Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޝީލްޑް ވެކްސިން ފޮނުވުން

ކޮވިޝީލްޑް ވެކްސިން ސްރީލަންކާއާއި ބަހްރައިންއަށް ފޮނުވައިފި

28 ޖެނުއަރީ 2021 | ބުރާސްފަތި 08:07

50،400 ޑޯޒް ވެކްސިން ލަންކާއަށް ފޮނުވާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖެނުއަރީ 2021 | ބުރާސްފަތި 08:07
ސްރީލަންކާއަށް ވެކްސިން ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި

ސްރީލަންކާއަށް ވެކްސިން ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި

އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ސްރީލަންކާއާއި ބަހްރައިންއަށް ފޮނުވައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން 50،400 ޑޯޒް ވެކްސިން ލަންކާއަށް، 10،800 ޑޯޒް ވެކްސިން ބަހްރައިންއަށް ވަނީ ފޮނުވާފައެވެ.

ލަންކާއަށް ވެކްސިން ފޮނުވާފައިވާއިރު، މިހާތަނަށް 60،694 ގިނަ މީހުން އެ ގައުމުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި 290 މީހަކު މަރުވެފައިވާއިރު، 54،566 ގިނަ މީހުން ބަލިން ރަނގަޅުވެފައިވެއެވެ. މީގެ އިތުރުން 101،116 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 371 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. އަދި 97،337 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ.

ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމާއެކު މިއަހަރުގެ މެދުތެރެއިން ބަލި ކޮންޓްރޯލް ކުރެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒްގެ މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖެއިޝަންކަރު ވިދާޅުވީ ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގައުމުތަކަށް ވެކްސިން ފޯރުކޮށްދެނީ އިންސާނިއްޔަތަށްޓަކައި ކަމަށެވެ.

ކޮވިޝީލްޑް ވެކްސިން ގިނަ ގައުމުތަކަށް ފޮނުވަމުންދާއިރު، މިހާރު މޮރިޝަސް، މިއަންމާ، ބްރެޒިލް، މޮރޮކޯ، ރާއްޖެ އަދި ބޫޓާންއަށް ވަނީ ފޮނުވާފައެވެ. އިންޑިއާއިން އުފެއްދި ވެކްސިން އެ ގައުމުގެ އެތައްހާސް ބަޔަކަށް މިހާތަނަށް ދީފައިވާއިރު، އަދިވެސް އިތުރު ގައުމުތަކަށް ވެކްސިން ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށް އިންޑިއާގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

މި މިވެކްސިންއަކީ އެސްޓްރަޒެނިކާގެ އޮކްސްފޯރޑް ޔުނިވަރސިޓީ ކޮލަރބްރޭޓްވެފައިވާ ވެކްސިންއެކެވެ. ސެރަމް އިންސްޓިއުޓުން މިވެކްސިންގެ ޑޯޒްތައް އުފައްދާތީ އިންޑިއާއިން ވަނީ މިވެކްސިންއަށް ''ކޮވިޝީލްޑް''ގެ ނަމުން ނަންދީފައެވެ. އެސްޓްރަޒެނިކާގެ ވެކްސިންތައް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ގިނަ ގައުމުތަކުގައި ވަނީ ދީފައެވެ. އެގޮތުން އިނގިރޭސިވިލާތް، ޕާކިސްތާން، ބްރެޒިލް އަދި މެކްސިކޯ ފަދަ ގައުމުތައް ހިމެނެއެވެ.

ޑަބްލިޔު.އެޗް.އޯ.ގެ ފުރިހަމަ އިތުބާރާއެކު ކާމިޔާބު ގިނަ ވެކްސިންތަކެއް އުފައްދާ އިންޑިއާގެ ސެރަމް އިންސްޓިއުޓުން ވެސް ވަނީ ކޮވިޝީލްޑް ވެކްސިން ކާމިޔާބު ވެކްސިންއަކަށް ވާނެކަމުގެ ޔަގީންކަން ދީފައެވެ. އަދި އުސޫލު އޮންނަ ގޮތުން ކޮންމެ ވެކްސިންއަކަށް ވެސް ވަކިން ހުއްދަ ދޭން ޖެހޭއިރު، ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔު.އެޗް.އޯ.ގެ ހުއްދަ ލިބޭނެކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 މާރިޗު 2019

ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި

12 މާރިޗު 2019
ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި
10 އޮކްޓޯބަރު 2018

ޣައްޒާގެ ކަރަންޓުގެ މައްސަލަ ޙައްލުކުރަން ޤަތަރުން ތެޔޮ ފޮނުވައިފި

10 އޮކްޓޯބަރު 2018
ޣައްޒާގެ ކަރަންޓުގެ މައްސަލަ ޙައްލުކުރަން ޤަތަރުން ތެޔޮ ފޮނުވައިފި
21 މެއި 2018

އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

21 މެއި 2018
އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި
19 މެއި 2018

ނަޖީބް ރައްޒާގް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން ޗިޓު ފޮނުވައިފި

19 މެއި 2018
ނަޖީބް ރައްޒާގް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން ޗިޓު ފޮނުވައިފި
19 މެއި 2018

ދެކުނު ޗައިނާ ކަނޑަށް ބޮން އަޅާ މަތިންދާބޯޓު ޗައިނާއިން ފޮނުވައިފި

19 މެއި 2018
ދެކުނު ޗައިނާ ކަނޑަށް ބޮން އަޅާ މަތިންދާބޯޓު ޗައިނާއިން ފޮނުވައިފި
27 ޑިސެމްބަރު 2017

ތުރުކީން ގަތަރަށް ސިފައިންގެ ފައުޖެއް ފޮނުވައިފި

27 ޑިސެމްބަރު 2017
ތުރުކީން ގަތަރަށް ސިފައިންގެ ފައުޖެއް ފޮނުވައިފި
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
12 ޖޫން 2017

އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި

12 ޖޫން 2017
އެތައް ސަތޭކަ ކޮންޓޭނަރުގެ ކާބޯތަކެތި އޮމާނުން ޤަތަރަށް ފޮނުވައިފި
18 މެއި 2017

ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި

18 މެއި 2017
ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް