Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާގިލްގެ މަރުގެ މައްސަލަ

އާގިލްގެ މަރުގެ މައްސަލަ: އާދިއްތަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފި

6 ފެބުރުއަރީ 2021 | ހޮނިހިރު 08:23

އަޑުއެހުން ތާވަލުކޮށްފައިވަނީ 11:00ށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ފެބުރުއަރީ 2021 | ހޮނިހިރު 08:23
އާގިލްގެ މަރުގެ މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގެ ތެރެއިން

އާގިލްގެ މަރުގެ މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގެ ތެރެއިން

ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (18އ) މަރާލި މައްސަލައިގައި ދައުލަތުން ދަޢުވާ ކޮށްފައިވާ މީހުންގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އެންމެފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ، މިދިޔަ ޑިސެމްބަރު މަހު 31 ވަނަ ދުވަހުއެވެ. އެ އަޑުއެހުމަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބުނާގޮތުން، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަންޖެހޭތީ އާއި އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންޖެހޭތީ، އެ މާއްދާގެ ދަށުން ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ގާޒީ ވަނީ އެ މީހުންގެ ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ދަމަހައްޓާފައެވެ.

Advertisement - newsAdvertisement

އާގިލް މަރާލި މައްސަލައިގައި ދައުލަތުން ދަޢުވާ ކޮށްފައިވާ ތިން މީހުންނަކީ، ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ، ސްވޭހުހީނާގެ، މިޖުވާދު މާލިކު އިބްރާހީމްގެ އިތުރުން، ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށެވެ.

އާގިލް މަރާލި މައްސަލައިގައި، ހަމްދޫން ހަމްޒަތާއި މިޖުވާދު މާލިކުގެ މައްޗަށް އުފުލާގައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. އިބްރާހީމް ވިޝާމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުުގެ ކުށުގެ ދަޢުވާއެވެ.

ވިޝާމުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، ވ. ފުލިދޫން މާލެއަށް އާގިލް އައި ލޯންޗު ހަމަޖައްސައިދީ އެ ދަތުރުގެ މަޢުލޫމާތު އެދެ މީހުންނަށް ފޯރުކޮށްދިނުމުންނެވެ.

އާގިލް މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ރޭ އެމް.އެމް.އޭ. ސަރަޙައްދަށް އާގިލް ދަތުރުކުރި ލޯންޗް ކައިރިކުރިތަނުންނެވެ.

އާގިލަށް ފަރުވާދިނުމަށް ގެންދިޔަ އޭޑީކޭ އޮސްޕިޓަލުން އޭރު ބުނެފައިވާ ގޮތުގައި އާގިލް އެ ހޮސްޕިޓަލަށް ގެނައީ އެ ރޭގެ 7:30 ހާއިރުއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނައިއިރު ވެސް މަރުވެފައިވާ ކަމަށެވެ.

އާގިލްގެ މަރުގެ އިތުރުން، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފް މަރާލީ ގޭންގް މާރާމާރީތަކުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެ ނޫންވެސް ގިނަ މާރާމާރީތަކާއި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހުން މެރުމުގެ ގިނަ މައްސަލަތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިގެންދިޔައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ބައެއް އިސްވެރިން، ގޭންގްތަކާ ގުޅުން އޮންނަކަމުގެ ތުހުމަތުތަކާއެކު މަރުގެ ބައެއް މައްސަލަތަކާއި ބޮޑެތި ޖަރީމާތައް ހިންގަމުންދާކަމަށް ވެސް ރައީސް ޔާމީންގެ ސަރުކާރުގެ ބައެއް އިސްވެރިންގެ މައްޗަށް ތުހުމަތު ކުރެވިފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް