Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާގެ ހިސޯރު

ޣައްޒާގެ ކަރަންޓުގެ މައްސަލަ ޙައްލުކުރަން ޤަތަރުން ތެޔޮ ފޮނުވައިފި

ޤަތަރުން ވަނީ 450،000 ލީޓަރުގެ ތެޔޮ ފޮނުވާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2018 | ބުދަ 01:04
އދގެ ބެލުމުގެ ދަށުން ޤަތަރުން ފޯރުކޮށްދިން ތެޔޮ ޣައްޒާގެ މައި އިންޖީނުގެއަށް ގެންދަނީ

އދގެ ބެލުމުގެ ދަށުން ޤަތަރުން ފޯރުކޮށްދިން ތެޔޮ ޣައްޒާގެ މައި އިންޖީނުގެއަށް ގެންދަނީ

ފަލަސްތީނުގެ ޣައްޒާއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ޤަތަރުން ފޮނުވި ތެޔޮ ހިފައިގެން ތެޔޮ ޤާފިލާއެއް އިސްރާއީލު މަގުން ޣައްޒާއަށް ވަދެއްޖެއެވެ.

ހުޅަނގު އައްސޭރީގެ ރާމަﷲގައި ޤާއިމްކޮށްފައިވާ ފަލަސްތީނުގެ މައި ސަރުކާރުގެ ބައިވެރިވުމެއް ނެތި ޣައްޒާއަށް ޤަތަރުން ފޮނުވި ތެޔޮ ހިފައިގެން ދިޔަ 6 ޓްރަކް ޣައްޒާއަށް ވަނީ އދގެ ބެލުމުގެ ދަށުންނެވެ. މި ޤާފިލާގައި 450،000 ލީޓަރުގެ ތެޔޮ އަންގާރަ ދުވަހު ޣައްޒާގެ މައި އިންޖީނުގެއަށް ގެންގޮސްފައިވެއެވެ.

2 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ޣައްޒާއަށް ދުވާލަކު ރަނގަޅަށް ކަރަންޓު ލިބެނީ ހަތަރު ވަރަކަށް ގަޑިއިރުއެވެ. ތެލާއި އެހެނިހެން އެހީ ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުންނާއި ވީރާނާވަމުންދާ ކަރަންޓު ވިއުގައިގެ ސަބަބުން ޣައްޒާއަށް ކަރަންޓުގެ ޚިދުމަތް ދިނުމަކީ ފަސޭހަކަމެއް ނޫނެވެ.

ޤަތަރުން އެހީ ފޯރުކޮށްދިން މައިގަނޑު އެއް ބޭނުމަކީ ކަރަންޓުގެ މައްސަލައިގައި ފަލަސްތީނުގެ އާއްމުން ހިތްހަމަނުޖެހިފައިވާ މިދަނޑިވަޅުގައި އާއްމުންނާއި އިސްރާއީލާއި ދެމެދު އަނެއްކާވެސް ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމެވެ. ޣައްޒާ ކޮންޓްރޯލްކުރާ ފަލަސްތީނުގެ ޙަމާސް ޖަމާޢަތުން ދެކޭ ގޮތުގައި ތެޔޮ ލިބުމުގެ ސަބަބުން ލިބިގެން ދިޔަ ފަސޭހަކަމާއިއެކު ސަރަހައްދީ އިމުގައި އިސްރާއީލް ސިފައިންނާއި ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަށް މަޑުޖެހުމެއް އަންނާނެއެވެ.

ޣައްޒާއަށް ތަކެތި އެތެރެކުރުން އިސްރާއީލާއި، ޣައްޒާއާއި އިންވެގެން އޮންނަ މިސްރުން ހުއްޓުވާފައިވާތީ ތެލުގެ އިތުރުން ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އެތެރެކުރުމަށްވެސް ޣައްޒާގެ ރައްޔިތުންނަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ފަލަސްތީނުގެ މައި ސަރުކާރުގެ ބައިވެރިވުމެއް ނެތި ޤަތަރުން ޣައްޒާއަށް ތެޔޮ ފޯރުކޮށްދިން މައްސަލައިގައި ބޮޑުވަޒީރު ރާމީ ހަމްދުﷲ އާއި ރައީސް މަޙްމޫދު ޢައްބާސް ތިއްބެވީ ހިތްޕުޅުހަމަޖެހިވަޑައި ނުގެންނެއެވެ.

ބޮޑުވަޒީރު ރާމީ ހަންދުﷲ ވިދާޅުވީ މައި ސަރުކާރުގެ ބައިވެރިވުމެއް ނެތި ކުރާ މިކަހަލަ ކަންކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަށް ބުރޫ އަރާކަމަށާއި، ޣައްޒާއާއި ހުޅަނގު އައްސޭރި ވަކި ކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވަން ޖެހޭކަމަށެވެ.

ރައީސް މަޙްމޫދު އައްބާސްގެ އަރިސް ބޭފުޅެއްކަމަށްވާ އައްޒާމް އަލް އަހުމަދު ވިދާޅުވީ ޤަތަރުގެ މިއަމަލުތަކުގެ ސަބަބުން ޤަތަރާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެކަމަށެވެ. މިހާރުވެސް ގަލްފުގެ ޤައުމުތަކުން ވަނީ ޤަތަރާއި އޮންނަ ގުޅުން ކަނޑާލާފައެވެ. އަދި އެގުޅުން ކަނޑާލި ސަބަބުތަކުގެ ތެރޭގައި ޣައްޒާ ކޮންޓްރޯލްކުރާ ޙަމާސް ޖަމާޢަތާއިއެކު ޤަތަރުން ބާއްވާ ގުޅުން އެޤައުމުތަކުން ފާހަގަކުރެއެވެ.

ޣައްޒާއަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ޤަތަރުން ފަށާފައި މިވަނީ ފަލަސްތީނަށް އެހީވާ ޤައުމުތަކުގެ އެދުމުގެ މަތިން، އިސްރާއީލުގެވެސް ރުހުމާއި އެކުގައެވެ. އދއާއި ޤަތަރާއިއެކު ވެފައިވާ އެއްބަސްވުމެއް ދަށުން ޣައްޒާއަށް ބޭނުންވާ މިންވަރަށް ޤަތަރުން ތެޔޮ ގަތުމުން، އެ ތެޔޮ ޣައްޒާއަށް ފޯރުކޮށްދޭނީ އދގެ ބެލުމުގެ ދަށުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު