Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ ޖޫރިމަނާކުރުން

ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓުގައި ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފި

މައްސަލަ ކޯޓަށް ހުށަހެޅީ ފައިސާ ދެއްކުމަށް ފަހު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 2 މެއި 2017 | އަންގާރަ 11:39
އަބުރު ފަންޑަށް އެހީވަނީ

އަބުރު ފަންޑަށް އެހީވަނީ

ރާއްޖެޓީވީއިން ގެނެސްދިން ޚަބަރަކާ ގުޅިގެން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބެލި އަބުރުގެ މައްސަލައެއް ނިންމައި، 200،000ރ. އިން ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓުގައި ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފިއެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ތާވަލްކޮށްފައި ވަނީ ބުރާސްފަތި ދުވަހު 11:15 އަށެވެ. މި މައްސަލައިގަ ފުރަތަމަ އޮންނާނީ ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލެއް ހޯދުމުގެ މަރުހަލާއެވެ. މައްސަލަ ޝަރީއަތަށް ފޮނުވާނީ ޑިސްޕިއުޓް ރެޒޮލިއުޝަނުން ހައްލެއް ނުލިބިއްޖެ ނަމައެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީ 200،000ރ. އިން ޖޫރިމަނާ ކުރި މައްސަލަ ސިވިލްކޯޓަށް ހުށަހަޅާފައި މިވަނީ ގާނޫނުގައި ބުނެފައިވާ ގޮތަށް ޖޫރިމަނާގެ ފައިސާ ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކުމަށް ފަހުގައެވެ. އެގޮތުން އެ މައްސަލަ ރާއްޖެޓީވީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

ރާއްޖެޓީވީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ ވިދާޅުވީ 200،000ރ. އިން ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެއީ ބޭއިންސާފުން ކޮށްފައިވާ ޖޫރިމަނާއެއް ކަމަށްވާތީ، އެ ޖޫރިމަނާ ބާތިލްކޮށް ފައިސާ ހޯދުމަށް ކަމަށެވެ.

މި ޖޫރިމަނާ މާޗް 6 ވަނަ ދުވަހު ދައްކައި ނިންމާފައި ވަނީ ރާއްޖެ ޓީވީ އާއި ސްޓޭޝަންގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުން ދާތީ، އެ ފައިސާ ދެއްކުމަށް ހުޅުވި "އަބުރު ފަންޑަށް" ލިބުނު ބޮޑު އެހީއާ އެކުގައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އާއި ސްޓޭޝަންގެ ކުރީގެ ނޫސްވެރިއަކު ޖޫރިމަނާކޮށްފައި ވަނީ ނޮވެމްބަރ 19، 2016 ގައި ރާއްޖެޓީވީގެ ތިން ޚަބަރު ގަޑިއެއްގައި ގެނެސްދީފައިވާ ރޭޕްގެ މައްސަލައަކާ ގުޅޭ ޚަބަރެއްގައި، މައްސަލައިގައި ހިމެނޭ ކުއްޖާގެ އާއިލާއާ ހަވާލާދީ މީހެއްގެ ނަން ހާމަކޮށްފައިވާ ކަމަށް ބުނެއެވެ. މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާއާ ޚިލާފަށް ލިޔެފައިވާ ޚަބަރެއް ކަމަށާއި، ޚަބަރުގެ ސަބަބުން ނަން ހާމަވި މީހާގެ އަބުރުގެ ކަރާމާތަށް އުނިކަން ލިބިފައިވާ ކަމަށް ނިންމާފައިވާ ކަމަށް ވެސް އެކޮމިޝަނުގެ ރިޕޯޓްގައި ވެއެވެ.

އެހެންކަމުން، އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާ ކުރުމާއި ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިޢާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ އެކެއްގެ ދަށުން ރާއްޖެ ޓީވީ 200،000ރ. އިން ޖޫރިމަނާކޮށް، މި ޚަބަރު ތައްޔާރު ކުރި، ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ، އާލާ އިބްރާހިމް މި އުސޫލުގެ 10 ވަނަ މާއްދާގެ (ށ) ގެ އެކެއްގެ ދަށުން 50،000ރ. އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ނަމަވެސް ފައިސާ ދެއްކުމަށް ދިން 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާތީ ޖީނާއީ މައްސަލައެއްގެ ގޮތުގައި އާލާގެ މައްސަލަ ކޯޓަށް ފޮނުވުމަށް ތަހްގީގު ހިންގުމަށް ފުލުހުންނަށް ހުށަހަޅާފައ ވަނިކޮށް އާލާގެ މައްސަލަ ބެލުމުގައި އޭނާގެ ބަހެއް ހޯދާފައި ނުވާތީ އެއީ މައްސަލަ ރައްދުވާ ފަރާތަށް ފުރުސަތު ނުދީ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށް ބްރޯޑްކޮމް އިން ފަހުން ވަނީ ބުނެފައެވެ. އެހެން ކަމުން އާލާގެ މައްސަލަ ރިވިއުކުރަމުން ގެންދާ ކަމަށް ބުނެ ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް މިދިޔަ ހަފްތާގައި ވަނީ ބްރޮޑްކޮމް އަށް ހާޒިރުކޮށްފައެވެ.

އަބުރުގެ މައްސަލައަކާ ގުޅިގެން ރާއްޖެ ޓީވީއާއި ކުރީގެ ނޫސްވެރިއަކު ޖޫރިމަނާ ކުރިއިރު، މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މީޑިއާއެއް، އަދި ނޫސްވެރިއަކު ވެސް ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ. އެ ފައިސާ ރާއްޖެ ޓީވީން ދެއްކުމާ އެކު ބްރޮޑްކޮމް އިން ބެލި އެހެން މައްސަލައެއްގައި ރާއްޖެ ޓީވީ މިހާރު ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ. އެ ފައިސާ އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ދައްކަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު