Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ130 ކިލޯގެ މަަސްތުވާތަކެތީގެ މައްސަލަ

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: އަނިޔާކުރި މައްސަލައެއް ފެންމަތިވެ، އަނެކަކު ރިމާންޑް ޖަލަށް ބަދަލުކުރަން އަމުރުކޮށްފި

18 ޖެނުއަރީ 2021 | ހޯމަ 03:24

އަނިޔާކުރިކަމަށް ބުނަނީ ދައުވާ ލިބޭ އަސީލަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ޖެނުއަރީ 2021 | ހޯމަ 03:24
އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް އެތެެރެކުރިކަމަށް ތުހުމަތު ކުރެވޭ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެ، ދައުވާކުރާ އެކަކު، ދޫނިދޫ ޖަލުގައި ހުރުމުން އޭނާ ރިމާންޑް ޖަލަށް ބަދަލުކުރުމަށް އަމުރެއް ނެރެފިއެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ފުރަތަމަ ކަމަކަށް އޮތީ، ޝަރީޢަތުގެކުރިން ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަތޯ ބެލުމެވެ. އެގޮތުން ދައުވާކުރާ ފަރާތްތަކަށް ލިޔެކިޔުންތައް ހަމައަށް ލިބިފައިވޭތޯ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ސާފުކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

ދައުވާ ކުރާ ފަރާތްތަކުން ބުނެފައިވަނީ މިވަގުތަށް ލިބެންޖެހޭ ލިޔެކިޔުންތައް ލިބފައިވާ ކަމަށެވެ. ނަމަވެސް ބައެއް ވީޑިއޯ ފޫޓޭޖްތަކުން ނަގާފައިވާ ފޮޓޯތައް ސާފުނުވާކަމަށް ދައުވާ ލިބޭ ބައެއް މީހުންގެ ގާނޫނީ ވަކީލުން ފާހަގަކުރެއްވިއެވެ.

ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ގާޒީ ވަނީ އެމީހުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވާ ނިންމުން ދަމަހައްޓާފައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރި، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރަށް ޖަލުގައި އަނިޔާކޮށްފައިވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވެފައިވެއެވެ. އަދި އޭނާއަށް ކޮށްފައިވާ އަނިޔާތައް އޭނާއަށް ފެނިފައިވާ ކަމަށާއި، އެ އަނިޔާތަކާ ގުޅިގެން އަސީލަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް ވަކީލު ވިދާޅުވިއެވެ. އަދި އަސީލަށް ފުލުހުން އަނިޔާކުރި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ލިބޭނެގޮތް ހައްދަވާދެއްވުމަށް އަސީލްގެ ގާނޫނީ ވަކީލު އެދިލެއްވިއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އިގްބާލު، ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުރުމުން އެމައްސަލައިގައި ގާޒީ ވިދާޅުވީ، ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް މިހާތަނަށް ދެފަހަރެއްގެ މަތިން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ގާޒީ ވަނީ އެމީހާ 24 ގަޑިއިރުތެރޭގައި ރިމާންޑް ޖަލަށް ބަދަލުކުރުމުގެ އަމުރެއް ނެރުއްވާފަ އެވެ. އަދި އެގޮތަށް އަމުލުނުކޮށްފިނަމަ އެކަން 48 ގަޑިއިރުގެ ތެރޭގައި އެންގުމަށް ވެސް އެމީހާގެ ދިފާޢީ ވަކީލަށް ގާޒީ ވަނީ އަންގަވާފައެވެ. އަދި ކޯޓުގެ އެ އަމުރު ތަންފީޒުނުކޮށްފިނަމަ ކަރެކްޝަންސްގެ އިސްވެރިން ކޯޓަށް ހާޒިރުކުރާނެކަމަށް ވެސް މައްސަލަ ބައްލަވާ ކްރިިމިނަލްކޯޓުގެ އިސްގާޒީ ވިދާޅުވިއެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020 އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ފުލުހުން ވަނީ 7 މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އެ ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށް ފުލުހުން ބުނެއެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުން ކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއް ވެސް ބަލައި ފާސްކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އެ އޮޕަރޭޝަނުގައި 130 ކިލޯ ހުރި މަސްތުވާތަކެތި ހޯދާފައިވެއެވެ. އަދި މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިންއާއި ހެރޮއިން ހިމެނެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.

އެ ދެމީހުންގެ ތެރެއިން ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރު ކުރި 7 މީހުންނާ ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްއެވެ. އަދި އެ މައްސަލާގައި ބަންދުކޮށްފައިވާ ޝަހީބް އިބްރާހިމްއާއި އީރާންގެ 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފައެވެ.

މި 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ތުހުމަތު ކުރެވޭ ޝަހީބް އިބްރާހީމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެކި މިނިސްޓްރީތަކުގެ މަތީ މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ 19 ވަނަ ރައްޔިތުން މަޖިލިސްގެ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ގއ. ވިލިނގިލީ ދާއިރާއަށް ވާދަކޮށްފައިވާ ކެންޑިޑޭޓެކެވެ.

ޝަހީބް އިބްރާހީމާއި އަހްމަދު މޫސާގެ އިތުރުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރުއާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން، ބަންގްލަދޭޝް ދެ މީހެއް ކަމަށްވާ މުހައްމަދު ރިޔާދުއާއި އިޤްބާލްގެ މައްޗަށެވެ. އެ ހަ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއެތެެރެކުރުމުގެ ކުށުގެ ދައުވާއަކާއި ޖަދުވަލް 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަކާއި އަދި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެއް ހިމެނެއެވެ. މި 3 ދައުވާ ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 75 އަހަރުގެ ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް