Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީއަކު ފިލުމުން އަމަލުކުރަން ޖެހޭ ގޮތް

ބިދޭސީއަކު ފިލައިފިނަމަ "މިސިންގ ޕަރސަން ރިކުއެސްޓް" ހުށަހެޅުމަށް އަންގައިފި

12 ފެބުރުއަރީ 2021 | ހުކުރު 08:12

މިމަހުގެ 15ން މަރޗް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އަޕްޑޭޓް ކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 12 ފެބުރުއަރީ 2021 | ހުކުރު 08:12
ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންތަކެއް، އެމީހުން ގައުމަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން

ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންތަކެއް، އެމީހުން ގައުމަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެ ނަމަ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "މިސިންގ ޕަރސަން ރިކުއެސްޓް" ހުށަހެޅުމަށް އަންގައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، ރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެނެސްފައިވާ ބިދޭސީއަކު، ވަޒީފާ ދޭ ފަރާތަށް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އެކަން އެ މިނިސްޓްރީއަށް ރިޕޯރޓް (މިސިންގ ރިޕޯރޓް) ކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މިސިންގ ރިޕޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "މިސިންގ ޕަރސަން ރިކުއެސްޓް" ހުށަހަޅައިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާތަނަށް މިސިންގ ރިޕޯޓްކޮށްފައިވީ ނަމަވެސް (ސިޓީ އަދި ފޯމްގެ ޒަރީއްޔާއިން ރިޕޯޓްކޮށްފައިވާ)، އެ ބިދޭސީންގެ ރެކޯޑްތައް އެކްސްޕެޓް ސިސްޓަމްގައި އަޕްޑޭޓްކުރެވިފައި ނުވާ ރިކޯޑްތައް އަޕްޑޭޓްކުރުމަށް ވަޒީފާ ދޭ ފަރާތްތަކަށް، މިމަހުގެ 15ން މަރޗް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ބިދޭސީންގެ ދަފްތަރެއް ނެތުމާއެކު ރާއްޖޭގައި ދިރިއުޅެމުންދަނީ ކިހާ އަދަދެއްގެ ބިދޭސީންކަމެއް އެއްވެސް މިނިސްޓްރީއަކަށް އަދި އެއްވެސް މުއައްސަސާއަކަށް ވެސް ނޭނގެއެވެ. އަދި ގަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާއިރު، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.

އެގޮތުން ބިދޭސީން ރެގިއުލޭޓްކޮށް، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތާއި، ބިދޭސީންގެ ރުހުމުގައި އެމީހުން ގައުމަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރެއެވެ.

ދާދި ފަހުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވީ މިއަހަރެކޭ އެއްފަދައިން 2021 ވަނަ އަހަރުވެސް ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. މިހާތަނަށް ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން 7000ށް ވުރެ ގިނަ މީހުން ވަނީ އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައެވެ. އަދި ލިޔެކިޔުންތައް އޮވެ ގައުމަށް ދާން ބޭނުންވާ 8000 މީހުން ގައުމަށް ފޮނުވާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

11 އޯގަސްޓު 2017

ކަރެކްޝަންސްގެ ބަންދުގައި ތިބި ފަސް ބިދޭސީއަކު ފިލައިފި

11 އޯގަސްޓު 2017
ކަރެކްޝަންސްގެ ބަންދުގައި ތިބި ފަސް ބިދޭސީއަކު ފިލައިފި
18 ޖުލައި 2017

މަގުމަތިން ބިދޭސީއެއްގެ އަތުން ތިން ލައްކައެއްހާ ރުފިޔާ ތިން ބިދޭސީއަކު ވެގެން ފޭރިގަނެފި

18 ޖުލައި 2017
މަގުމަތިން ބިދޭސީއެއްގެ އަތުން ތިން ލައްކައެއްހާ ރުފިޔާ ތިން ބިދޭސީއަކު ވެގެން ފޭރިގަނެފި
16 ޖުލައި 2017

90،000 އަށް ވުރެ ގިނަ ޑޮލަރާއެކު އެއާޕޯޓުން ބިދޭސީއަކު ހައްޔަރުކޮށްފި

16 ޖުލައި 2017
90،000 އަށް ވުރެ ގިނަ ޑޮލަރާއެކު އެއާޕޯޓުން ބިދޭސީއަކު ހައްޔަރުކޮށްފި
22 ޖޫން 2017

ޕޮލިސް ފްލެޓް އިމާރާތްކުރަން އުޅުނު ބިދޭސީއަކު އިމާރާތުގެ މަތިން ވެއްޓި މަރުވެއްޖެ

22 ޖޫން 2017
ޕޮލިސް ފްލެޓް އިމާރާތްކުރަން އުޅުނު ބިދޭސީއަކު އިމާރާތުގެ މަތިން ވެއްޓި މަރުވެއްޖެ
22 ޖޫން 2017

އިއްސެގެ މަރާ ގުޅިގެން އިތުރު ބިދޭސީއަކު ހައްޔަރުކޮށް ހަ ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި

22 ޖޫން 2017
އިއްސެގެ މަރާ ގުޅިގެން އިތުރު ބިދޭސީއަކު ހައްޔަރުކޮށް ހަ ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި
16 ޖޫން 2017

އިހަވަންދޫގައި މަރާލި މީހާގެ މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި

16 ޖޫން 2017
އިހަވަންދޫގައި މަރާލި މީހާގެ މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި
30 މާރިޗު 2017

ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

30 މާރިޗު 2017
ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް