިސްމިން ފެށީ 1 ގަޑިއިރަށް 22 މިލިއަން ހަރަދުކުރައްވައިގެން

18 ނޮވެމްބަރު 2023
މާލޭގައި ހުރި މަސްތުވާތަކެތީގެ ކެފޭތައް އުވާލުމުން ހިޔާ ފްލެޓް ސަރަހައްދަށް

މާލޭގައި ހުރި މަސްތުވާތަކެތީގެ ކެފޭތައް އުވާލުމުން ހިޔާ ފްލެޓް ސަރަހައްދަށް

30 ޑިސެމްބަރު 2021
ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފެ ބެހެއްޓޭ ގަޑި ކުޑަވެ އިންޑަސްޓްރީ އެއްކޮށް ނޭވާ ހޮޅިއަށް!

ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފެ ބެހެއްޓޭ ގަޑި ކުޑަވެ އިންޑަސްޓްރީ އެއްކޮށް ނޭވާ ހޮޅިއަށް!

27 ފެބުރުއަރީ 2021
ކެފޭ އައިޑްސް ބައި މައުރޯ - ޒުވާނުން ޒުވާނުންނަށް ދިން ހަދިޔާއެއް

ކެފޭ އައިޑްސް ބައި މައުރޯ - ޒުވާނުން ޒުވާނުންނަށް ދިން ހަދިޔާއެއް

25 ޖެނުއަރީ 2021

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު