Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ޑްރައިވަރު ޤާސިމްގެ މަރު

ޤާސިމްގެ މަރުގެ މައްސަލަ: ބަޔާނެއް ދޭން ބޭނުން ކަމަށް އަދުހަމް ބުނެފި

21 ޖެނުއަރީ 2021 | ބުރާސްފަތި 06:25

މިމަހުގެ 25 ވަނަ ދުވަހު އަޑުއެހުމެއް އޮންނާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 ޖެނުއަރީ 2021 | ބުރާސްފަތި 06:25
ޤާސިމްގެ މަރުގެ މައްސަލައިގައި އަދުހަމުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އޮކްޓޯބަރު 11 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ މަންޒަރެއް

ޤާސިމްގެ މަރުގެ މައްސަލައިގައި އަދުހަމުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އޮކްޓޯބަރު 11 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ މަންޒަރެއް

ޓެކްސީ ޑްރައިވަރު، ޤާސިމް ހަސަން (59އ) މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21އ), ޝަރީޢަތަށް ބަޔާނެއް ދޭން ބޭނުންވާކަމަށް ބުނެފިއެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބަޔާނެއް ދޭން ބޭނުންވާ ކަމަށް އަދުހަމް ބުނުމުން، އެފުރުސަތު ދިނުމުގެ ގޮތުން ގާޒީ ވަނީ، ބުރާސްފަތި ދުވަހުގެ އަޑުއެހުން ނިންމަވާލެއްވުމަށްފަހު، މިމަހުގެ 25 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވޭނެކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހުގެ ވެސް ކްރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކުރީ، އަލުން ޢައްޔަން ކުރެވުނު، އަދުހަމްގެ ގާނޫނީ ވަކީލުގެ ބައްދަލުވުން އެ ދުވަހަށް ހަމަޖެހިފައިވާތީ، އެފުރުސަތު ދިނުމުގެ ގޮތުންނެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަން ފާހަގަކުރެވޭއިރު، ދޭތެރެދޭތެރެއިން އަޑުއެހުމެއް ތާވަލުކުރިނަމަވެސް އަޑުއެހުންތައް ކުރިއަށް ގެންދެވޭވަރެއް އަދި ނުވެއެވެ.

މިއަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހު ކުރިއަށް ގެންދެވުނު އަޑުއެހުމުގައި އަދުހަމް ވަނީ އޭނާ ޖަލުގައި އޮންނަންޖެހޭތީ ގާނޫނީ ވަކީލެއް ޢައްޔަންކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެފައެވެ. އަދުހަމް ބުނެފައިވަނީ "ކޮތަރު ކޮއްޓެއްގައި އޮންނަންޖެހޭއިރު" ވަކީލަކު ޢައްޔަންކުރަން ދަތިވާނެކަމަށެވެ. އަދި މިހާރު ވަކީލަކާ ނުލައި ވެސް މައްސަލަ ކުރިއަށް ގެންދަން އެއްބަސް ކަމަށާއި، ނަމަވެސް ދައުވާއާ ގުޅޭ ހުރިހާ ލިޔެކިއުންތައް ބޭނުންވާކަން އަދުހަމް ފާހަގަކުރިއެވެ.

އެއާއެކު ގާޒީވަނީ ވަކީލަކު ޢައްޔަންކުރުމަށް އިތުރު ފުރުސަތެއް ބޭނުންވޭތޯ އަދުހަމާ ސުވާލުކުރައްވާފައެވެ. އެކަމާ ގުޅިގެން އަދުހަމް ވަނީ މި ވަގުތު ވަކީލެއް ބޭނުންނުވާކަމަށާއި، މައްސަލައިން ދިފާޢުވުމަށް އަމިއްލައަށް ވާހަކަދެއްކޭނެކަމަށެވެ.

މި މައްސަލައިގައި ގާޒީއާއި ދައުލަތުން ފާހަގަކުރި ކަންކަމަށްފަހު އަދުހަމް ވަނީ މައްސަލައާ ގުޅިގެން ވަކީލަކާ މަޝްވަރާ ކުރުމަށް އެކަށީގެންވާ ފުރުސަތު ލިބިއްޖެނަމަ، އައު ވަކީލަކާއެކު ކުރިއަށް ދިއުމަށް ބޭނުންވާކަން ފާހަގަކޮށްފައެވެ. އަދި ގާޒީ ވަނީ އެ ފުރުސަތު ދޭން ނިންމަވާފައެވެ.

ޤާސިމްގެ މަރުގެ މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ޤާސިމް މަރާލިކަމަށް އެއްބަސްވެ، ކުށަށް އިޢުތިރާފްވެފައެވެ. އެހެންނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ބޭއްވި އަވަސް ނިޔާގެ ޝަރީޢަތުގެ އަޑުއެހުގައި އަދުހަމްވަނީ، ކުރިން ވެފައިވާ އިޢުތިރާފް އަނބުރާ ގެންގޮސް، ދައުވާއަށް އިންކާރު ކޮށްފައެވެ.

އެހެންކަމުން އަވަސް ނިޔާގެ ޝަރީޢަތުގެ މަރުހަލާ އެވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ޖިނާޢީ އެހެން މައްސަލަތައް ވެސް ކުރިއަށްދާގޮތަށް އިބްތިދާޢީ އަޑުއެހުންތަކަށްފަހު، ޝަރީޢަތުގެ އަޑު އަޑުއެހުންތަކެވެ.

ޤާސިމް މަރާލާފައި މަގުމަތީ އޮއްވައި ފެނިގެން މީހަކު، ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.

ފުލުހުން ބުނެފައިވާގޮތުން، އަދުހަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި، ފޭރުމާއި، މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ. އެގޮތުން ޤާސިމް މަރާލި ދުވަހު ވެސް އޭނާ މަސްތުވުމަށާއި ޒަރޫރީ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމުގެ ގޮތުން ފޭރުމަށް މަސައްކަތްކުރިކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް