Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑޫފާތައް މަރުވާ މައްސަލަ

ކަނޑޫފާތައް މަރުވާ ސަބަބު ހޯދުމަށް ނެގި ސާމްޕަލްތައް އިންޑިއާއަށް ފޮނުވައިފި

20 ޖެނުއަރީ 2021 | ބުދަ 03:41

ކޮޗިން ޔުނިވާސިޓީ ކުރިއަށްގެންދާ ދިރާސާތަކަށްފަހު ކަނޑޫފާތައް މަރުވާ ސަބަބު އެނގިގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖެނުއަރީ 2021 | ބުދަ 03:41
ހއ. ކެލާގެ ކަނޑޫފާ، ބޮޑު ސަރަހައްދެއް މިހާރު ވަނީ އެއްކޮށް މަރުވެފައި

ހއ. ކެލާގެ ކަނޑޫފާ، ބޮޑު ސަރަހައްދެއް މިހާރު ވަނީ އެއްކޮށް މަރުވެފައި

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ކަނޑޫފާތައް މަރުވާ ސަބަބު ހޯދުމަށް ނެގި ސާމްޕަލްތައް އިންޑިއާއަށް ފޮނުވައިފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ އެކި ސަރަޙައްދުތަކުގެ ކަނޑޫފާތަކުން ނަގާފައިވާ ސާމްޕަލްތައް އިންޑިއާގެ ކޮޗިން އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޔުނިވާސިޓީއަށް ފޮނުވާފައިވާ ކަމަށެވެ. ސާމްޕަލްތައް ނަގާފައިވަނީ ކަނޑޫފާތައް މަރުވަމުންދާ ހަތް ރަށަކުންނާއި ސައިޓަކުން ކަމަށް އީޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

ކަނޑޫފާތައް މަރުވާ މައްސަލައާ ގުޅިގެން އީޕީއޭއިން މީގެ ކުރިން ވެސް ކޮޗިން ޔުނިވާސިޓީ ކަމާބެހޭ ބޭޅުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވެއެވެ. އީޕީއޭއިން ބުނީ އަންގާރަ ދުވަހު ސާމްޕަލްތައް ފޮނުވާފައި ވަނީ އިންޑިއާގެ ހައި ކޮމިޝަނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީ ގުޅިގެން ކަމަށެވެ.

ބައެއް ރަށްރަށުގެ ކަނޑޫފާތައް ވަރަށް ބޮޑަށް މަރުވަމުންދާއިރު، ސީދާ ސަބަބު މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް ކޮޗިން ޔުނިވާސިޓީ ކުރިއަށް ގެންދާ ދިރާސާތަކަށްފަހު ކަނޑޫފާތައް މަރުވާ ސަބަބު އެނގިގެންދާނެ ކަމަށް އީޕީއޭއިން ބުނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކަނޑޫފާތައް މަރުވާކަން ފާހަގަކުރެވުނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެގޮތުން ހދ. ނޭކުރެންދޫ އާއި ހދ. ކެލާގެ ކަނޑޫފާގެ ބޮޑުބައެއް ވަނީ މަރުވެފައެވެ. އަދި ކަނޑޫފާތައް މަރުވާން ފެށުމާއެކު ރާއްޖޭގައި ހުރި ކަނޑޫފާތައް ހިމާޔަތްކުރުމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު) އިން ދިވެހި ސަރުކާރަށް ގޮވާލާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ކަނޑޫފާތަކަކީ ރަށް ގިރުމާއި ފެން ބޮޑުވުމުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ ގުދުރަތީ ވަސީލަތެއް ކަމަށާއި، އެތަންތަން ނައްތާލުމުގެ ސަބަބުން ރަށްތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް