Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްލައިމެޓް އެޑަޕްޓޭޝަން ސަމިޓް 2021

ރާއްޖެއިން ދޫކުރާ ވިހަ ގޭސް 26 އިންސައްތަ ކުޑަކުރުމަކީ އަމާޒެއް: މިނިސްޓަރު

28 ޖެނުއަރީ 2021 | ބުރާސްފަތި 07:41

ޖަޒީރާ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖެނުއަރީ 2021 | ބުރާސްފަތި 07:41
އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ގިނަ މަސައްކަތްތައް ކުރަމުންދޭ

އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ގިނަ މަސައްކަތްތައް ކުރަމުންދޭ | ޓްވިޓަރ

މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރަށް ދިވެހިރާއްޖެއިން ދޫކުރާ ވިހަ ގޭސް 26 އިންސައްތައަށް ކުޑަކުރުމަކީ އަމާޒެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކްލައިމެޓް އެޑަޕްޓޭޝަން ސަމިޓް 2021 ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޮންލައިންކޮށް ބޭއްވި މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގެއްލުންތަކަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި، އެކަމާ ގުޅިގެން މީހުންގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި މި ގެއްލުންތައް ކުރިމަތިވާލެއް ގިނަވަމުން އަންނަ ކަމަށާ، މީގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް ކުރުމަށް އިތުރު ދަތިތަކާ ކުރިމަތިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ގެއްލުންތައް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެކަމަކަށް ވަރަށް ގިނަ ފައިސާގެ އެހީ އާއި ވަސީލަތްތައް ބޭނުންވާނެ ކަމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޖީޑީޕީއަށް އަސަރުކޮށްފައިވާ ކަމަށާއި މި ސަރުކާރުގެ އެއް ޕޮލިސީ އަކީ ކޮވިޑް-19 ގެ ވަބާއިން އަރައިގަންނައިރު ވަރުގަދަކޮށް ތަރައްޤީގެ ކަންކަމާއިގެން ކުރިއަށްދިއުން މުހިންމު ކަމަށެވެ. އަދި ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި ކްލައިމެޓް އެޑެޕްޓޭޝަން ހަރުދަނާކުރުމަށް ހިމަނާފައިވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ޙިއްސާކުރަނީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ދޫކުރާ ވިހަގޭހުގެ އެންމެ 0.003 އިންސައްތަ ކަމަށެވެ. ނަމަވެސް، ރާއްޖެއިން ލީޑަރޝިޕް ދައްކާނެ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހަރުދަނާ ބޮޑެތި ފިޔަވަޅުތައް އެޅުމަށާއި ބޮޑެތި ނިންމުންތައް ނިންމުމަށް ގޮވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގައި ސާބިތުވެ ހުންނަވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އަމާޒަކީ 2030އަށް ރާއްޖެއަކީ ނެޓް ޒީރޯ ގައުމަކަށް ހެދުން ކަމަށެވެ. ނަމަވެސް ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދެން އޮތީ، ދުނިޔޭގެ ގައުމުތަކުން އެކަމަށް ބޭނުންވާ އެއްބާރުލުން ލިބިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުން ސައިންޓިސްޓުންނާއި، ޕްރައިވެޓް ސެކްޓަރ އާއި، ސިވިލް ސޮސައިޓީ އަދި ޔޫތް ރިޕްރެޒެންޓޭޓިވްސް ހިމެނޭގޮތަށް ޖުމްލަ 18،500 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 50 މިނިސްޓަރުންނާއި ދުނިޔޭގެ 30 ލީޑަރުންނާއި 50 އިންޓަރނޭޝަނަލް އޯގައިނައިޒޭޝަންތަކުން ވަނީ ބައިވެރިވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
26 މެއި 2017

ރޯދަމަހު މޯލްޑިވް ގޭސް ވިއްކާނި ގަޑިތައް ކަނޑައަޅައިފި

26 މެއި 2017
ރޯދަމަހު މޯލްޑިވް ގޭސް ވިއްކާނި ގަޑިތައް ކަނޑައަޅައިފި
20 އެޕްރީލު 2017

ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

20 އެޕްރީލު 2017
 ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް
18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް