Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ ސައްލާ

އެން ހިމާޔަތްކުރާ ސަރަހައްދުތަކެއް ކަނޑައަޅާ އެންވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރުމަށް ފިޝަރީޒް މިނިސްޓްރީން ގިނަ ޕްލޭންތަކެއް

11 ފެބުރުއަރީ 2021 | ބުރާސްފަތި 23:18

ރާއްޖޭގެ އެންވެރިން މަސް ދަމާއިރުގައި އަމަލުކުރާގޮތުގެ ސަބަބުން އެން މަރުވާކަން މިނިސްޓްރީއިން ފާހަގަކުރޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 11 ފެބުރުއަރީ 2021 | ބުރާސްފަތި 23:18
ރާއްޖޭގެ މަސް ދޯންޏެއްގައި ދޮށީގެ މަސްވެރިކަން ކުރާ މަންޒަރު

ރާއްޖޭގެ މަސް ދޯންޏެއްގައި ދޮށީގެ މަސްވެރިކަން ކުރާ މަންޒަރު

ރާއްޖޭގައި އެންވެރިކަން މިހާރު ކުރަމުންދާގޮތުމުގެ ސަބަބުން އެންވެރިކަމުގެ މަސައްކަތައް ދިމާވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށާއި، ދެމެހެއްޓެނިވިގޮތެއްގައި އެންވެރިކަން ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެދިއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީއާއި ރާއްޖެ ޓީވީ ގުޅިގެން ގެނެސްދޭ "މަސްވެރިންގެ ސައްލާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ވަނީ ރާއްޖޭގައި މަސްބޭނުމަށް އެންވެރިކަން ކުރާގޮތުގެ ސަބަބުން އެން އާލާވުމުގައި ދަތިތައް ދިމާވަމުންދާކަމަށް ބުނެފައެވެ. އެގޮތުން ދޯނި ފަހަރުގެ ސައިޒު ބޮޑުވުމާއެކު އެން ނަގާ މިންވަރު އިތުރުވެފައިވާއިރު، ފަރުތަކުގެ ކައިރީގައި އާލާވާ އެންފަދަ ދިރުމަށް ބެލުމެއް ނެތި ބައެއް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ސަބަބުން އެން އާލާވުން ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް މަދުވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީއިން ހާމަކުރެއެވެ. ފިޝަރީޒް މިނިސްޓްރީއިން ވަނީ ރާއްޖެއަކީ ދޮށީގެ މަސްވެރިކަން ކުރާ ޤައުމުތަކުގެ ތެރެއިން އެމުން އެންމެ އިސްރާފު ބޮޑު ޤައުމުކަން ދިރާސާތަކުން ދައްކާކަމަށް ބުނެފައެވެ. އެގޮތުން ރާއްޖޭގައި 1 ކިލޯގެ އެމުން ބޭނެނީ އެންމެ 11 ކިލޯގެ މަސްކަމުގައި ވާއިރު، ބައެއް ޤައުމުތަކުން މިއަދަދު 90އާއި ހަމައަށް އަރާކަމަށް މެރިން ރިސާޗްގެ ފަރާތުން ވާހަކަދެއްކެވި ރައްޒާގު ޖައުހަރީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އެންވެރިން މަސް ދަމާއިރުގައި އަމަލުކުރާގޮތުގެ ސަބަބުންނާއި ވަތައް އެން ލުމަށްފަހު އަމަލުކުރާގޮތުން އެމަށް އޮކްސިޖަން ނުލިބެ އެން މަރުވަމުންދާކަމަށާއި، އަލިގަދަ ލައިޓްތައް ބޭނުންކޮށްގެން ރޭގަނޑުގެ ވަގުތުގައި އެންދެމުމުގެ ސަބަބުން ވަތައް އަޅާ އެމާއި، ކަނޑުގައި ބާކީތިބި އެންތައް އަދި މުރަކަތަކާއި ގައުތަކަށް ގެއްލުންވާކަމަށް ރާއްޖޭގެ ތިން ސަރަހައްދަކުން ޕްރޮގްރާމްގައި އޮންލައިންކޮށް ބައިވެރިވި މަސްވެރިން ފާހަގަކުރިއެވެ. މީގެ އިތުރުން ޑައިވްކޮށްގެން އެންނެގުމުގެ މަސައްކަތަކީ ވެސް މިއަދު ދެމެހެއްޓެނިވިގޮތެއްގައި އެންވެރިކަން ކުރުމަށް ދިމާވާ ދައްޗެއްކަމަށް މަސްވެރިން ފާހަގަކުރިއެވެ.

ރާއްޖޭގައި އެންވެރިކަން މިހާރު ކުރަމުންދާގޮތުމުގެ ސަބަބުން އެންވެރިކަމުގެ މަސައްކަތައް ދިމާވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށާއި، ދެމެހެއްޓެނިވިގޮތެއްގައި އެންވެރިކަން ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ގިނަ ޕްލޭންތަކެއް ގެންގުޅޭކަން މި ޕްރޮގްރާމްގެ ތެރެއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ޕްރޮގްރާންގެ ތެރެއިން ވާހަކަދައްކަވަމުން، ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ އަހުމަދު ޝިފާޒް ވިދާޅުވީ، އެންވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލުމަށް އެކި ދާއިރާތަކުން އުސޫލުތައް އެކުލަވާލުމަށް ތައްޔާރުވަމުންދާކަމަށެވެ. އެހެންނަމަވެސް މި މަސައްކަތުގެ އެންމެ އެކަށޭނަ ނަތީޖާއެއް ނިކުންނާނީ ދިވެހި މަސްވެރިންގެ އެއްބާރުލުމާއި އެކުކަމަށް ޝިފާޒް ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން ރާއްޖޭގައި އެންދަމާ ތަންތަން ދެނަގަނެ އެތަންތަނުގެ ދަފްތަރެއް އެކުލަވާލާނެކަމަށް ޝިފާޒް ވިދާޅުވިއެވެ. އެތަންތަން ދެނެގަތުމުން ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރު މިކަމަށް ރިޢާޔަތްކޮށް މަސައްކަތްކުރެވޭނެކަމަށް ޝިފާޒް ވިދާޅުވިއެވެ. ރާއްޖޭގައި އެންވެރިކަން އޮންނަ ގޮތުން އެއިރެއްގައި އެންވެރިކަން ރަނގަޅު ދިމާލަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެންވެރިކަން ކުރުމަށްގޮސް އަވަސް މުއްދަތެއްގެ ތެރޭގައި އެން ހުސްވެ ބައެއް ދޯނިތަކަށް އެން ނުލިބޭ މައްސަލަ ގިނަ ވަމުންދާކަމަށް އޭނާވިދާޅުވިއެވެ. މި މައްސަލަ ހައްލުކުރުމަށް އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން އެން އާލާވާ ތަންތަނުގެ ގޮތުގައި ފާހަގަވާތަންތަނުގެ ތެރެއިން ބައެއް ތަންތަނުގައި އެން އާލާވިޔަ ދިނުމަށް އެތަންތަން ހިމާޔަތްކުރުމަށް ފިޝަރީޒް މިނިސްޓްރީއިން ވިސްނަމުންދާކަމަށް ޝިފާޒު ވިދާޅުވިއެވެ.

ރާއްޖޭގެ އެންވެރިން މަސް ދަމާއިރުގައި އަމަލުކުރާގޮތުގެ ސަބަބުން އެން މަރުވާ މައްސަލަ ހައްލުކުރުމަށް މިކަން އެންމެ އެކަށޭނަގޮތެއްގައި ކުރާނެގޮތް ކިޔާދިނުމަށް ޕްރޮގްރާމްތައް ހިންގުމާއި، އަތޮޅުތަކުގެ އެންދެމުމުގެ ކަންތައްތައް ކުރިއަށްދާގޮތް ލާމަރުކަޒީ ނިޒާމަކުން ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އަލިގަދަ ލައިޓްތައް ބޭނުންކޮށްގެން ރޭގަނޑުގެ ވަގުތުގައި އެންދެމުމުގެ ސަބަބުން އެން މަރުވާ މައްސަލަ ހައްލުކުރުމަށް ރޭގަނޑު އެން ދަމަން ގެންގުޅޭ ލައިޓްތަކުން ކުރާ އަސަރު ދެނެގަތުމަށް ތަފްސީލީ ދިރާސާތަކެއްކޮށް އުސޫލުތައް ކަނޑައަޅަން ޖެހިއްޖެނަމަ އެކަން ވެސް ކުރައްވާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ފިޝަރީޒް މިނިސްޓްރީއިން ވަނީ، އެންވެރިކަމާއި ބެހޭ މެނޭޖްމަންޓް ޕްލޭނެއް ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ގެޒެޓްކުރާނެކަން ވެސް ހާމަކޮށްފައެވެ. އަދި އެންނެގުމަށް ވައި ފުޅި އަޅައިގެން ޑައިވް ކުރެވޭނީ 40 މީޓަރު އަޑިއަށްކަމަށާއި، ޑައިވްކުރެވޭނީ އެކަމުގެ ތަމްރީން ލިބިފައިވާ ފަރާތްތަކަށް އެކަނިކަމަށް ކަނޑައަޅާ އެކަމަށް 30 އޮގަސްޓް 2021 ގައި އަމަލުކުރާނެކަން ވެސް ފާހަގަކޮށްފައިވެއެވެ. ރާއްޖޭގައި އެންވެރިކަން ކުރުމަށް ތަމުރީނެއް ނުލިބި ޑައިވްކުރުމާއި 40 މީޓަރަށް ވުރެ ފުނަށް ޑައިވްކުރުމުން ހިތާމަވެރި ހާދިސާތަކެއް ހިނގަމުންދާކަން އެ މިނިސްޓްރީއިން ފާހަގަކުރެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް