Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝީރީންގެ މަރުގެ މައްސަލަ

ޝީރީންގެ މަރުގެ މައްސަލަ: ޖަލު ހުކުމުން ސަލާމަތްވުމަށް ނަޖާހު ސުޕްރީމް ކޯޓަށް

18 ޖެނުއަރީ 2021 | ހޯމަ 16:11

ޝީރީން މަރާލާފައި ވަނީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 18 ޖެނުއަރީ 2021 | ހޯމަ 16:11
މަރިޔަމް ޝީރީން (ވ) އަދި އޭނާ މަރާލި ކަމަށް ހުކުމް ކޮށްފައިވާ ނަޖާހު (ކ) - ފޮޓޯ: ސޯޝަލް މީޑިއާ

މަރިޔަމް ޝީރީން (ވ) އަދި އޭނާ މަރާލި ކަމަށް ހުކުމް ކޮށްފައިވާ ނަޖާހު (ކ) - ފޮޓޯ: ސޯޝަލް މީޑިއާ

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު، 12 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

މީގެ 10 އަހަރު ކުރިން ހިނގި މި ލާއިންސާނީ އަމަލުގެ ސަބަބުން ނަޖާހު 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ނަޖާހު އަމިއްލަ އަށެވެ.

ނަޖާހުގެ ފަރާތުން މި މައްސަލަ އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފައެވެ.

ޝިރީން މަރުގެ މައްސަލާގައި ނަޖާހުގެ މައްޗަށް ދައުލަތުން އުފުލި ގަސްތުގައި މީހަކު މެރިކަމުގެ ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެމައްސަލަ ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަދި މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން އޭރު ވަނީ ބާތިލްކޮށްފައެވެ.

ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، މިމައްސަލާގައި ހުށަހެޅިފައިވާ ޤަޠުޢީ ޤަރީނާތަކުން ޤަތުލު ޝުބުހު ޢަމުދުގެ ކުށް (ޤަޞްދުމަރާއި ވައްތަރުގެ މަރު) ޝަރީއަތަށް ސާބިތު ވާކަމަށް ކަނޑައަޅައި، މިކުށުގެ ތައުޒީރީ ޢުޤޫބާތެއްގެ ގޮތުން، ނަޖާހު 12 އަހަރަށް ޖަލަށް ލުމަށާއި، ޝީރީންގެ ވާރިޘުންގެ ފަރާތުން މަރުގެ ދިޔަ މަޢާފް ނުކުރާހާ ހިނދަކު، ޝިރީންގެ މަރުގެ ދިޔައަކީ ނަޖާހުގެ ޢާޤިލާއިން ނުވަތަ ނަޖާހު އަމިއްލައަށް ދޭން އޮތް ދިޔައެއްކަމާއި، އެދިޔަ ލިބިގަތުމަށް ޝިރީންގެ ވާރިޘުންނަށް ދަށު ކޯޓުގައި ދައުވާ ކުރުމުގެ ހައްޤު އެބައޮތް ކަމަށެވެ.

މީގެ އިތުރުން ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ޝީރީންގެ މަރުގެ ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ ދެ މަސްދުވަހު ރޯދަ ހިފުމަކީ، ނަޖާހު ކުޅަ މިބޮޑު ފާފައިން ތައުބާވުމަށް އޮތް މަގެއްކަމަށްވާތީ، އެކަމަށް ނަޖާހުއަށް ނަސޭހަތްތެރިވާ ކަމަށެވެ.

ޝީރީންގެ ހަށިގަނޑު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދާތާ ތިންދުވަސްވީ ފަހުންނެވެ. އޭނާ ގެއްލުމާއި ހަމައަށްވެސް އުޅެމުންދިޔައީ ނަޖާހްއާއިއެކު އެއްތަނެއްގައިކަމަށް ބުނެ މި މައްސަލައިގަ ބައެއް މީހުން ހެކިބަސްވެސް ދީފައިވެއެވެ. އެ މައްސަލާގައި ދައުލަތުން ވަނީ ޝީރީން މަރާލުމަށްފަހު ފޮއްޓަކަށް ލައިިގެން ކާރެއްގައި ނަޖާހު ގެންގޮސް އެއްލާލިކަމުގެ ތުހުމަތުކޮށްފައެވެ. އަދި އެ ފޮށި ހިފައިގެން ނަޖާހު މަގުމަތިން ފެންނަ ވީޑިއޯވެސް ފުލުހުން ވަނީ ދައްކާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް