Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނަސްގެ މަރުގެ މައްސަލަ

އަނަަސްގެ މަރުގެ މައްސަލަ: ދަޢުވާ ލިބޭ މީހަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސްފައިވާތީ އަޑުއެހުން ކެންސަލްކޮށްފި

1 ފެބުރުއަރީ 2021 | ހޯމަ 03:10

ޑޮކްޓަރުންގެ ލަފަޔާއެކު ލޮލުގެ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ ޖުނައިޙް އަބްދުﷲ ކަމަށްވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ފެބުރުއަރީ 2021 | ހޯމަ 03:10
އަނަސްގެ މަރުގެ މައްސަލައިގައި ދާދިފަހުން ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީޢަތުގެ އަޑުއެހުމުގެ ތެރެއިން

އަނަސްގެ މަރުގެ މައްސަލައިގައި ދާދިފަހުން ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީޢަތުގެ އަޑުއެހުމުގެ ތެރެއިން

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކުރުމަށްފަހު ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ، އެ އަޑުއެހުން ކެންސަލް ކުރީ، އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދަޢުވާކުރާ މީހުންގެ ތެރޭގައި ހިމެނޭ މީހަކު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސްފައިވާތީކަމަށެވެ.

Advertisement - newsAdvertisement

މަޢުލޫމާތު ލިބިފައިވާގޮތުގައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސްފައިވަނީ ޖުނައިޙް އަބްދުﷲ އެވެ. އޭނާ ރާއްޖެއިން ބޭރަށް ފޮނުވީ ޑޮކްޓަރުންގެ ލަފަޔާއެކު، ލޮލުގެ ބޭސްފަރުވާއަކަށް ކަމަށްވެއެވެ.

އެންމެފަހުން އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ވަނީ ސިއްރު ނޫން ހެކިވެރިންގެ ތެރޭގައި ހިމެނޭ މޫސާ ސިލްވީނުގެ ހެކިބަސް ނަގާފައެވެ. މޫސާ ސިލްވީނަކީ މި މައްސަލައިގައި ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކުރެއްވި ފޮރެންސިކް އޮފިސަރެކެވެ.

އެ އަޑުއެހުމުގައި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވައި މައްސަލައިގައި ހެކިބަސް ދެއްވަމުން ސިލްވީނު ވިދާޅުވީ، ފުރަތަމަ "ކްރައިމް ސީނަށް" ވަޑައިގެންނެވިއިރު، ލިޓަސް ސާރވިސް ސެންޓަރުގެ ގަރާޖު ތެރޭގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށާއި، އެތަނުގެ ކައިރީގައި ދެ ފައިވާން ކިބައާއި، ތަޅުދަނޑިއެއްގެ އިތުރުން ލޭ ހޭކިފައި އޮތް ރިހި ފަށެއް އޮތް ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ތަކެތީގެ ތެރެއިން މާއްދީ ހެކިތަކެއް ފެނުނުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ދިފާޢީ ވަކީލު ވެސް ވަނީ ސީންއަށް ދިޔައިރު ފާހަގަވި ކަންކަމާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެގޮތުން ސީންއަށް ދިއުމަށްޓަކައި ގަރާޖު ތެރެއަށް ވަތް ގޮތާއި، އެތެރޭގައި ހުރި ބިއްލޫރި ދޮރުތަކުން އެތެރެއަށް ވަތް ގޮތާމެދު ދިފާޢުން ވަނީ ހެކިވެރިޔާއާ ސުވާލުކޮށްފައެވެ. އަދި ސީނުން މާއްދީ ހެކި ނަގާފައިވާއިރު، ސީން ރައްކާތެރިކުރެވިފައި އޮތީ ކިހާ ވަރަކަށްތޯ ދިފާޢީ ވަކީލު އާދަމް އާސިފް ސުވާލު ކުރެއްވިއެވެ. އެކަމާ ގުޅޭގޮތުން ސިލްވީން ވިދާޅުވީ، އެ ސަރަޙައްދު ސީދާ ޓޭޕް ދަމައި ކޯރޑަން ކޮށްފައި ނުވި ނަމަވެސް، އެ ތަނުގައި އެވަގުތު ފުލުހުން ޙަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.

ސީނުން ނަގާފައިވާ މާއްދީ ހެކިތަކުން ދަޢުވާ ލިބޭ ފަރާތްތަކުގެ ފިންގަރ ޕްރިންޓް ނުވަތަ ޑީއެންއޭ ހުރިތޯ ބެލުމަށް ފޮނުވިތޯ ދިފާޢީ ވަކީލު އާދަމް އާސިފް ކުރެއްވިއެވެ. އެކަމާ ގުޅޭގޮތުން ސިލްވީން ވިދާޅުވީ، މާއްދީ ހެކިތައް ނެގުމަށްފަހު އެތަކެތި ފިންގަރ ޕްރިންޓާއި ޑީ.އެން.އޭ ހޯދުމަށް ފޮނުވި ކަމަށެވެ.

އޭގެ އިތުރުން، ތަޅުދަނޑިފައްޗެއް ފެނުނުކަން ފާހަގަ ކޮށްފައިވާއިރު، އެ ތަޅުދަނޑިފަތި ހޯދީ ކްރައިމް އޮފް ސީން އޮފިސަރެއް ނޫން ކަމަށްވާއިރު، އެކަން ހިނގައިދިޔަގޮތާ ގުޅޭގޮތުން ވެސް އާސިފް ސުވާލުކުރެއްވިއެވެ. އެކަމާ ގުޅޭގޮތުން ސިލްވީން ވިދާޅުވީ، ތަޅުދަނޑިފަތި ނެގީ އެތަނުގައި ހުރި އިންވެސްޓިގޭޓިވް އޮފިސަރ (އައިއޯ) ކަމަށެވެ.

މި މައްސަލައިގައި ސިލްވީންގެ ހެކިބަސް ނަގާ ނިމިފައިވާއިރު، ސިއްރު ނޫން ހުރިހާ ހެކިވެރިންގެ ހެކިބަސްތައް މިހާރު މިވަނީ ނަގައި ނިންމާފައެވެ. އެގޮތުން މި މައްސަލައިގައި މީގެ ކުރިން ވަނީ ސިއްރު ނޫން 3 ހެކިވެރިއެއްގެ ހެކިބަސް ނަގާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް