Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤާސިމްގެ މަރުގެ މައްސަލަ

ޤާސިމްގެ މަރުގެ މައްސަލަ: އަދުހަމްގެ ވަކީލްގެ ބައްދަލުވުން މިއަދަށް ހަމަޖެހިފައިވާތީ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

17 ޖެނުއަރީ 2021 | އާދީއްތަ 05:14

އަދުހަމްގެ ގާނޫނީ ވަކީލްގެ ބައްދަލުވުން ވަނީ މިއަދަށް ހަމަޖެހިފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 ޖެނުއަރީ 2021 | އާދީއްތަ 05:14
ޤާސިމްގެ މަރުގެ މައްސަލާގައި އަދުހަމުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މީގެކުރިން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން

ޤާސިމްގެ މަރުގެ މައްސަލާގައި އަދުހަމުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މީގެކުރިން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން

ޓެކްސީ ޑްރައިވަރު، ޤާސިމް ހަސަން (59އ) މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21އ) ގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރުމަށްފަހު ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މަޢުލޫމާތުދިން ގޮތުގައި، އާދިއްތަ ދުވަހުގެ މި އަޑުއެހުން ކެންސަލްކޮށްފައިވަނީ، އަދުހަމްގެ ގާނޫނީ ވަކީލުގެ ބައްދަލުވުން އާދިއްތަ ދުވަހަށް ހަމަޖެހިފައިވާތީ، އެފުރުސަތު ދިނުމުގެ ގޮތުންނެވެ.

Advertisement - newsAdvertisement

އެންމެފަހުން މި މައްސަަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެފަހުން 25 ނޮވެމްބަރުގައި އަޑުއެހުމެއް ތާވަލްކުރިނަމަވެސް، ފަހުން އެ އަޑުއެހުންވަނީ ކެންސަލްކޮށްފައެވެ.

އެންމެފަހުން ކުރިއަށް ގެންދެވުނު އަޑުއެހުމުގައި އަދުހަމް ވަނީ އޭނާއަށް ޖަލުގައި އޮންނަންޖެހޭތީ ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެފައެވެ. އަދުހަމް ބުނެފައިވަނީ "ކޮތަރު ކޮއްޓެއްގައި އޮންނަންޖެހޭއިރު" ވަކީލަކު އައްޔަނު ކުރަން ދަތިވާނެކަމަށެވެ. އަދި މިހާރު ވަކީލަކާ ނުލައި ވެސް މައްސަލަ ކުރިއަށް ގެންދަން އެއްބަސް ކަމަށާއި، ނަމަވެސް ދައުވާއާ ގުޅޭ ހުރިހާ ލިޔެކިއުންތައް ބޭނުންވާކަން އަދުހަމް ފާހަގަކުރިއެވެ.

އެއާއެކު ގާޒީވަނީ ވަކީލަކު އައްޔަނުކުރުމަށް އިތުރު ފުރުސަތެއް ބޭނުންވޭތޯ އަދުހަމާ ސުވާލުކުރައްވާފައެވެ. އެކަމާ ގުޅިގެން އަދުހަމު ވަނީ މި ވަގުތު ވަކީލެއް ބޭނުންނުވާކަމަށާއި، މައްސަލައިން ދިފާއުވުމަށް އަމިއްލައަށް ވާހަކަދެއްކޭނެކަމަށެވެ.

މި މައްސަލައިގައި ގާޒީއާއި ދައުލަތުން ފާހަގަކުރި ކަންކަމަށްފަހު އަދުހަމް ވަނީ މައްސަލައާ ގުޅިގެން ވަކީލަކާ މަޝްވަރާ ކުރުމަށް އެކަށީގެންވާ ފުރުސަތު ލިބިއްޖެނަމަ، އައު ވަކީލަކާއެކު ކުރިއަށް ދިއުމަށް ބޭނުންވާކަން ފާހަގަކޮށްފައެވެ. އަދި ގާޒީ ވަނީ އެ ފުރުސަތު ދޭން ނިންމަވާފައެވެ.

ޤާސިމްގެ މަރުގެ މައްސަލައިގައި އެންމެފުރަތަމަ ބޭއްވި އަޑުއެހުމުގައި އަދުހަމްވަނީ ޤާސިމް މަރާލިކަމަށް އެއްބަސްވެ، ކުށަށް އިއުތިރާފްވެފައެވެ. އެހެންނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ބޭއްވި އަވަސް ނިޔާގެ ޝަރީޢަތުގެ އަޑުއެހުގައި އަދުހަމްވަނީ، ކުރިން ވެފައިވާ އިޢުތިރާފް އަނބުރާ ގެންގޮސް، ދައުވާއަށް އިންކާރު ކޮށްފައެވެ.

އެހެންކަމުން އަވަސް ނިޔާގެ ޝަރީޢަތުގެ މަރުހަލާ އެވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ޖިނާއީ އެހެން މައްސަލަތައް ވެސް ކުރިއަށްދާގޮތަށް އިބްތިދާޢީ އަޑުހެންތަކަށްފަހު، ޝަރީއަތުގެ އަޑު އަޑުއެހުންތަކެވެ.

ޤާސިމް މަރާލާފައި މަގުމަތީ އޮތްވައި ފެނިގެން މީހަކު، ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.

ފުލުހުން ބުނެފައިވާގޮތުން، އަދުހަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި، ފޭރުމާއި، މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ. އެގޮތުން ޤާސިމް މަރާލި ދުވަހު ވެސް އޭނާ މަސްތުވުމަށާއި ޒަރޫރީ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށް ފޭރުމަށް މަސައްކަތްކުރިކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް