Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑުން ނުވަ ލަނޑު ޖެހިއިރު، އާސެނަލް ބަލިވެއްޖެ

ސައުތެމްޓަން އަތުން ޔުނައިޓެޑް މޮޅުވީ 9-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2021 | ބުދަ 06:36
ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 9-0 ން

ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 9-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސައުތެމްޓަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ކުރިން ހަދާފައިވާ ރިކޯޑަކާ ހަމަކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ސައުތެމްޓަން ކޮޅަށް ޔުނައިޓެޑުން ނުވަ ލަނޑު ޖެހިއިރު، 1995 ވަނަ އަހަރު އެ ޓީމުން ވަނީ ޕްރިމިއާ ލީގުގައި އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވުމުގެ ރިކޯޑު ހަދާފައެވެ. އެއީ އެ އަހަރު އިސްޕްވިޗް ޓައުން އަތުން 9-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި 2019 ވަނަ އަހަރު ލެސްޓާ ސިޓީން ވަނީ 9-0 ން ސައުތެމްޓަން ބަލިކޮށް މި ރިކޯޑާ އެއްވަރުކޮށްފައެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗުގައި ސައުތެމްޓަނަށް މައްސަލަތަކެއް ދިމާވީ މެޗު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުގެ އަލެކްސަންޑަ ޔަންކެވިޓްޒަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އެއާއެކު ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އާރޮން ވަން-ބިސާކާ އާއި، މާކަޝް ރަޝްފޯޑާއި، އެޑިންސަން ކަވާނީއެވެ. އަދި މި ހާފުގައި ޔުނައިޓެޑުން ޖެހި ތިންވަނަ ލަނޑަކީ ސައުތެމްޓަނުގެ ޔެން ބެޑްނަރެކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގައި އެންތަނީ މާޝިއަލް އާއި ސްކޮޓް މެކްޓޮމިނޭ ޔުނައިޓެޑަށް އިތުރު ދެ ލަނޑު ޖަހާދީފައި ވަނިކޮށް ސައުތެމްޓަނުގެ ޔެން ބެޑްނަރެކަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އެއާއެކު ސައުތެމްޓަނުގެ ދެ ކުޅުންތެރިން މަދުވުމުގެ ފައިދާނަގައި ޔުނައިޓެޑުން އިތުރު ތިން ލަނޑު ޖެހިއިރު، މި ލަނޑުތައް ޖަހައިދިނީ ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް އާއި، މާޝިއަލް އަދި ޑެނިއަލް ޖޭމްސްއެވެ.

މި މޮޅާއެކު ޔުނައިޓެޑުން ވަނީ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ސިޓީއަށް 20 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑުން އެ އަދަދަށް ޕޮއިންޓް ހަމަކުރީ 22 މެޗުނެވެ. އަދި ތިންވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް 21 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.

މީގެ އިތުރުން ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ވުލްވްސްއިން ވަނީ ފަހަތުން އަރައި އާސެނަލް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އާސެނަލުންނެވެ. މެޗުގެ 32 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭރިއާތެރެއިން ވުލްވްސްގެ ވިލިއަން ހޯސޭއަށް ކުރި ފައުލަކާ ގުޅިގެން އާސެނަލުގެ ޑޭވިޑް ލުއިޒަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެއާއެކު ލިބުނު ޕެނަލްޓީން ވުލްވްސްއަށް ނަތީޖާ އެއްވަރުކޮށްދިނީ ރުބެން ނެވޭސްއެވެ.

އަދި މި މެޗުގައި ވުލްވްސްއިން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔާއޯ މުޓީނިއޯއެވެ. އަދި އާސެނަލުން މި މެޗު ނިންމާލާފައިވަނީ ނުވަ ކުޅުންތެރިންނާއެކުއެވެ. އެއީ މެޗުގެ 72 ވަނަ މިނެޓުގައި އެ ޓީމުގެ ގޯލްކީޕަރު ބާން ލޭނޯ އޭރިއާ ބޭރުން ބޯޅައިގައި އަތްލުމުން، އޭނާއަށް ސީދާ ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ.

މި ނަތީޖާއާއެކު ތާވަލުގެ 10 ވަނައިގައި އާސެނަލް އޮތީ 21 މެޗުން 31 ޕޮއިންޓާއެކުއެވެ. އަދި އާސެނަލް ބަލިކުރި ވުލްވްސް އޮތީ ތާވަލުގެ 14 ވަނައިގައި 22 މެޗުން 26 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު