Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމ.ކޮޅުފުށި މޮނިޓަރިންއަށްލުން

ކޮޅުފުށިން މާލެއަށް އައި މީހެއް ޕޮޒިޓިވްވި ނަމަވެސް ބައްޔަށް ހުށަހެޅުނީ ރަށުން ކަމަކަށް ނުބެލެވޭ: ކައުންސިލް

25 ޖެނުއަރީ 2021 | ހޯމަ 07:31

ގާތްގަނޑަކަށް 50 ސާމްޕަލް ނަގާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖެނުއަރީ 2021 | ހޯމަ 07:31
މ.ކޮޅުފުށި، ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި

މ.ކޮޅުފުށި، ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި

މ.ކޮޅުފުށިން މާލެއަށް އައި މީހެއް ކޮވިޑް-19ށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނިޓަރިންއަށް ލައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރު ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޑރ.ނަޒްލާ ވިދާޅުވީ އެރަށުން މާލެ އައި މީހެއް ދެ ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކޭސް އިންވެސްޓިގޭޝަންތަކާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޮޅުފުށީގެ އާންމު ހާލަތާ ބެހޭ ގޮތުން ކައުންސިލްގެ ރައީސް ހުސެއިން ޝާމިލް ވިދާޅުވީ ރަށުގެ ތެރެއިން ސާމްޕަލްތައް ނެގުމުގެ މަސައްކަތްތަކާއި، ޑައިރެކްޓް ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި ގާތްގަނޑަކަށް 50 ސާމްޕަލް ނެގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ މާލެ ދިޔަފަހުން ޕޮޒިޓިވްވެފައިވަނީ މާލޭގައި ދިރިއުޅޭ އެރަށަށް ނިސްބަވްތާ އަންހެނެއް ކަމަށާއި، އޭނާ ރަށަށް އައީ ޗުއްޓީއަށް ކަމަށެވެ. އަދި ޗުއްޓީ ނިންމާލާފައި ދިޔަ ފަހުން ޕޮޒިޓިވްވި ނަމަވެސް ރަށުން ދިމާވި ކަމެއް ކަމަށް ނުބެލެވޭ ކަމަށް ޝާމިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަށުގެ އެހެން މީހެއްގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް އަދި ނުފެންނަ ކަމަށެވެ.

މީގެ އިތުރުން ޝާމިލް ވިދާޅުވީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ ބަޔަކު ރަށަށް ދިޔަ ކަމަށެވެ. ނަމަވެސް ހުރިހާ ފަރާތްތަކުން ރަށުގެ ތެރެއަށް ނުކުމެ އުޅުނީ ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ނަތީޖާ ނެގެޓިވްވުމުން ކަމަށް ޝާމިލް ވިދާޅުވިއެވެ.

ކޮވިޑް-19ން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރައްވައި ޝާމިލް ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކުގެ އިތުރުން ކައުންސިލުން ވެސް ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ވެސް އެ އުސޫލުތަކަށް ބޯލަނބާ، އެ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން މާސްކު އެޅުމާއި، އެއްފަހަރާ އެއްތަނަކަށް ގިނަ ބަޔަކު އެއްވެ ނޫޅުމުގެ އިތުރުން ސާފުތާހިރު ކަމަށް ހުރިހާ ރައްޔިތުން ވެސް ޚާއްސަޞަ ސަމާލުކަމެއް ދޭ ކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ ރަށް މޮނިޓަރިންގެ ހާލަތުގައި އޮތް ނަމަވެސް އެހެން ދަތިކަމެއް ނެތް ކަމަށެވެ. އެގޮތުން ބޭހާއި، ކާޑުގެ ބާވަތްތަކާއި، އެހެންވެސް ދިރިއުޅުމަށް ބޭނުންވާ އާލާތްތައް އެކަށީގެންވާ ވަރަށް ލިބެން އެބަހުރި ކަމަށް ޝާމިލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް