Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަދީމުގެ މަރުގެ މައްސަލަ

ނަދީމުގެ މަރުގެ މައްސަލަ: މިއަދުގެ އަޑުއެހުމަށް ދައުލަތަށް ހެކީން ހާޒިރެއް ނުކުރެވުނު

ދައުވާ ލިބޭ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން 11 ހެކީން ހުށަހަޅާފައިވޭ، މިހާތަނަށް ނެގިފައިވަނީ އެންމެ ހަތަރު ހެކީންގެ ހެކިބަސް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2021 | ބުދަ 05:41
ވަޅިން ހަމަލާދީ މަރާލާފައިވާ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ، 23 އަހަރު)

ވަޅިން ހަމަލާދީ މަރާލާފައިވާ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ، 23 އަހަރު)

ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ، 23 އަހަރު)ގެ މަރުގެ މައްސަލައިގައި ދައުވާ ސާބިތުކުރުމަށް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމަށް ބުދަ ދުވަހަށް ތާވަލްކުރި އަޑުއެހުން ހެކީން ހާޒިރު ކުރެވިފައިނުވާތީ ހެކީން ހާޒިރުކުރުމަށް ދައުލަތަށް އިތުރު ފުރުސަތެއް ދެއްވައިފިއެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ގާނޫނީ ވަކީލު ވިދާޅުވީ، ނަދީމުގެ މަރުގެ މައްސަލައިގައި ބުދަ ދުވަހުގެ އަޑުއެހުމަށް ހެކީން ހާޒިރު ކުރުމަށް މައިގަނޑު ދައްޗަކަށް ދިމާވީ، ކޮވިޑް-19ގެ ހާލަތު މާލެ ސަރަައްދުގައި އިތުރަށް ގޯސްވެފައިވާތީއާއި މިފަހުން މާލެ ތެރެވެސް ހަލަބޮލިކަން ބޮޑުވުމުންކަމަށެވެ.

Advertisement - newsAdvertisement

ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ، ދައުވާ ލިބޭ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ޖުމްލަ 11 ސިއްރު ހެކި ހުށަހަޅާފައިވާއިރު، ނެގިފައިވަނީ ހަތަރު މީހެއްގެ ހެކިބަސް ކަމަށާއި ބާކީ 7 މީހެއްގެ ހެކިބަސް ނަގަން އެބައޮތް ކަމަށެވެ. އެހެންކަމުން އެންމެ އަޑުއެހުމަކުން އެ ހުރިހާ އެންމެންގެ ހެކިބަސް ނެގުމަށްވުރެ، އިތުރު އަޑުއެހުމެއް ބާއްވައި ދިނުމަށް އެދޭކަމަށެވެ.

މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމަށް މިހާރު އަޑުއެހުމެއް ތާވަލުކުރެވިފައިވަނީ މި ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހަށް ކަމަށެވެ. އަދި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ވެސް ދައުލަތުގެ ފަރާތުން ހުށަހަޅަފައިވާ ހެކީންގެ ހެކިބަސް ނެގުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށާއި ދިފާއީ ހެކީންގެ ހެކިބަސް ނެގުމަށް މާރޗު މަހުގެ އެއްވަނަ ދުވަހަށް އިތުރު އަޑުއެހުމެއް ބާއްވަން ނިންމަވާކަމަށެވެ.

ދިފާއީ ވަކީލުން ވިދާޅުވީ، ދައުލަތަށް ހެކީން ހާޒިރު ނުކުރެވިގެން، ގިނަ ފުރުސަތުތަކެއް ދެއްވަމުންދާއިރު، ދައުވާ ލިބޭ ފަރާތްތައް ގިނަ ދުވަސްތަކެއް ވަންދެން ޖަލު ބަންދުގައި ތިބޭއިރު، ދައުވާ ލިބޭ ފަރާތްތަކަށް ވެސް ލުއި ލިބެންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން، އެމީހުން ބަންދުން ދޫކޮށްލުމަށް ނުވަތަ އެންމެކުޑަމިނުން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށް ދިފާއީ ވަކީލުން ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުވާ ލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ޝަރީއަތުން ނިންމި ހާލަތު މިހާރު ވެސް ވުޖޫދުގައި އެބައޮތްކަމަށާއި، އެހެންކަމުން އެމީހުން ބަންދުގައި ބޭތިއްބުމަށް އެދޭކަމަށެވެ.

ގާޒީ ވިދާޅުވީ، އެމީހުންގެ ބަންދުގެ މުއްދަތު މުރާޖައާ ކުރާ އަޑުއެހުމެއް ކޯޓުގައި އެހެން ދުވަހަކަށް ތާވަލްކޮށްފައިވާކަމަށާއި އެހެންކަމުން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމާނީ އެއަޑުއެހުމުގައި ކަމަށެވެ.

ނަދީމް މަރުވެފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓަރމިނަލް ކެފޭތެރޭގައި ނަދީމް އިންދާ މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަޅިން ޙަމަލާދިނުމުގެ ސަބަބުންނެވެ. ނަދީމް މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، އޭގެ ދެ ދުވަސް ފަހުންނެވެ.

ނަދީމުގެ މަރުގެ މައްސަލާގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ އެންމެ މީހެއްގެ މައްޗަށެވެ. އެއީ ގ. ޝާރާޒް، މުހައްމަދު މަފާޒުގެ މައްޗަށެވެ. ނަދީމުގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ، ލ. ގަން، ވިދާތަރު، އަލީ ނިފާޒާއި ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިންގެ އިތުރުން، ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

ނަދީމުގެ މަރުގެ މައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ނިމުނު ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެއަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ދެ ހެކީންގެ ހެކިބަސް ނަގާފައިވެއެވެ. ސިއްރުކޮށް، އަދި އަޑުވެސް ބަދަލުކޮށްގެން، ހެކިބަސް ދެމުން އެ ދެ މީހުންވެސް ބުނެފައިވަނީ، ނަދީމުގެ ބޮލަށް ވަޅިން ހަމަލާދީފައިވަނީ، އެންމެފަހަރަކު ކަމަށާއި ހަމަލާދިނީ މަފާޒު ކަމަށެވެ. އަދި އެމަންޒަރު ވަރަށް ސާފުކޮށް ފެނިފައިވާ ކަމަށް ވެސް ހެކިބަސްދިން ދެމީހުން ވެސް ބުނެފައިވެއެވެ.

ހެކިބަސްދިން ދެ މީހުން ވެސް ބުނީ، ނަދީމަށް ހަމަލާދިނުމަށް ޓަރމިނަލް ކެފޭތެރެއަށް ވަނީ ދެމީހުން ކަމަށެވެ. އެއީ ނަދީމަށް ހަމަލާދިން މަފާޒާއި މަފާޒަށް އެހީތެރިވުމަށް ވަތް ނިފާޒު ކަމަށެވެ.

ހެކިބަސްދިން ދެމީހުން ވެސް ބުނެފައިވަނީ، ނަދީމަށް ހަމަލާދިންއިރު، އެ ދެމީހުން ތިބީ މޫނުމަތީ ސްކާފެއް ކަހަލަ އެއްޗެއް އަޅައިގެން ކަމަށާއި، ނަމަވެސް އެ ސްކާފް މޫނުމަތިން ނެއްޓުނު ވަގުތު، އެ ދެމީހުން ދެނެގަނެވުނު ކަމަށެވެ. އަދި އެ ދެމީހުން ދެނެގަނެވުނު މިންވަރާއި، ކަން ހިނގާދިޔަގޮތުގެ ތަފްސީލް، މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި ވާނެކަމަށް ވެސް ހެކިބަސްދިން ދެމީހުންވެސް ބުނެފައިވެއެވެ. ހެކިބަސްދިން މީހުން ބުނީ، މަފާޒާއި ނިފާޒު ޓަރނިނަލް ކެފޭ ތެރެއަށްވަދެ، ނަދީމަށް ހަމަލާދިނުމަށްފަހު، އެތަނުން ދިއުމާ ހަމައަށް ގާތްގަނޑަކަށް ފަސްވަރަކަށް މިނެޓް ވެސް ނުވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު