Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލާމަރުކަޒީ ރަށްވެހި ފަތިސް

ލާމަރުކަޒީ ރަށްވެހި ފަތިސް

އެމްޑީޕީގެ ކެންޑިޑޭޓުންނަކީ ލާމަރުކަޒީ ނިޒާމަށް ފަރިތަ ބޭފުޅުން

ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2021 | ހުކުރު 08:38
ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި، ކެންޕެއިން ޓީމުތަކާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ރައީސް ޞާލިހު އާއި ރައީސް ނަޝީދު

ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި، ކެންޕެއިން ޓީމުތަކާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ރައީސް ޞާލިހު އާއި ރައީސް ނަޝީދު

ސިޔާސީ ޕާޓީއެއްގެ ކުލަޖައްސައިގެން، ޑިމޮކްރަސީގެ ހަން ދިމާ އިދިކޮޅަށް ދެމި ވެރިކަމެއް މިދާކަށް ދުވަހު ބަޔަކު ރާއްޖޭގައި ކުރިއެވެ. އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާއާއި މަޖިލިސް ރައީސްގެ ބާރުއޮތީ ލާހައްދުގައި ކޯދުލާ އުތުރި އަރާފައެވެ.

އޭރު މަޖިލިސް ތަޅުމުން މެމްބަރުން ނެރެ ފާރުމަތިން އުކާލަނީ މުލައްދަނޑިއަށް ގޮއްމަސް އެރުވި ފައުޖީންގެ މޫޑު އެ ދުވަހަކު ހުރި ގޮތަކަށެވެ. ހިތްޕުޅާވާ ވަރަށް ތަޅުން ސާފުވީމާ، ކެރިކުޅަދާނަ ވިނަމަ ރިޔާސަތައް ވެޑުވެން ވަޑައިގަތީހީ، ހައިބަތައް ވުރެ މަތިން ފަހަތަށް ބުރުއުކަމުން ގޮސް، ފަހުބުރު އަދި މާމަތިން އައިސް ގޮނޑިމެދަށް "ޕަޗަސް" ލާފައި މަލަރުވާ ގޮތަށް ވެސް ކަންނޭނގެއެވެ. އޭރު ކަންތައް ހުރީ މިއަށްވުރެ ވެސް އެތައް ދަރަޖައެއް މަތީގައޭ ބުނާވަރުގެ މަންޒަރު ދިޔައީ ފެންނަމުންނެވެ. އެއީ އޭރުގެ މަޖިލިސް ރައީސްއެވެ.

ދެންހުންނެވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާއެވެ. އާރާބާރު ދެއްކެވުމުގައި ވެރިކަމަކީ ރެސްލިން ނަމަ އެއީ އަންޑަރޓޭކަރއެވެ. ފުޓްބޯޅަ ނަމަ މެސީއެވެ. ބޮލީވުޑް ނަމަ އަޖޭ ފަދަ ބުނާހާ އާޓު ބޮޑު، ފާޓު ފުޅާކަން ދިޔައީ ދައްކަމުންނެވެ.

100 މީހުން ހަމަނުވާ ރަށަކަށް ވަޑައިގަތަސް އެންމެ ފުރަތަމަ ގަތްވެއްގެ ފަހަތަށް ރައްޔިތުން ޖައްސައެވެ. އެކަމަކު އެރަށަށް ވަޑައިގަތީ އެރައްޔިތުންނާ އެކު ޖަލްސާ ކުރެއްވުމަށެއެވެ. އެހެން ވިޔަސް އޮތިއްޔާ އޮތް އުޅަނދެއްގައި ހުރިއްޔާ ހުރި ކުލައަކުން ޔުނިފޯމް އަޅުވައިގެން އެރުވުނު ވަރަކަށް އެރަށަކަށް އިސްވެ އަރުވަނީ ސިފައިންނާއި ފުލުހުންނެއެވެ. މުޑިޖަހާ ވާދަމާ، ދާޖަހާ އެތައް ގޮތަކުން އިންވަކިކުރުމަށް ފަހު، "ދަގަތްފާނު ދޮރެއް" ބަހައްޓަވެ. ހަމައެކަނި އެދޮރުން މީހުން ވައްދަނީ އެއްވެސް ނުރައްކާތެރި ހަތިޔާރެއް ނެތްކަން ކަށަވަރު ކުރުމުގެ ނަމުގައެވެ. ބޭނުމަކީ ހަތިޔާރު ހޯދުމެއް ނޫނެއެވެ. ބޭނުމަކީ އިދިކޮޅު ޚިޔާލެއް، ނުރުހުމުގެ ޝުޢޫރެއް ދެކަފި ފިކުރެއް އެއްވެސް ރައްޔިތެއްގެ ހިތުގައި އޮތަނުދީ ބިރުވެެރިކަން ޢާންމުކޮށްގެން ވެރިކަން ކުރުމެވެ.

އެންމެންނަށް ބިރުދައްކަން، ނުކުރާކަށް ވަކި ކަމެއް ނެތެއެވެ. ވަޑައިގަންނަވާ އިރު، ދެފަރާތުގައި، ދެބާސްކީލައިން ހަތިޔާރު ބަރުކޮށްގެން، މެޔަށް ފުޅިމަދު އަރުވައިގެން ބަޔަކު އަތުރާފައި ތިިބެއެވެ. އެމީހުންގެ ހެލިފެލިވުމާއި ހަރަކާތްތައް ހުންނަނީ ވެސް އިންސާނުންގެ ގޮތްތަކާ ދުރު، "ލަކުޑިއްޔަތާ" ގާތް، އެހާމެ ޓަރމިނޭޓަރ ވަންތަ ގޮތަކަށެވެ.

މިކަން މިހެން ބަޔަކު ކުރިޔަސް ރައްޔިތެއްގެ އަރުގައި މިނިވަން ކަމުގެ ރަހަ ހިނގާފައި އޮތުމަކީ އަދި މާބޮޑު، ފިސާރި އެހެން ކަމެކެވެ. އެއްފަހަރު މިނިވަންވެ ގަތުމުން ދެން ދައްކާ ބިރަކުން ކުރީގެ އަޅުވެތި ކަމަށް އެމީހުނެއް ނުގެންދެވެއެވެ. ކުޑަ ވަގުތު ކޮޅަކަށް ފިއްތާލެވިދާނެއެވެ. އެވަގުތުކޮޅު ވެސް ފިތިގެން އެތިބެނީ ފަހުން ފުއްޕާލުމަށް ބޭނުންވާ ހަކަތަ އެރައްޔިތުން ޖަމާކުރުމަށް ޓަކައެވެ. މިކަން ފަހުމު ނުވިއަތީވެ އެބަޔަކު މިއަދު އެތިބީ އެކުގައި މޮއްސުން ގޮސް ސޮއްސައިގެން ދިޔަހިސާބު ވެސް ނޭނގޭހާ އަޑީގައެވެ.

މިވާހަކަ ހަނދާނަށް މިއައީ، ދެއްކި ވާހަކައިގެ އަނެއްކޮޅު އަމުދުން މިދުވަސްވަރު މާގިނައިން ފެންނާތީއެވެ.

އެމްޑީޕީގެ ރައްވެހިފަތިސް ކެމްޕޭނުގައި ގައުމުގެ ރައީސް އާއި މަޖިލިސް ރައީސް މިހާރު ވަރަށް ގިނައިން އެބަފެނެއެވެ.

މިދެބޭފުޅުން ނިސްބަތްވަނީ ވެސް ކުރީގެ ދެވެރިން ފަދައިން އެއްޕާޓީ އަށެއެވެ. އެއީ އެމްޑީޕީއެވެ. ވެރިކަން އެކަންޏެއް ނޫނެއެވެ. މަޖިލިސްގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީއަށް އޮތީ ފިސާރި ފުޅާކޮށެވެ. އެހެން ވިޔަސް އޭރުގެ ގޮތްގަނޑު މިހާރަކު ނެތެވެ. އޮތް ތަފާތަކީ މީ އެހެން މުޑުވަކަކުން އެހެން ބާވަތެއްގެ ގޮވާމެއް ކުރާ ތަފާތު ވިސްނުމަކަށް ވާކަމެވެ.

ރައްޔިތުންގެ ވެރިކަމާއި އެއުރެންގެ އިޚްތިޔާރާއި ބާރުން ލާމަރުކަޒީ ހިންގުމަކީ، އެމްޑީޕީގެ ކުރިއަކުން ދެނެތިބެ ދެއްކި އަދި އަޑުއެހި ވާހަކަތަކެއް ނޫނެވެ. އިންސާނީ ހައްގާއި ގަދަރާއި ކަރާމާތް ހަމަހަމަ ކަމާއި އިންސާފާއި ޑިމޮކްރަސީ އަކީ ދަންނަ ބަސްތަކެއް ވެސް ނުމެ ނޫންމެއެވެ.

މިކިޔާލި ލިސްޓަކީ އެމްޑީޕީން ގެންގުޅޭ ލިސްޓެކެވެ. ލާމަރުކަޒީ ހިންގުމަކީ އެ ލިސްޓްގެ އައިޓަމެކެވެ. ގާނޫނީ ބާރާއެކު ކައުންސިލްތަކުން ހިންގާ ހިންގުން ފަށައިގަނެވެން މިދަނީ އަދި ކިރިޔާއެވެ. އެސަބަބައްޓަކާ ރާއްޖޭގެ ފުރަތަމަ ލާމަރުކަޒީ ރައީސުލްޖުމްހޫރިއްޔާ ޅ. ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުޙަންމަދު ޞާލިޙް އެހުންނެވީ ރައީސް ނަޝީދާ އެކު އެކަމުގައެވެ. ވައުދު ފުއްދުމާ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޛު ވީވަރާއި ނުވާ މިންވަރާއި ކުރިއަށް އޮތްބައި އަޅާ ކަނޑާ، ރަނުން ރަނަށް ހިސާބުކުރެއްވުމުގެ މަސައްކަތުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާޖިބަކީ ތަންފީޛު ކުރެއްވުމެވެ. އެކަމުގައި، އެމަނިކުފާނުގެ ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުންނަކީ ލާމަރުކަޒީ ނިޒާމަށް ފަރިތަ ބޭފުޅުނެވެ. ރައީސް ޞާލިޙް އާއި ރައީސް ނަޝީދު އެކުގައި މިހާރު ކުރިއަށް އެ ގެންދަވާ ރަށްވެހި ފަތިހުގެ މަސައްކަތަކީ އެހެން އެންމެނަށް ހުރި މިސާލެކެވެ. ކެންޑިޑޭޓުންނާ އެކު އެގޮތަށް މަަސައްކަތް ނުކުރެވޭ ލީޑަރުންގެ އަތުގައި ބާރު އޮތަސް ޑެލިވަރއެއް ނުކުރެވޭނެވެ. އެގޮތުން ނިމިދިޔަ ވެރިކަމަކީ މިއަދު މިފެންނަ ރަށްވެހި މިސާލީ ފަތިހުގެ ދިމާ އިދިކޮޅެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގައުމަށް ލާބައޮތް ގޮތަކީ ލާމަރުކަޒު ވުން، އެމްޑީޕީގެ ހުވަފެން، އެހުވަފެނުގެ ތައުބީރަކީ ރަށްވެހި ފަތިހަށް ފައްކާވެފައިވާ އެމްޑީޕީގެ ކެންޑިޑޭޓުން

ގައުމަށް ލާބައޮތް ގޮތަކީ ލާމަރުކަޒު ވުން، އެމްޑީޕީގެ ހުވަފެން، އެހުވަފެނުގެ ތައުބީރަކީ ރަށްވެހި ފަތިހަށް ފައްކާވެފައިވާ އެމްޑީޕީގެ ކެންޑިޑޭޓުން

02 މާރިޗު 2021
ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމުގެ ޚާއްސަ ޕްލޭން، އެކަށައެޅިފައި!

ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމުގެ ޚާއްސަ ޕްލޭން، އެކަށައެޅިފައި!

10 ނޮވެމްބަރު 2020
ހެޔޮ ވިސްނިއްޖެ! ލާމަރުކަޒީ ނިޒާމަށް އިދިކޮޅުގެ ތާއީދު

ހެޔޮ ވިސްނިއްޖެ! ލާމަރުކަޒީ ނިޒާމަށް އިދިކޮޅުގެ ތާއީދު

26 ފެބުރުއަރީ 2020
ލާމަރުކަޒީ ނިޒާމު: އަޑިގުޑަން ތަކާއެކު އެމްޑީޕީ ކުރި ދަތުރު

ލާމަރުކަޒީ ނިޒާމު: އަޑިގުޑަން ތަކާއެކު އެމްޑީޕީ ކުރި ދަތުރު

16 ޖެނުއަރީ 2020
ރައީސް ޔާމީނަށް ތާއީދުކުރާ ބަޔަކު އިންތިހާބުކޮށްގެން ލާމަރުކަޒީ ނިޒާމްގެ ފައިދާއެއް ނުނިކުންނާނެ!

ރައީސް ޔާމީނަށް ތާއީދުކުރާ ބަޔަކު އިންތިހާބުކޮށްގެން ލާމަރުކަޒީ ނިޒާމްގެ ފައިދާއެއް ނުނިކުންނާނެ!

04 ޖެނުއަރީ 2020

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު