Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުޑަކުދިންނަށް ކުރާ އަނިޔާ

ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަމުން ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް!

4 ފެބުރުއަރީ 2021 | ބުރާސްފަތި 08:48

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލަ ސެޕްޓެމްބަރު މަހު ވަނީ ރިޕޯޓުކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 ފެބުރުއަރީ 2021 | ބުރާސްފަތި 08:48
ކުޑަކުދިންނަށް ކުރާ އަނިޔާ ރަމްޒުކޮށްދޭ ފޮޓޯއެއް

ކުޑަކުދިންނަށް ކުރާ އަނިޔާ ރަމްޒުކޮށްދޭ ފޮޓޯއެއް

ކުޑަކުދިންނަށް ކުރާ އަނިޔާގެ ވާހަކައަކީ އަބަދުވެސް އެންމެ ހޫނުކޮށް ދެކެވެމުން އަންނަ ވާހަކައެކެވެ. އެކުދިންނަށް އާއިލާގެ ތެރެއިންނާއި އާއިލާއިން ބޭރުން ތަފާތު އެކިއެކި އަނިޔާތައް ލިބެމުންދާއިރު މިކަމާއި މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

އޭގެ ތެރޭގައި އެކަމާ ދެކޮޅަށް އަޑު އުފުލުމާ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން އިސްނަގައިން ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ވެސް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން ސަރުކާރާ، ރައްޔިތުންގެ މަޖިލީހުން ވެސް މިކަން ހުއްޓުވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދެއެވެ.

އެގޮތުން ސެޕްޓެމްބަރު 2020 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 238 މައްސަލަ ރިޕޯޓުކޮށް އެޓެންޑް ކޮށްފައިވާކަމަށް އެ މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކައެވެ.

މީގެ ތެރެއިން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލަ ސެޕްޓެމްބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 44 މައްސަލަ ރިޕޯޓުކޮށްފައި ވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 29 މައްސަލައެއް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ، ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ވެސް ޖެންޑަރ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ނަފްސާނީ ހާނިއްކައިގެ 5 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ އަދި ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ ހަމަ އެކަނި ސެޕްޓެމްބަރު މަހުގައި ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން ޖެންޑަރ އިން ވަނީ އޮކްޓޫބަރު މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކާ އެ މައްސަލަތަކުގެ ތަފްސީލު އާއްމުކޮށްފައެވެ. އެ މިނިސްޓްރީން ބުނީ ޖުމުލަ 257 މައްސަލަ ރިޕޯޓުކޮށް އެޓެންޑް ކޮށްފައިވާކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 135 މައްސަލަ އޮކްޓޫބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި އަދަދަކީ ސެޕްޓެމްބަރު މަހާއި އަޅައިބަލާއިރު 29 މައްސަލަ އިތުރު އަދަދެކެވެ.

ޖެންޑަރއިން އިތުރަށް ބުނީ މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 43 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 38 މައްސަލަ، އަދި ޖިސްމާނީ ހާނިއްކައިގެ 24 މައްސަލަ ވަނީ އެ މިނިސްޓްރީއަށް ރިޕޯޓު ކުރެވި، އެޓެންޑް ވެސް ކުރެވިފައެވެ.

އަދި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 4 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑަރއިން ބުނެއެވެ. އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ އަދި އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ ވެސް އޮކްޓޫބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ.

މި އަދަދުތައް އެކަނި ބަލާލުމުން ވެސް ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވެފައިވާ މިންވަރު ހާމަވެގެންދެއެވެ. އެކުދިން ރައްކާތެރިކޮށް ބަލަން ތިބޭ މީހުންގެ ފަރާތުން މިފަދަ އަމަލުތައް ފެނުމަކީ އެކުދިން ބޮޑުވެގެން އަންނަ އިރު ދެވޭ ވަރަށް ވެސް ނުރަނގަޅު މެސެޖެކެވެ.

މިއަދުގެ ކުޑަކުދިންނަކީ މާދަމާ މިގައުމުގެ ހުންގާނުގައި ހިފައި މި ގައުމު ކުރިއަރުވަން ތިބޭނެ މީހުންނެވެ. ނަމަވެސް އެކުދިންގެ މުސްތަޤުބަލް ވިއްސިވިލާހިކޮށް ފުނޑުފުނޑު ވެގެންދާއިރު ބައެއް ފަރާތްތަކުން މަންޒަރު ބަލަން ތިބުމަކީ އިންތިހާއަށް ހިތާމަކޮށް ކަންބޮޑުވާންޖެހޭ ކަމެކެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

14 ޖޫން 2017

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!
09 ޖޫން 2017

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!
19 މެއި 2017

ހައްޖާއި އުމަރާ އަށް ވެސް ވަގު ހަދަނީ!

19 މެއި 2017
ހައްޖާއި އުމަރާ އަށް ވެސް ވަގު ހަދަނީ!
26 އެޕްރީލު 2017

ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!

26 އެޕްރީލު 2017
ދަރީންނަށް ތިޔަ ދަސްކޮށްދެނީ އަނިޔާވެރިކަމެވެ!
25 އެޕްރީލު 2017

ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން

25 އެޕްރީލު 2017
ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލުން - ޓައިމްލައިން
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް