Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކ. ފުށިދިއްގަރު ފަޅު: ޖިހާދަށް ދައުވާ ކުރުން

ފުށިދިއްގަރު ފަޅުގެ މައްސަލަ: ދައުވާއަށް ޖިހާދު އިންކާރުކުރައްވައިފި

10 ފެބުރުއަރީ 2021 | ބުދަ 05:01

ދައުލަތުން ހެކީންގެ ގޮތުގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ބޭރު މީހެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 ފެބުރުއަރީ 2021 | ބުދަ 05:01
ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީކުރުމާގުޅޭ ގޮތުން ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާ މައްސަލާގައި ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އެމަނިކުފާނު އިންކާރު ކުރައްވައިފިއެވެ.

މި މައްސަލާގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ގާނޫނީ ވަކީލު ދައުވާ އިއްވުމުން ޖިހާދު ވިދާޅުވީ، ދައުވާ ސާފުވެއްޖެ ކަމަށާއި އަދި ދައުވާއަށް އިންކާރު ކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ދައުވާއަށް ޖިހާދު އިންކާރުކުރެއްވުމާ ގުޅިގެން، ދައުލަތުގެ ފަރާތުން ވަނީ ޖިހާދުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ޝަފަވީ ހެކީންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން މި މައްސަލައާ ގުޅުންހުރި ބޭރު މީހެއް ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ޖިހާދު ދެއްވާފައިވާ ބަޔާނާއި، ނޭޝަނަލް ޕްލޭނިންގ ކައުންސިލުންނާއި ވަޒީރުންގެ މަޖިލީހުން ކ. ފުށިދިއްގަރުފަޅާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތައް ވެސް ހުށަހަޅާފައިވެއެވެ.

ޖިހާދުގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅުއްވުމުގެ ފުރުސަތު މި މައްސަލަ ބައްލަވާ ގާޒީ ޙުސައިން ފާއިޒް ރަޝާދު ދެއްވުމުން، ދިފާއީ ވަކީލު ވިދާޅުވީ މި އަޑުއެހުމަށް ވަޑައިގެންނެވީ ހެކި ހުށަހެޅުއްވުމަށް ތައްޔާރުވެވަޑައިގެން ނޫންކަމަށާއި ލިޔުމުން ހެކި ހުށަހެޅުމުގެ ފުރުސަތެއް ދެއްވުން އެދޭ ކަމަށެވެ. އެހެންކަމުން ގާޒީ ވަނީ ލިޔުމުން ހެކި ހުށަހެޅުއްވުމަށް ތިން ދުވަހުގެ ފުރުސަތެއް ދެއްވާފައެވެ.

މީގެ އިތުރުން ގާޒީ ވަނީ، މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ނިންމަވާފައެވެ. އަދި ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް 14 ދުވަހުގެ ތެރޭގައި ހުށަހެޅުއްވުމަށް ވެސް ގާޒީ ދެންނެވިއެވެ. އަދި ދެން ބޭއްވޭ އަޑުއެހުމުގައި އޮންނާނީ، އެ ހުށަހެޅުންތަކާމެދު ވާހަކަ ދެއްކުންކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައަކީ މަދަނީ މިންގަނޑު ކުރިއަށް ގެންދެވޭނެ ދައުވާއެއްކަމަށް ގާޒީ ނިންމެވުމުން، ދިފާއީ ވަކީލު ވަނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ވެސް ކުރިއަށް ގެންދެވޭ މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ.

ޖިހާދުގެ ގާނޫނީ ވަކީލަކީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިންއެވެ.

ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލު ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަޙުޤީޤުކޮށް ދައުވާ ކުރުމަށް ޕޮރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީކުރުމާ ގުޅޭ ގޮތުން ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާ ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާކަަމަށް ބުނެ, އެ މައްސަލަ ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އެކުންފުނީގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

އެކަމާ ގުޅިގެން އެޓަރނީ ޖެނެރަލް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާއި ދެމެދު ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމާ ދިވެހި ސަރުކާރުން ޚިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާކަން އެކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ. އެގޮތުން 18 ޑިސެމްބަރ 2019 ގައި އެ ކުންފުނިން މި މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކ. ފުށިދިއްގަރު ފަޅު ތަރައްޤީކުރުމުގެ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 18 ޖެނުވަރީ 2013 ގައެވެ. އެކަން ހިނގާފައިވަނީ ޖިހާދު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރުއެވެ.

މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ.ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް 29 ނޮވެމްބަރު 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމި ކަމަށެވެ. އަދި އެ ނިންމުމުގައި އޮތީ، މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދު ކުރަން ނުޖެހޭ ގޮތަށް، އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބޭ ގޮތަށް ކަމަށެވެ.

އެހެން ނަމަވެސް، ފިނޭންސް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވައި ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ޚިލާފަށް ޖިހާދު ވަނީ 50 އިންސައްތައިގެ ބަދަލުގައި 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު، އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.

ޕީޖީ އޮފީހުން ބުނީ އެކަމުގައި، ޖިހާދު ޢަމަލު ކުރައްވާފައިވާ ގޮތުން، ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިސާއިން ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604،713،750 އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށެވެ.

އޭގެ އިތުރުން، ދައުލަތުގެ 50 ޕަސެންޓް ހިއްސާގެ ބަދަލުގައި 25 ޕަސެންޓް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބުނު ގެއްލުން ވެސް ބޮޑުކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، 50 އަހަރު ތެރޭގައި ބިމު ކުލީގެ ގޮތުގައި 411،720،000 އެމެރިކާ ޑޮލަރު ލިބެން އޮތް ތަނެއްގައި އަބްދުﷲ ޖިހާދު ނިންމެވި ގޮތުގެ ސަބަބުން އެއްވެސް ފައިސާއެއް ދައުލަތަށް އެ މަގުންވެސް ލިބިފައި ނުވާ ކަމަށެވެ. އަދި "ޕްރައިމް ލޮކޭޝަން ޗާރޖް" ގެ ގޮތުގައި ލިބެންޖެހޭ 192،993،750 އެމެރިކާ ޑޮލަރުގެ ތެރެއިން ވެސް އެއްވެސް ފައިސާއެއް ލިބިފައި ނުވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް