Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަފާ ފުރުވާލި މައްސަލަ

ޝަފާ ފުރުވާލި މައްސަލަ: ދަށު ކޯޓުން ނިންމިނިންމުން އިސްތިއުނާފުކުރުމަށް ފުރުސަތުދިނުމަށް އަޑުއެހުން ކެންސަލްކޮށްފި

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ އާޒިމްގެ ގާނޫނީ ވަކީލު ވަނީ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2021 | ހޯމަ 03:13
ޖަލު ހުކުމެއްގައި ހުއްޓަައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލި މައްސަލައިގައި މިމަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

ޖަލު ހުކުމެއްގައި ހުއްޓަައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލި މައްސަލައިގައި މިމަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން، މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒު އަބްދުއްރައްޒާގު (ޝަފާ) 18 އަހަރަށް ޖަލަށް ލާފައިވަނިކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލާގައި ދައުވާ ލިބޭ ފަރާތްތަކަށް ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އާދިއްތަ ދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މައުލޫމާތުދީފައިވާގޮތުގައި، އާދިއްތަ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ މި މައްސަލައިގައި ޝަރީޢަތުގެ ކުރިން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތްތަކަށް ދިނުމުގެ ގޮތުން ކަމަށެވެ.

Advertisement - newsAdvertisement

އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޝަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ، ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ އާޒިމްއާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމްގެ މައްޗަށެވެ. ހާނިމާއި އާޒިމްގެ މައްޗަށް އުފުލާފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި، މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވެފައިވަނީ، ދައުލަތުން އިއްވާފައިވާ ދައުވާއަށް ހާނިމާއި އާޒިމް ވެސް އިންކާރުކުރައްވާފައިވާތީއާއި، އަދި ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކާއި ހެކީން، ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ ހާނިމާއި އާޒިމްގެ ފަރާތުން ހުށަހަޅާފައިވާތީ، ދެން މި މައްސަލާގައި ކުރިއަށްދާނީ ޝަރީއަތުގެ އަޑުއެހުންތައް ކަމަށެވެ.

އެގޮތުން، މައުޟޫއީ ގޮތުން މި ދައުވާ ކުރިއަށް ގެންދަން ނިންމަވާ ކަމަށާއި، ނިންމި ނިންމުން ދައުލަތާއި ދައުވާ ލިބޭ ހާނިމާއި އާޒިމަށް ވެސް ކޯޓުން ރައްދުކުރައްވާނެ ކަމަށެވެ. އަދި އެނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ މަތީ މަރުހަލާގެ ކޯޓަށް ހުށަހެޅުމުގެ ހައްގު ހާނިމާއި އާޒިމަށް އަދި ދައުލަތަށް ވެސް ލިބިގެންވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އާޒިމްގެ ގާނޫނީ ވަކީލު ވަނީ، މައުޟޫއީ ގޮތުން އެ ދައުވާ ކުރިއަށް ގެންދަން ނިންމާފައިވާ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ގާޒީ ޝަކީލު ވިދާޅުވެފައިވަނީ، ދެން މި މައްސަލާގައި އޮންނާނީ ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ ފަރާތްތަކުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުންކަމަށާއި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން މި ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ބޭއްވޭނެ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހުގެ އަޑުއެހުމަކީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމަށް ތާވަލުކުރި އަޑުއެހުމެކެވެ.

މި މައްސަލާގައި، މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، އާޒިމާއި ހާނިމްގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އެ ދެ މީހުން ވެސް އިންކާރު ކުރުމާގުޅިގެން އެދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ ދެމީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފައެވެ.

މި މައްސަލައިގައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި ތައްޔާރުކުރި ފޯމްގައި ސޮއި ކޮށްފައިވަނީ ހާނިމެވެ. އަދި ޝަފާ ބަލި ހާލަތު ބޮޑު ކަމަށްބުނެ، ޑޮކިއުމަންޓްތައް ހަމަ ނުވަނީސް ޑޮކްޓަރު ލައްވާ ސޮއި ކުރިކަމަށް ވަނީ އާޒިމެވެ.

މިމައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ ހާނިމްއާއި އާޒިމް ވިދާޅުވެގެން، ރާއްޖެއިން ބޭރަށް ޝަފާ ފޮނުވުމަށް ލިޔުންތަކާއި އެކަން އިންތިޒާމުކުރި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބައެއް މުވައްޒަފުންނާއި މެޑިކަލް ބޯޑުގެ ބައެއް ފަރާތްތަކާއި ޑޮކްޓަރު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ.

ދިފާއުގައި ހާނިމް ފަރާތުން ހެކި ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް އާޒިމްގެ ދިފާއީ ވަކީލު ވިދާޅުވެފައިވަނީ މި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ އިތުރަށް އޭރު ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ހެެއްކެއްގެ ގޮތުގައި ހުށަހަޅާ ކަމަށެވެ. އާޒިމްގެ ދިފާއީ ހެއްކެއްގެ ގޮތުގައި އުމަރު ނަސީރު ހުށަހަޅާފައިވަނީ، ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލާފައިވަނިކޮށް، ޝަފާ ރާއްޖެ ގެނައުމަށް އާޒިމް މަސައްކަތް ކުރިކަން ސާބިތު ކުރުމަށާއި އަދި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލުމުގައި އާޒިމްގެ ބައިވެރިވުމެއް ނޯންނާނެކަން ސާބިތު ކުރުމަށެވެ.

ބޭސްފަރުވާ ކުރުމަށް ކަމަށް ބުނެ ޝަފާ ރާއްޖެއިން ބޭރަށް ފޮނުވީ 2014 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހުއެވެ. އޭނާ އަނބުރާ ރާއްޖެ ގެނެސްފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ސްރީ ލަންކާގައި އޭނާ ހުއްޓާ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަމުރަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސް ލަންކާގެ ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނަކަށް ފަހުގައެވެ.

ޝަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު އާޒިމްއާއި ހާނިމުގެ އިތުރުން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. ޝަފާ ބޭރަށް ފޮނުވި މައްސަލައިގައި ހާނިމާއި އާޒިމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނިކޮށް، 2015 ވަނަ އަހަރުގެ ތެރޭގައި ހައިކޯޓުން ވަނީ ޝަފާގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު